ސްޓެލްކޯ ޓަވަރުތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ފަށައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ސްޓެލްކޯގެ ފްލެޓުތަކަށް ކުންފުނީގެ އަމިއްލަ ހަރަދުގައި ކަރަންޓުލުމުގެ މަސައްކަތް ފަށައިފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަސައްކަރުގެ ދަށުން ޓްރާންސްފޯމަރު ބެހެއްޓުމުގެ މަސައްކަތް މިއަދު ވަނީ ފަށައިފައެވެ. އަމިއްލަ ހަރަދުގައި ކަރަންޓުލުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސްޓެލްކޯއިން ނިންމާފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ބޭއްވި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގައެވެ. ބޯޑުން މިގޮތަށް ނިންމީ ކަރަންޓުގެ ކަންކަން ލަސްވުމުންނެވެ....