ދެވަނަ ބުރުގައި ނިންމާނެ ގޮތަކާ މެދު ޖޭޕީން މާދަމާ މަޝްވަރާ ކުރަނީ
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ނިންމާނެ ގޮތަކާ މެދުގައި މާދަމާ އެ ޕާޓީގެ ކައުންސިލްގައި މަޝްވަރާ ކުރަން ހަމަޖެހިއްޖެއެވެ. “ތިލަދުން” އަށް އެނގިފައިވާ ގޮތުގައި، ޖޭޕީގެ ލީޑަޝިޕްގެ ބޭފުޅުން ގާސިމްއާ ވަނީ ބައްދަލު ކުރައްވައިފައެވެ. ސަން އައިލެންޑް ރިސޯޓުގައި ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި ގާސިމް ވަނީ ވަކިވަކިން ލީޑަޝިޕްގެ ބޭފުޅުންނާ ބައްދަލު ކުރައްވައި ވިސްނުން ހުރި ގޮތް އޮޅުން ފިލުއްވައިފައެވެ. ބައެއް ބޭފުޅުން ދެވަނަ ބުރުގައި ތާއީދު ކުރައްވަނީ ރައީސް […]