މާފުށީގެ އިތުރު ދެ ސަރަހައްދެއްގައި ސްޓެލްކޯއިން ޓްރާންސްފޯމަރު ބަހައްޓައިފި
ކ. މާފުށީގެ އިތުރު ދެ ސަރަހައްދެއްގައި ސްޓެލްކޯއިން ޓްރާންސްފޯމަރު ބަހައްޓައިފިއެވެ. އެ ކުންފުނިން ބުނީ މިއީ މާފުށީގެ އިތުރުވަމުން އަންނަ ޑިމާންޑާއި އެއްވަރަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބެހެއްޓި ޓްރާންސްފޯމަރުތަކެއް ކަމަށެވެ. މި ޓްރާންސްފޯމަރުތަށް ކޮމިޝަން ކުރެވި މިހާރު ލޯޑްދެވިފައިވާ ކަމަަށް ވެސް ސްޓެލްކޯއިން ބުންޏެވެ. މާފުށީގެ ކުޑަ މިސްކިތާއި، ގެސްޓް ހައުސްތައް ހުންނަ ސަރަހައްދުގައި އަލަށް ބަހައްޓާފައިވާ މި ޓްރާންސްފޯމަރުތަކާއިއެކު، މާފުށީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގަ އި...