"ހިތުގައި ރުޅިވެރިކަމެއް އޮތް ނަމަ މާފުކޮށް އަލުން ގުޅުން އުފެއްދުމަށް އިސް ނެގުމަށް ސަމާލުކަން ދޭންޖެހޭ"
އުފާވެރި ފިޠުރު ޢީދާ ކުރިމަތިލާއިރު، އެއްވެސް ސަބަބަކާ ހުރެ، މީހަކާ މެދު ހިތުގައި ރުޅިވެރިކަމެއް ނުވަތަ ދެކޮޅުވެރިކަމެއް އަދި ހިތްހަމަނުޖެހުމެއް އޮތް ނަމަ، އެމީހަކަށް ހިތް ހެޔޮކޮށް މަޢާފްކުރުމާއެކު، އަލުން ގުޅުން އުފެއްދުމަށް އިސް ނެގުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެެއްޖެއެވެ. އެމަނިކުފާނެ މިހެން ވިދާޅުވީ ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ރޭ ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. ފިތުރުގެ މުނާސަބަތުގައި، ރައީސ...