Skip to main content

މުޙައްމަދު ވަސީމް

Viewer
🇲🇻 ތިލަދުން Desk
129 Stories
5 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު ވަސީމް

ޖަޕާނަށް އެރި ބާރުގަދަ ތޫފާނުގައި 154 މޭލަށް ވައިގަދަވެ، އެތައްމިލިޔަން ބަޔަކަށް އަސަރުކޮށްފި
International

ޖަޕާނަށް އެރި ބާރުގަދަ ތޫފާނުގައި 154 މޭލަށް ވައިގަދަވެ، އެތައްމިލިޔަން ބަޔަކަށް އަސަރުކޮށްފި

ރޭގެ ވަގުތެއްގައި ޖަޕާނަށް އެރި ބާރުގަދަ ތޫފާން “ނަންމަޑޯލް” އާއި ގުޅިގެން ޖަޕާނުގެ ދެކުނުގެ ހުރިހާ ސަރަހައްދެއްހެން ހުއްޓުމަކަށް އަތުވެއްޖެ އެވެ. ޖަޕާން ގަޑިން ރޭ 7:00 ގައި ތޫފާން އެއްގަމަށް އެރީ އެގައުމުގައި ޓޫރިސްޓުންގެ މެދުގައި އެންމެ މަގުބޫލު ސިޓީ ކަމަށްވާ ކަގޯޝިމާ އިންނެވެ. ތޫފާނުގައި 154 މޭލަށް ވައި ޖެހި، މިދިޔަ 24 ގަޑިއިރު ތެރޭގައި 500 މިލިމީޓާރުގެ ވާރޭ ވެހިފައިވާ ކަމަށް ޖަޕާނުގެ މީޓްރޮލޮޖިކަލް ސެންޓަރުން ހާމަކޮށްފައިވެ އެވެ. ޖަޕާން މީޑިޔާއިން ރިޕޯޓު […]

ރަޝިއާއިން ޔުކްރެއިންގައި ހިންގި ހަނގުރާމައިގެ ޖަރީމާތައް ބަލަން ގޮވާލައިފި
International

ރަޝިއާއިން ޔުކްރެއިންގައި ހިންގި ހަނގުރާމައިގެ ޖަރީމާތައް ބަލަން ގޮވާލައިފި

ރަޝިއާއިން ޔޫކްރެއިންގައި ހިންގި ހަނގުރާމައިގެ ޖަރީމާތައް ބަލަން ޖެހޭ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނެފި އެވެ. އެ ޖަމާއަތުން މިިހެން ބުނެފައި މިވަނީ ހަނގުރާމައިގައި ރަޝިއާގެ ބާރުގެ ދަށަށް ގެންގޮސްފައި އޮތް އިޒީއޫމްގެ ރަށް ބޭރުގައި އެތައް ސަތޭކަ ބަޔަކު މަރާލުމަށް ފަހު ވަޅުލާފައިވާ ސަރަހައްދެއް ފެނިފައިވާކަން ޔޫކްރެއިނުން ހާމަކޮށްފައިވަނިކޮށެވެ. އޭގެ ތެރެއިން އެއް ސަރަހައްދެއްގައި 450 މީހުން މަރާލުމަށް ފަހު ވަޅުލާފައި ވަނިކޮށް ވަނީ ފެނިފަ އެވެ. މިކަމާއި ގުޅިގެން އީޔޫގެ ރައީސް އަދި ޗެކް...

ޓައިވާނަށް 7.2 މެގްނެޓިއުޓްގެ ބާރުގަދަ ބިން ހެލުމެއް، ސުނާމީގެ އިންޒާރު އުވާލައިފި
International

ޓައިވާނަށް 7.2 މެގްނެޓިއުޓްގެ ބާރުގަދަ ބިން ހެލުމެއް، ސުނާމީގެ އިންޒާރު އުވާލައިފި

ޓައިވާނުގެ އައްސޭރިފަށުގެ ކަނޑުއަޑިއަށް އައި ބާރުގަދަ ބިން ހެލުމަކާއި ގުޅިގެން މިއަދު ނެރުނު ސުނާމީގެ އިންޒާރުތައް އުވާލައިފި އެވެ. ސުނާމީގެ އިންޒާރު ނެރެފައިވަނީ ބިން ހެލުން އައި ޓައިވާނުގެ އިރުމަތީ އައްސޭރި ފަށް ހިމެނޭ ސަރަހައްދާއި ޖަޕާނުގެ ހުޅަނގުދެކުނުގެ ދެ ސަރަހައްދަށެވެ. ބިން ހެލުމާއި އެކު ޓައިވާނުގެ އެ ސަރަހައްދަށް ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް ފަހުން ވަނީ އެ އެލާޓު އުވާލާފަ އެވެ. ޖަޕާނުން ސުނާމީގެ އިންޒާރު ނެރުނީ މިޔަކޮޖިމާ އާއި ޔައެޔަމާ ރީޖަން އަށެވެ. […]

މިންތީގެ ހަމަހަމަކަމުގައި ވެސް ދިވެހި އަސްކަރިއްޔާ އަކީ ނަމޫނާ މުއައްސަސާއެއް: ރައީސް
Raajje

މިންތީގެ ހަމަހަމަކަމުގައި ވެސް ދިވެހި އަސްކަރިއްޔާ އަކީ ނަމޫނާ މުއައްސަސާއެއް: ރައީސް

މިންތީ ހަމަހަމަކަމުގައިވެސް ދިވެހި ޢަސްކަރިއްޔާ މިއަދު ފެންނަނީ، ނަމޫނާ މުއައްސަސާއެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ދިވެހި ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ދިވެހި ސިފައިންގެ ތެރެއަށް ފުރަތަމަ ފަހަރަށް އަންހެނުން ވެއްދީ 198...

ފޭދޫ ކައުންސިލުން ކުޑަފަރި އާއި ހޮޅުދޫ އަށް ތަޖުރިބާ ދަތުރެއްކޮށްފި
Thiladhunmathi News

ފޭދޫ ކައުންސިލުން ކުޑަފަރި އާއި ހޮޅުދޫ އަށް ތަޖުރިބާ ދަތުރެއްކޮށްފި

ށ. ފޭދޫ ކައުންސިލުން ނ. އަތޮޅު ކުޑަފަރި އަދި އެ އަތޮޅު ހޮޅުދޫއަށް ތަޖުރިބާ ދަތުރެއްކޮށްފިއެވެ. މި ދަތުރަކީ އެ ދެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތް ދެނެގަނެ، ތަޖުރިބާ ހިއްސާކުރުމުގެ ދަތުރެއް ކަމަށް ފޭދޫ ކައުންސިލުން ވިދާޅުވެއެވެ. މި ދަތުރުގައި ފޭދޫ ކައުންސިލްގެ ފަރާތުން ބައިވެރިވީ ކައުންސިލަރުންނާއި، ކައުންސިލްގެ އިދާރީ މުވައްޒަފުންނާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނެވެ. މިދިޔަ ބުރާސްފަތި ދުވަ...

އާރުޓީއެލްއަށް އަހުލުވެރިކުރުމުގެ ދަތުރުތައް ށ. އަތޮޅުގައި ކުރިއަށް، ފުރަތަމަ ހަތަރު ދުވަހު 646 މީހުން ދަތުރުކުރި
Thiladhunmathi News

އާރުޓީއެލްއަށް އަހުލުވެރިކުރުމުގެ ދަތުރުތައް ށ. އަތޮޅުގައި ކުރިއަށް، ފުރަތަމަ ހަތަރު ދުވަހު 646 މީހުން ދަތުރުކުރި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)އަށް އަހުލުވެރިކުރުމަށް ށ. އަތޮޅުގައި ފެށި ދަތުރުތައް ކުރިއަށް ދާއިރު ފުރަތަމަ ހަތަރު ދުވަހު 646 މީހުން ދަތުރުކޮށްފައިވާ ކަމަށް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓަކްޗަރ މިނިސްޓްރީން މިއަދު ވިދާޅުވެއްޖެއެވެ. އާރުޓީއެލްއަށް އަހުލުވެރިކުރުމުގެ ދަތުރުތައް ށ. އަތޮޅުގައި ފެށީ ނިމުނު އޯގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓަކްޗަރ މިނިސްޓްރީން ވިދާޅުވީ، އާރުޓީއެލްއަށް އަހުލުވެރިކުރުމުގެ ދަތުރުތައް ށ. އަތޮޅުގައި ފަށައިގެން ޝެޑިއުލ...

އާރުޓީއެލްއަށް އަހުލުވެރިކުރުމުގެ ދަތުރުތައް ށ. އަތޮޅުގައި ފަށައިފި
Thiladhunmathi News

އާރުޓީއެލްއަށް އަހުލުވެރިކުރުމުގެ ދަތުރުތައް ށ. އަތޮޅުގައި ފަށައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)އަށް އަހުލުވެރިކުރުމުގެ ދަތުރުތައް ށ. އަތޮޅުގައި މިއަދު ފަށައިފިއެވެ. ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓަކްޗަރ މިނިސްޓްރީން މިއަދު ވިދާޅުވީ، އާރުޓީއެލް އަށް އަހުލުވެރިކުރުމުގެ ދަތުރުތައް ށ. އަތޮޅުގައި މިއަދު ފެށިއިރު ހަތް ރޫޓަކުން މި ދަތުރުތައް ކުރިއަށް ދާނެކަމަށެވެ. އަހުލުވެރި ކުރުމުގެ ދަތުރުތައް ކުރިއަށްދާއިރު މި ދަތުރުތަކަށް އެއްވެސް އަގެއް ނުނަގާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ށ. އަތޮޅު ވެގެންދާނީ ފުރަތަމަ ފިޔަވަހީގެ ދަށުން އާރުޓީ...

ބާރަށު ފެރީ ހަޓްގެ މަސައްކަތް ނިންމާލައިފި
Business

ބާރަށު ފެރީ ހަޓްގެ މަސައްކަތް ނިންމާލައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް ހއ. ބާރަށުގައި ހަދާ ފެރީ ހަޓްގެ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތް ނިމިފައިވަނީ މިއަދެވެ. މި ފެރީ ހަޓަކީ އާރުޓީއެލްގެ ފެރީ ގެ ޙިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ބޭނުންތެރި ތަނަކަށް ވާނެ ކަމަށް އެމްޓީސީސީން އުއްމީދު ކުރެއެވެ. މި މަޝްރޫއުގެ ދަށުން، ކިއޮސްކަކާއި، ވެއިޓިން އޭރިއާއަކާއި ޔުނިވާސަލް ޓޮއިލެޓެއް ވަނީ […]

ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ފެނަކައާއި ހަވާލުކޮށްފި
Raajje

ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ފެނަކައާއި ހަވާލުކޮށްފި

ށ. ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ހިންގައި ޚިދުމަތްދިނުމަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ. ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ޙަވާލުކުރުމަށް ފުނަދޫގެ ރައްޔިތުންގެ ބައިވެރިވުމާއެކު އެރަށުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާއެވެ. ފެނަކައިން ބުނީ، ފުނަދޫގެ ރައްޔިތުން 36 އަހަރު ވަންދެން ހިންގަމުން އައި އިންޖީނުގެ މިއަދު ފެނަކަ އާ ޙަވާލުކޮށްފައިވާ ކަމަށެވެ. އަދި މިއީ ރަށްރަށުގައި ފެނަކައިން...

ޑިއުޓީ ގަޑީގައި ނިދާ، ހޯރަފުށީ ޑޮކްޓަރު ސަސްޕެންޑްކޮށްފި
Thiladhunmathi News

ޑިއުޓީ ގަޑީގައި ނިދާ، ހޯރަފުށީ ޑޮކްޓަރު ސަސްޕެންޑްކޮށްފި

ޑިއުޓީ ގަޑީގައި ރެސްޓް ކުރަން ކަމަށް ބުނެ ނިދަން އޮންނަ ހޯރަފުށީ ޑޮކްޓަރު ވަޒީފާއިން ޑޮކްޓަރު ސަސްޕެންޑް ކޮށްފިއެވެ. ހޯރަފުށީ ސިއްހީ މަރުކަޒުގެ މެނޭޖަރު އިބްރާހީމް ރަޝީދު ”ތިލަދުން” އަށް ވިދާޅުވީ، އެ ޑޮކްޓަރު އިއްޔެއިން ފެށިގެން ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. ރަޝީދު ވިދާޅުވީ، މިހާރު ކުރިއަށް ދަނީ ޑޮކްޓަރު ފުރުވާލުމުގެ އެންމެ ފަހު މަރުޙަލާ ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް އެ މަރުކަޒަށް އައު ޑޮކްޓަރެއް ފޮނުއްވައި ދެއްވާނެ ކަމަށް ހެލްތް މިނިސްޓްރީން […]

ށ. ފޭދޫ އަށް ރައީސް ޞާލިޙް ވެވަޑައިގެން ވައުދުތައް ދަނީ ފުއްދަވައިދެއްވަމުން: ކައުންސިލް
Thiladhunmathi News

ށ. ފޭދޫ އަށް ރައީސް ޞާލިޙް ވެވަޑައިގެން ވައުދުތައް ދަނީ ފުއްދަވައިދެއްވަމުން: ކައުންސިލް

ށ. ފޭދޫގެ ތަރައްގީއަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވެވަޑައިގެން ވައުދުތައް ދަނީ ފުއްދަވައިދެއްވަމުން ކަމަށް ފޭދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. ފޭދޫ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން ރައީސް ޞާލިޙާ މިއަދު ބައްދަލުކުރެއްވުމަށް ފަހު، ފޭދޫ ކައުންސިލްގެ ރައީސް އަހްމަދު ރައިޝަމް މިއަދު ”ތިލަދުން” އަށް ވިދާޅުވީ، މިއީ ރައީސަކު ފޭދޫގެ ކައުންސިލަކާ މި ގޮތަށް ބައްދަލުކުރެއްވި ފުރަތަމަ ފަހަރު ކަމަށެވެ. އަދި ރައީސް ޞާލިޙް ފޭދޫގެ ތަރައްގީއަށް ދެއްވާ އިސްކ...

މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށަނީ
Thiladhunmathi News

މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފެށުމަށް ނިންމައިފިއެވެ. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 83 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގައި ބުނެފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހު ދައުރުތައް ބެހިގެން ވަނީ ތިން ދައުރަކަށެވެ. މިގޮތުން މާދަމާ ފެށޭ ދައުރަކީ މިއަހަރުގެ ތިން ވަނަ ދައުރެވެ. މާދަމާގެ ޖަލްސާ އެޖެންޑާ މިހާރު މަޖިލީހުގެ ވެބްސައިޓްގައި އާންމުކޮށްފައިވާއިރު، އެޖެންޑާގައިވާ ގޮތުން މާދަމާ ފުރަތަމަ އޮންނާނީ ވަޒީރާ ސުވާލުކުރުމުގެ ބަ...

ޓެކްނިކަލް މައްސަލައެއް ދިމާވެ، ޕާސްޕޯޓު ހެދުމުގެ ޚިދުމަތް މެދުކެނޑިއްޖެ
Raajje

ޓެކްނިކަލް މައްސަލައެއް ދިމާވެ، ޕާސްޕޯޓު ހެދުމުގެ ޚިދުމަތް މެދުކެނޑިއްޖެ

ރާއްޖޭގެ އިމިގްރޭޝަނުން ދެމުން އަންނަ ޕާސްޕޯޓު ހެދުމުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، އެ ޚިދުމަތް މެދުކެނޑެން ދިމާވީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. މި މައްސަލަ ހައްލުކޮށް، ޚިދުމަތް އަލުން ދޭން ފެށޭނެކަމަށް ލަފާކުރެވެނީ މިއަދު މެންދުރު 12:00 ން ފެށިގެން ކަމަށް ވެސް އެ އިދާރާއިން ވިދާޅުވެއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ދޫކުރަމުން އަންނަ ޕާސްޕޯޓު ނެގުމަށް 1 އޯގަސްޓް 2022 އިން ފެށިގެން ނަންބަރު ދޫކުރުމަށް ހަމަޖައްސާފައިވާ ގަޑިތަކަކީ ރަސްމީ ދުވަސް...

ސަވާދީއްތަ ދަތުރުން ފަތުރުވެރިންނަށް "އަސްލު ދިވެހިރާއްޖެ" އެނގިގެންދޭ: ރާއިދު
Raajje

ސަވާދީއްތަ ދަތުރުން ފަތުރުވެރިންނަށް "އަސްލު ދިވެހިރާއްޖެ" އެނގިގެންދޭ: ރާއިދު

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ރާއްޖޭގެ ލޯކަލް ޓޫރިޒަމް އިސްތިހާރުކުރުމަށް ކުރިއަށް ގެންދާ ޔޮޓް ރެލީ، ”ސަވާދީއްތަ ދަތުރު”ގެ ސަބަބުން ފަތުރުވެރިންނަށް “އަސްލު ދިވެހިރާއްޖެ” އެނގިގެންދާކަމަށް އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރާއިދު ވިދާޅުވެއްޖެއެވެ. މި ދަތުރުގެ ފުރަތަމަ ބުރު ފަށާފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ހއ. ހޯރަފުށިންނެވެ. މި ބުރުގައި ކުރިއަށް ގެންދިޔަ ދަތުރުގައި 12 ޔޮޓެއް ބައިވެރިވެފައި ވެއެވެ. މީގެ ތެރ...

އެއްޖިއްސުން ގުޅުން ހިންގަނީ ރުހިގެން ކަމަށްބުނެ މުޖްތަމަޢު ގަޑުބަޑުކުރަން ދޫކޮށްލައިގެން ނުވާނެ: އިޔާޟް
Raajje

އެއްޖިއްސުން ގުޅުން ހިންގަނީ ރުހިގެން ކަމަށްބުނެ މުޖްތަމަޢު ގަޑުބަޑުކުރަން ދޫކޮށްލައިގެން ނުވާނެ: އިޔާޟް

އެއްޖިއްސުން ގުޅުން ހިންގާ މީހުން އެކަން ކުރަނީ އެމީހުން ރުހިގެން ކަމަށްބުނެ، މުޖްތަމަޢު ގަޑުބަޑުކުރަން ދޫކޮށްލައިގެން ނުވާނެކަމަށް ދީނީ ޢިލްމްވެރިޔާ ޑރ. މުޙައްމަދު އިޔާޟް ޢަބުދުއްލަތީފް ވިދާޅުވެއްޖެއެވެ. ދާދިފަހުން ވަނީ ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގީރު އާއެކު ރާއްޖޭގެ ބަޔަކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވެފައެވެ. އެ ތުހުމަތު ކުރެވުނު ބައެއް މީހުންގެ ވީޑިއޯތައް ވެސް މީސް މީޑިއާގައި ޢާންމު ވިޔެވެ. އެ މައްސަލައިގެ ތުހުމަތުގައި ތިން މީހަކ...