ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ. ރައީސްގެ ދެކަނބަލުން މިއަދު ރާއްޖެ ވަޑައިގަތުމުން އެ ދެކަނބަލުނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ވިދާޅުވީ، ނައިބު ރައީސް ފައިޞަލް ނަސީމާއި، ދިފާޢީ ވަޒީރު މާރިޔާ އަޙްމަަދު ދީދީއެވެ. ދެކަނބަލުން އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ މިދަތުރުފުޅަކީ، އިގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް (3ވަނަ) ރަސްކަމުގެ...