Skip to main content

މުޙައްމަދު

Viewer
🇲🇻 ތިލަދުން Desk
820 Stories
51 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު

އދ. ގެ މެމްބަރުކަން ފަލަސްތީނަށް ދޭން އާންމު މަޖިލިހުން ފާސްކޮށްފި
International

އދ. ގެ މެމްބަރުކަން ފަލަސްތީނަށް ދޭން އާންމު މަޖިލިހުން ފާސްކޮށްފި

އދ.ގެ ފުރިހަމަ މެމްބަރުކަން ފަލަސްތީނަށް ދިނުމަށް އދ. ގެ އާންމު މަޖިލިހުން ރޭ ފާސްކޮށްފިއެވެ. އދ. ގެ އާންމު މަޖިލިހުން މިކަމާ މެދުގައި ގޮތެއް ނިންމި ކަމުގައި ވިޔަސް، ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރު ގައުމެއްގެ ދަރަޖަ ލިބޭނީ އދ.ގެ ސަލާމަތީ މަޖިލީހުން ފާސްވެގެންނެވެ. އ.ދ. އިން ބޭއްވި 10 ވަނަ ކުއްލި ބައްދަލުވުމުގައި އާންމު މަޖިލިހަށް “އެޑްމިޝަން އޮފް ނިއު މެމްބާސް ޓު ދަ ޔުނައިޓަޑް ނޭޝަންސް”ގެ ނަމުގައި ގަރާރެއް ހުށަހެޅީ ޔުނައިޓެޑް އަރަބް އެމިރޭޓްސް […]

ގާހުދުވާތީ ބިން ހިއްކުމުގެ މަޝްރޫއުތައް ވަގުތީ ގޮތުން މަޑުޖައްސާލަނީ
Raajje

ގާހުދުވާތީ ބިން ހިއްކުމުގެ މަޝްރޫއުތައް ވަގުތީ ގޮތުން މަޑުޖައްސާލަނީ

މި ދުވަސްވަރަކީ ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނު މިން މަތިވުމުގެ ސަބަބުން ފަރުތަކުން ގާ ހުދުވަމުންދާ ދުވަސްވަރަކަށްވާތީ ބިން ހިއްކުމުގެ މަޝްރޫއުތައް ވަގުތީ ގޮތުން ހުއްޓާލުމަށް ނިންމައިފިއެވެ. އެންވަޔަރަމެންޓަލް ޕުރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ މިފަދަ ދުވަސްވަރެއްގައި ހިންގާ ހަރަކާތްތަކުން ފަރުތަކަށް ކުރާ އަސަރުގެ ސަބަބުން ފަރުތައް އަލުން އިއާދަވާ މިންވަރު ލަސްވެ، އިއާދަވުމަށް ހުރަސް އެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރަމުންދާ ފަޅު ފުން...

ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހަދައިފި
Raajje

ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހަދައިފި

ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ހަދައިފިއެވެ. ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. ހައުސިން މިނިސްޓްރީން މިއަދު ގެޒެޓްކުރި މާލޭ ޕްލޭނިން ގަވާއިދުގެ ހަތް ވަނަ އިސްލާހުގައިވާ ގޮތުން ދިިރިއުޅުމަށް ދޫކޮށްފައި ގޯތިތަކާއި އެ ނޫން ތަންތަން ވެސް 10 ބުރިއަށް އިމާރާތް ކުރެވޭނެއެވެ. އެގޮތުން ވިލިމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 30.48 މީޓަރު (ތިރީސް ޕޮއިންޓް ހަތަރެއް […]

މެޑިސިން ކިޔަވާ ދަރިވަރުންނަށް ދަރުމަވަންތަ ބޭނުން ކުރެވޭ ގޮތް ރައީސް ހަމަޖައްސަވައިފި
Raajje

މެޑިސިން ކިޔަވާ ދަރިވަރުންނަށް ދަރުމަވަންތަ ބޭނުން ކުރެވޭ ގޮތް ރައީސް ހަމަޖައްސަވައިފި

ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގައި މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުން ދަރުމަވަންތަ ހޮސްޕިޓަލްގެ ބަދަލުގައި އެ ޔުނިވާސިޓީގެ މައި ކެމްޕަހަށް ބަދަލު ކުރަން ނިންމި ނިންމުން ސަރުކާރުން އަނބުރާ ގެންގޮސް ކުރިއެކޭ އެއްގޮތަށް އެ ހޮސްޕިޓަލް ބޭނުން ކުރެވޭ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ. މެޑިކަލް ކިޔަވާ ކުދިންގެ ކިޔެވުން އެމްއެންޔޫގެ މައި ކެމްޕަހަށް ބަދަލު ކުރަން ސަރުކާރުން މިދިޔަ މަހު ނިންމުމާ ގުޅިގެން ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަނުން މީގެކުރިން ކަންބޮޑުވުން ފާޅ...

އެއާޕޯޓު ޓެކްސީ މައްސަލަ ހައްލު ކުރުން ފުލުހުން ނުކުމެއްޖެ
Raajje

އެއާޕޯޓު ޓެކްސީ މައްސަލަ ހައްލު ކުރުން ފުލުހުން ނުކުމެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ޓެކްސީ ކުރަމުން އަންނަ ވެހިކަލްތަކުން އެކި އަގުތައް ނެގުން ފަދަ މައްސަލަތައް ބޮޑުވެފައިވާތީ އެފަދަ މައްސަލަތައް ހައްލު ކުރަން ފުލުހުން ނެރެފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އަންނަ ފަތުރުވެރިންނަށާއި ދިވެހިންނަށް އެއާޕޯޓް ޓެކްސީ ކިޔުއިން ކުރިމަތިވާ މައްސަލަތަކާ ގުޅިގެން އާންމު ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން ވަކި މަންޒިލަކަށް ނޫނީ ދަތުރު ކުރ...

އެއާޕޯޓްގައި މާރާމާރީ ހިންގި ބިދޭސީ މީހާ ދޫކޮށްލީ ފުރުން މަނާކޮށްފައި
Raajje

އެއާޕޯޓްގައި މާރާމާރީ ހިންގި ބިދޭސީ މީހާ ދޫކޮށްލީ ފުރުން މަނާކޮށްފައި

ވެލާނާ އިންޓަނޭޝަލަން އެއާޕޯޓް (ވީއައިއޭ) ގެ ޑިޕާޗާ ޓާމިނަލުގައި އިއްޔެ މާރާމާރީ ހިންގި އެމެރިކާގެ މީހާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލީ ރާއްޖެ އިން ފުރުން މަނާކޮށްފައި ކަން އެނގިއްޖެއެވެ. ބިދޭސީ މީހާގެ ބަންދާ މެދުގައި ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން އޭނާ ދޫކޮށްލީ ތިން ޝަރުތެއް ކުރުމަށް ފަހުގައެވެ. އެއީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމާއިކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ފިޔަވައި އެހެން އެއްވެސް ތަނަކަށް […]

މަޖިލީހުގެ ކޯރަމް ހަމަނުވެގެން ޖަލްސާ ބޭއްވޭ ގޮތެއް ނުވި
Parliament

މަޖިލީހުގެ ކޯރަމް ހަމަނުވެގެން ޖަލްސާ ބޭއްވޭ ގޮތެއް ނުވި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވެގެން ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް ނުވެގެން ނިންމާލައިފިއެވެ. މަޖިލިހުގެ ޖަލްސާ ފެށުމަށް ތާވަލްކޮށްފައި އޮތީ މިއަދު ހެނދުނު 9:00 ގައެވެ. އެކަމަކު، އެ ގަޑީގައި ކޯރަމް ހަމަނުވެގެން ފެށޭ ގޮތެއް ނުވެގެން ޖަލްސާ ވަނީ ހެނދުނު 10:00 އަށް ފަސްކޮށްފައެވެ. އެއް ގަޑިއިރު ފަހުން ފަށަން ބެލި އިރު ވެސް ކޯރަމް ހަމަވާ ގޮތެއް ނުވިއެވެ. އެހެންވެ، ޖަލްސާ ފެށުން މިއަދު ހެނދުނު 11:00 އަށް ފަސް ކުރުމުން […]

ރައްޔިތުންގެ ވޯޓަކުން މަޖިލިސް މެމްބަރުން ވަކިކުރެވޭ އިސްލާހު އަނބުރާ ގެންގޮސްފި
Parliament

ރައްޔިތުންގެ ވޯޓަކުން މަޖިލިސް މެމްބަރުން ވަކިކުރެވޭ އިސްލާހު އަނބުރާ ގެންގޮސްފި

ދާއިރާގެ ރައްޔިތުންގެ ވޯޓުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވަކިކުރެވޭ ގޮތް ހަދަން ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު އަނބުރާ ގެންގޮސްފިއެވެ. ރައްޔިތުންގެ މަޖިލިހަށް އެ އިސްލާހު ހުށަހެޅުއްވީ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އަށް ގެނައި އިސްލާހު ބުނާ ގޮތުން ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެމްބަރެއް އަމިއްލައަށް ޕާޓީން ވަކިވުމުން ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވުމުން މެމްބަރު ކަމުން...

އެމްއެންޑީއެފްގެ ކުރީގެ ޗީފް އަބްދުއްރަހީމް ތުރުކީގެ ސަފީރަކަށް ހަމަޖައްސަނީ
Raajje

އެމްއެންޑީއެފްގެ ކުރީގެ ޗީފް އަބްދުއްރަހީމް ތުރުކީގެ ސަފީރަކަށް ހަމަޖައްސަނީ

ރާއްޖެއިން ތުރުކީއަށް ކަނޑައަޅާ ސަފީރަކަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފު ހަމަޖައްސަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. މިއީ ރާއްޖޭގެ ފަރާތުން ތުރުކީ އަށް ސަފީރަކު ކަނޑައަޅާ ފުރަތަމަ ފަހަރެވެ. ސިފައިންގޭގައި 39 އަހަރު ހިދުމަތް ކުރެއްވުމަށް ފަހުގައި އަބްދުއްރަހީމް ރިޓަޔާ ކުރެއްވީ މިދިޔަ މަހުގެ 17 ގައެވެ. ތުރުކީ ސަފީރަކަށް އަބްދުއްރަހީމް އައްޔަން ކުރައްވަން ނިންމަވާފައިވާ އިރު، މިހާރު އަބްދުއްރަހީމް ހުންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަ...

ވެލާނާ އެއާޕޯޓުގައި މާރާމާރީ ހިންގި ބިދޭސީއަކު ހައްޔަރުކޮށްފި
Raajje

ވެލާނާ އެއާޕޯޓުގައި މާރާމާރީ ހިންގި ބިދޭސީއަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޑިޕާޗާ ޓާމިނަލްގެ ތެރޭގައި މާރާމާރީ ހިންގި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. ވީއައިއޭ ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އެއާލައިނެއްގެ މުވައްޒަފުންތަކަކާއި ބިދޭސީއަކާ ދެމެދު ހިންގި މާރާމާރީގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. ފުލުހުން ބުނީ ހެނދުނު ހިންގި އެ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މި މަރާމާރީ ހިންގީ ރާއްޖެ އައި ފަތުރުވެރިއެއް ކަމެއް އަދި ބިޒްނަސް ވިސާގައ...

މީހަކު ކުރާ ކުށެއްގެ ނާޖައިޒު ފައިދާ ނަގައި ފަޝީހަތްކޮށްގެން ނުވާނެ: ރައީސް
Raajje

މީހަކު ކުރާ ކުށެއްގެ ނާޖައިޒު ފައިދާ ނަގައި ފަޝީހަތްކޮށްގެން ނުވާނެ: ރައީސް

މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގައި ފަޟީހަތްކޮށް ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުއިއްޒު އެގޮތަށް ވިދާޅުވެފައިވަނީ މާލޭގެ މަގުމަތިން ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކާރުގައި، އާންމުންގެ މީހެއްގެ ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގާފައި ވަނިކޮށް އެ މައްސަލައިގެ ތެރެއަށް ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެމްބަރު ހުސެއިން އިމްރާން ލަތީފު (އިންމު) ވަދެވަޑައިގެން ވީޑިއޯ ކުރެއްވި މައްސަލައިގައެވެ. އެ […]

ނަޝީދަށް ދިން ހަމަލާގެ އިންކުއަރީ ރިޕޯޓަށް އަމަލު ކުރަން ޖެހޭ: އަސްލަމް
Raajje

ނަޝީދަށް ދިން ހަމަލާގެ އިންކުއަރީ ރިޕޯޓަށް އަމަލު ކުރަން ޖެހޭ: އަސްލަމް

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ހެދި  އިންކުއަރީ ރިޕޯޓުގައިވާ ކަންކަން ތަންފީޒު ކުުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ގޮވާލައްވައިފިއެވެ. ނަޝީދު އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާއެއް ދިނީ މެއި 6، 2021 ގައެވެ. މި ހަމަލާ ދިނީ ރޯދަ މަހުގެ ތެރޭގައެވެ. އެ ހަމަލާ ދީފައި ވަނީ އެ ރޭގެ އިރާކޮޅުގެ ވަގުތެއްގައި އެމަނިކުފާނުގެ ގެކޮޅު، ގ. ކެނަރީގެއިން ނުކުމެވަޑައިގެން ބޮޑީގާޑުންނާ އެކުގައި މަޖީދީ މަގުގައި […]

ފުލުހުންގެ އިދާރާގައި ބިދޭސީން އަދާކުރި ވަޒީފާތައް ދިވެހިންނަށް ދެނީ
Raajje

ފުލުހުންގެ އިދާރާގައި ބިދޭސީން އަދާކުރި ވަޒީފާތައް ދިވެހިންނަށް ދެނީ

ފުލުހުންގެ އިދާރާގެ ވަޒީފާތައް ދިވެހިންނަށް އިސްކަން ދެވޭ ގޮތަށް ދިނުމަށް ނިންމައިފި އެވެ. ފުލުހުންގެ ބޭނުމަށް ބިދޭސީން ގެނައުމަށާއި އެ މީހުންނާ ގުޅޭގޮތުން ސަރުކާރު އިދާރާތަކުން ކުރަންޖެހޭ ހުރިހާ ކަންކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއްޔެ އިއުލާންކޮށްފައި ވަނިކޮށް ފަހުން އެ އިއުލާން ވަނީ ބާތިލުކޮށްފަ އެވެ. ފުލުހުންގެ ތަރުޖަމާން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އިއުލާން ބާތިލް ކުރީ ދިވެހިންނަށް ވަޒީފާ ދިނުމުގައި އިސްކަން ދެވޭ ގޮތަށް ހެދުމުގެ ގޮތުން ކަމަށެވެ. […]

މި އަހަރު އައި ފަތުރުވެރިންގެ %2.12 ހިއްސާކުރަނީ ކާނިއަށް، ބޮޑު އަދަދެއް!
Business

މި އަހަރު އައި ފަތުރުވެރިންގެ %2.12 ހިއްސާކުރަނީ ކާނިއަށް، ބޮޑު އަދަދެއް!

މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން ކާނި ހޮޓެލްސް އެންޑް ޓުއާސްގެ ހަތަރު ގެސްޓްހައުސްއަށް ނިސްބަތުން ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ ރާއްޖޭގައި ހިންގަމުން އަންނަ ގެސްޓްހައުސް ވިޔަފާރިއަކާ ބަލާއިރު ނިސްބަތުން ވަރަށް ބޮޑު އަދަދެކެވެ. ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރުގައި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ އައީ 772،651 ފަތުރުވެރިންނެވެ. އޭގެ ތެރެއިން 16،355 (%2.12) ފަތުރުވެރިން އައީ ކާނި ހޮ...

އަންހެން ހެދުން އަޅައިގެން އުޅޭ ނަބީލްގެ ބަންދަށް 15 ދުވަސް ޖަހައިފި
Raajje

އަންހެން ހެދުން އަޅައިގެން އުޅޭ ނަބީލްގެ ބަންދަށް 15 ދުވަސް ޖަހައިފި

ޓިކްޓޮކްގައި ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ވީޑިއޯ އާންމުކުރަމުންދާ ދިވެއްސެއް ކަމަށްވާ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފިއެވެ. މީސްމީޑިއާގައި ފާޅުކަން ބޮޑު ގޮތެއްގައި ނިވާކަން ކުޑަވާ ގޮތަށް އަންހެން ހެދުން އަޅައިގެން މޭކަޕްކޮށްގެން ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމު ކުރަމުން ގެންދާ ނަބީލް މީގެކުރިން ވެސް ހައްޔަރު ކުރި ކުރިއެވެ. އަދި އޭނާއާ ދެކޮޅަށް އުފުލި ދައުވާއާ ގުޅިގެން ސެޕްޓެމްބަރު 2022 ގައި އެއް އަހަރަށް […]