ޓްރަމްޕްގެ ޣައްޒާ ޕްލޭނަކީ ނުބައި އަދި ޒިންމާދާރުކަން ކުޑަ ޕްލޭނެއް: އދ.
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ޣައްޒާ ޕްލޭނަށް އދ އާއި ހަމާސްއިން ފާޑުކިޔައިފިއެވެ. ޓްރަމްޕް ވިދާޅުވެފައިވަނީ ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން އެހެން ގައުމުތަކަށް ބަދަލުކުރުމަށްފަހު، އެ ސަރަހައްދު އެމެރިކާއިން ހިންގަން ބޭނުންވާ ކަމަށެވެ. އަދި އެ ސަރަހައްދު ތަރައްގީކޮށް “ދުނިޔޭގެ މީހުން” އެތަނުގައި ދިރިއުޅޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި ޚިޔާލާ ގުޅިގެން އދ.ގެ ފަލަސްތީނު ސަރަހައްދުގެ ޚާއްސަ ރެޕޯޓަރު ފްރަންޗެސްކާ އަލްބަނީސް ވިދާޅުވެފައިވަނީ ޓްރަމްޕްގެ މި ޕްލޭނަކީ “ގާނޫނާ ޚިލާ...