Skip to main content
Topic Archive

#ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

938 Stories filed
ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި ބަޔަކު ހައްޔަރުކޮށްފި
Raajje

ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި ބަޔަކު ހައްޔަރުކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މޮޓޯކޭޑަށް ހުރަސްއެޅި ބަޔަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އެ މައްސަލައިގާ 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެއީ ހަތަރު ފިރިހެނުން ކަމަށެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯ އަދި ފޮޓޯ އިން ފެންނަގޮތުގައި ރައީސްގެ މޮޓޯކޭޑު ބޮޑުތަކުރުފާނު މަގުން ދަތުރުކުރަނިކޮށް ހުރަސްއަޅާފައިވަނީ އެ ސަރަހައްދުގައި އޭރު މުޒާހަރާ ކުރަން ތިބި މީހުންގެ ތެރެއިން ބައެކެވެ. އެއީ މާލޭގައި ސިލްސިލާކޮށް މުޒާހަރާ ކުރަމުންދާ އިދިކޮޅު ޕްރޮގްރެސިވް ކޯ...

އަންހެނުން ބާރުވެރިކުރުމުގައި އެމްޓީސީސީން ކުރަމުން އަންނަނީ ތަޢުރީފު ޙައްޤު މަސައްކަތްތަކެއް: ރައީސް
Raajje

އަންހެނުން ބާރުވެރިކުރުމުގައި އެމްޓީސީސީން ކުރަމުން އަންނަނީ ތަޢުރީފު ޙައްޤު މަސައްކަތްތަކެއް: ރައީސް

އަންހެނުން ބާރުވެރިކުރުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ކުރަމުން އަންނަނީ ތަޢުރީފު ޙައްޤު މަސައްކަތްތަކެއް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ވަނީ މި އަހަރުގެ ރެހެންދި އެވޯޑް މިރޭ ޙާޞިލުކުރެއްވި ފަރާތްތަކަށް އެ ވޯޑު ހަވާލުކޮށް ދެއްވާފައެވެ. އޭގެ ތެރޭގައި އެމްޓީސީސީ ވެސް ހިމެނ...

''ދެން މަސައްކަތް ކުރަންވީ ސިޔާސަތުތައް ކަނޑައެޅުމުގެ ފަންތިއަށް އަންހެނުން ގެނައުމަށް''
Raajje

''ދެން މަސައްކަތް ކުރަންވީ ސިޔާސަތުތައް ކަނޑައެޅުމުގެ ފަންތިއަށް އަންހެނުން ގެނައުމަށް''

ދެން މަސައްކަތް ކުރަންވީ، ސިޔާސަތުތައް ކަނޑައެޅުމުގެ ފަންތިއަށް އަންހެނުން ގެނައުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ރޭ ޢުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރޭގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ރާއްޖޭގައި ހުރިހާ ދާއިރާއެއްގައިވެސް މިންތީ ހަމަހަމަކަން ޤާއިމުކުރުމަކީ، ސަރުކާރުން ވަރަށް ބޮޑު އިސްކަމ...

ރޯދަމަހަކީ، ކީރިތި ޤުރްއާނުގެ ހިޔަލުގައި ހޭދަކުރުމަށް ލިބޭ ރަނުގެ ފުރުޞަތެއް: ރައީސް
Raajje

ރޯދަމަހަކީ، ކީރިތި ޤުރްއާނުގެ ހިޔަލުގައި ހޭދަކުރުމަށް ލިބޭ ރަނުގެ ފުރުޞަތެއް: ރައީސް

މި ފެށޭ ރޯދަމަހަކީ، ކީރިތި ޤުރްއާނުގެ ހިޔަލުގައި ހޭދަކުރުމަށް ލިބޭ ރަނުގެ ފުރުޞަތެއްކަމަށާއި، އެ ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު އިލްތިމާސް ކުރައްވައިފިއެވެ. ރައީސް ޞާލިޙް މިފަދައިން އިލްތިމާސް ކުރެއްވީ ޤުރުއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، މި ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، ދީނީ އަދި އަޚްލާޤީ ރީތި...

ރާއްޖޭގެ ޑިޖިޓަލް ލޭންޑް ސްކޭޕް ފުޅާކޮށް އިތުރަށް ހަރުދަނާކުރެއްވުމަށް ބަހްރައިން އާއެކު މަޝްވަރާ ކޮށްފި
Raajje

ރާއްޖޭގެ ޑިޖިޓަލް ލޭންޑް ސްކޭޕް ފުޅާކޮށް އިތުރަށް ހަރުދަނާކުރެއްވުމަށް ބަހްރައިން އާއެކު މަޝްވަރާ ކޮށްފި

ރާއްޖޭގެ ޑިޖިޓަލް ލޭންޑް ސްކޭޕް ފުޅާކޮށް އިތުރަށް ހަރުދަނާކުރެއްވުމަށް ބަހްރައިން އާއެކު މަޝްވަރާ ކޮށްފިއެވެ. މި މަޝްވަރާ ކުރައްވާފައިވަނީ ބަޙްރައިން ޓެލެކޮމިޔުނިކޭޝަންސް ކޮމްޕެނީ(ބަޓެލްކޯ)ގެ ޗެއާމަން ޝައިޚް ޢަބްދުﷲ ބިން ޚަލީފާ އަލްޚަލީފާ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ކުރެއްވި ޒިޔާރަތުގައެވެ. ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އެ ދެބޭފުޅުން ވަނީ، ރާއްޖޭގެ ޑިޖިޓަލް ލޭންޑް ސްކޭޕް ފުޅާކޮށް އިތުރަށް ހަރުދަނާކުރެއްވުމަށާއި އިތުރު ދާއިރާތަކުން ގުޅުން ބަދަހި ކުރެއްވުމާ...

މަސްބައި އަޅާ ބަހާ އުސޫލުން ސިޔާސީ ބޮޑުންގެ މެދުގައި މިހާރު ވޯޓު ބަހައިނުލެވޭނެ: ނަޒީރު
Raajje

މަސްބައި އަޅާ ބަހާ އުސޫލުން ސިޔާސީ ބޮޑުންގެ މެދުގައި މިހާރު ވޯޓު ބަހައިނުލެވޭނެ: ނަޒީރު

މަސްބައިއަޅާ ބަހާ އުސޫލުން މިހާރު ސިޔާސީ ބޮޑުންގެ މެދުގައި ވޯޓު ބަހައި ނުލެވޭނެ ކަމަށް އަދާލަތު ޕާޓީގެ ތަރުޖަމާނު، ހޯމު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވެއްޖެއެވެ. އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މިހާރު ހުންނަނީ؛ އަޑުގަދަ ގެނދަބުޅި އިންޖީނުގެ އާވެ ރީތިވީމާ ދޭ ވޯޓާއި، ނަޖިސްފެނުން ސާފުފެނަށް ބަދަލުވީމާ ދޭ ވޯޓު ކަމަށެވެ. އަދި ޗަކަމަގު ތާރުމަގަށް ބަދަލުވީމާ ދޭ ވޯޓާއި ބޯހިޔާވަހިކަމަށް ދޭ ވޯޓު ކަމަށެވެ. ސަރުކާރުން ތަރައްގީކުރި، ފަރެސްމާތޮޑާ އެއަރޕޯޓު ހުޅުވުމަށް […]

ޓޭޒާ ބަޑި ހަތިޔާރެއްގެ ގޮތުގައި ބޭނުން ނުކުރާނެ: ރައީސް
Raajje

ޓޭޒާ ބަޑި ހަތިޔާރެއްގެ ގޮތުގައި ބޭނުން ނުކުރާނެ: ރައީސް

ޓޭޒާ ބަޑި ހަތިޔާރެއްގެ ގޮތުގާ ބޭނުން ނުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާޅިހު ވިދާޅުވެއްޖެއެވެ. ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގައި ވާހަކަ ދަައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޓޭޒާ ބޭނުންކުރާނީ ހަމައެކަނި ފުލުހުންގެ ރައްކާތެރިކަން ކަށަވަރު ކުރަން ކަމަށެވެ. ޓޭޒާ ބަޑިއަކީ ނުރައްކާތެރި ކުށްވެރިންނާއި ކުރިމަތިލާއިރު، ފުލުހުންނާއި ކުށްވެރިޔާގެ ވެސް ރައްކަލަކަށް ބޭނުންކުރާ ވަސީލަތެއް ކަމަށާއި މިއީ ކުށްވެރިންނަށް ހަމަލާދޭން ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާ ކަ...

"މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2023" ދީފި
Raajje

"މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2023" ދީފި

ސަރުކާރުން ދޭ “މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2023” ރޭ ދީފިއެވެ. މި އެ ވޯޑަކީ ރާއްޖޭގައި ބޭއްވޭ ކުޅިވަރުގެ ދާއިރާގެ އެންމެ ބޮޑު އެވޯޑް ޙަފްލާއެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިންތިޒާމުކޮށްގެން ބޭއްވި، މި އެ ވޯޑުގެ އެންމެ ޝަރަފުވެރި އެވޯޑްތައް ލިބުނު ފަރާތްތަކަށް އެ ވޯޑުތައް ހަވާލުކޮށް ދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. މިގޮތުން ރޭ މާލޭ ކުޅިވަރު އެކުވެނި ސިންތެޓިލް ޓްރެކްގައި ބޭއްވި މިއެވޯޑް ޙަފްލާގައި، “ލައިފްޓައިމް […]

ޒުވާނުން ބާރުވެރި ކުރެވި، ރައްޔިތުންނަށް ފޯރުންތެރި ފަހި ދިރިއުޅުމެއް ގާއިމު ކޮށްދެވިއްޖެ: ނަހުލާ
Raajje

ޒުވާނުން ބާރުވެރި ކުރެވި، ރައްޔިތުންނަށް ފޯރުންތެރި ފަހި ދިރިއުޅުމެއް ގާއިމު ކޮށްދެވިއްޖެ: ނަހުލާ

މިހާރު ޒުވާނުން ބާރުވެރި ކުރެވިއްޖެ ކަމަށާއި ރައްޔިތުންނަށް ފޯރުންތެރި، ފަހި ދިރިއުޅުމެއް ގާއިމް ކުރެވިއްޖެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރ ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ގދ. ފަރެސްމާތޮޑާ އެއަރޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ނަހުލާ ވިދާޅުވީ އަމިއްލަ ރަށުގައި ތިބެގެން ފައިދާ ހޯދޭނެ މަގު ތަނަވަސްވެ، ގައުމުގެ އިގްތިސޯދީ ދުވެލި ހަލުވިކަމާއެކު ކުރިއަށް ދާ ކަމަށެވެ. “އުތުރާއި ދެކުނު ހިމެނޭ ގޮތުން މުޅިރާއްޖެ ތަރައްގީ ކުރުމުގެ ތަސައްވުރެއް ރައީ...

ފަރެސްމާތޮޑާގައި ލަސްނުކޮށް ގެސްޓްހައުސް ވިޔަފާރި ފެށުމަށް ރައީސް އެދިވަޑައިގެންފި
Raajje

ފަރެސްމާތޮޑާގައި ލަސްނުކޮށް ގެސްޓްހައުސް ވިޔަފާރި ފެށުމަށް ރައީސް އެދިވަޑައިގެންފި

ފަރެސްމާތޮޑާގައި ލަސްނުކޮށް ގެސްޓްހައުސް ވިޔަފާރި ފެށުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ސަރުކާރުން އެރަށުގައި ތަރައްގީކުރި “ފަރެސްމާތޮޑާ އެއަރޕޯޓު” ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މިއީ ހުވަދުއަތޮޅުގައި ގެސްޓްހައުސްގެ ވިޔަފާރީގެ އުންމީދުގައި ތިބި ފަރާތްތަކަށް ރަނގަޅު ފުރުސަތެއް ކަމަށާއި އެފަދަ ފަރާތްތަކަށް މިހާރު މިއޮތީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އެހެންވެ، ލަސްނުކުރައްވ...

ފަރެސްމާތޮޑާ އެއާޕޯޓު ރަސްމީކޮށް ހުޅުވައިފި
Raajje

ފަރެސްމާތޮޑާ އެއާޕޯޓު ރަސްމީކޮށް ހުޅުވައިފި

ގދ. ފަރެސްމާތޮޑާގައި ސަރުކާރުން ތަރައްގީ ކޮށްފައިވާ އެއަރޕޯޓް ރަސްމީކޮށް ހުޅުވައިފިއެވެ. މި އެއަރޕޯޓު ރަސްމީކޮށް ހުޅުވައިދެއްވީ މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ. ފަރެސްމާތޮޑާ އެއާޕޯޓު ރަސްމީކޮށް ހުޅުވާފައި ވާއިރު، ޓެސްޓު ފްލައިޓު ޖައްސާފައިވަނީ މި މާރިޗު މަހުގެ 13 ވަނަ ދުވަހު މެންދުރުފަހު 3:45 ގައެވެ. ޓެސްޓު ފްލައިޓުގެ ގޮތުގައި ޖައްސާފައި ވަނީ މޯލްޑިވިއަންގެ ފުލައިޓް ނަންބަރު Q2-6482 އެވެ. އެއީ ޑޭޝް 8-300 މަރުކާގެ ބޯޓެކެވެ. މި މަހުގެ 16 […]

މިއަހަރުގެ ބަޖެޓްގައި އެންމެ ބޮޑު ސަމާލުކަމެއް ދީފައިވާނީ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް: ރައީސް
Raajje

މިއަހަރުގެ ބަޖެޓްގައި އެންމެ ބޮޑު ސަމާލުކަމެއް ދީފައިވާނީ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް: ރައީސް

މިއަހަރުގެ ބަޖެޓްގައި އެންމެ ބޮޑު ސަމާލުކަމެއް ދީފައި ވާނީ، ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ޞިއްޙީ ދާއިރާއަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ މުނާޞަބަތުގައި މިރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ އަންނަ މެއި މަހުން ފެށިގެން ޞިއްޙީ ދާއިރާގެ މުސާރަތަކަށް ސަރުކާރުން ހެޔޮ ބަދަލެއް ގެންނަވާނެކަން ތަކުރާރުކުރައްވާފައެވެ. ރާއްޖޭގައި ޑޮކްޓަރީ ބޭހުގެ ފަރުވާ ފެށިގެން އައިގޮތަށް އަލިއަޅުވާލައްވަމުން،...

ރައީސް ޤަތަރާއި ޖަރުމަނަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންފި
Raajje

ރައީސް ޤަތަރާއި ޖަރުމަނަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންފި

ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ޤަޠަރާއި ޖަރުމަނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ފުރަތަމަ ރައީސް ވަޑައިގަތީ ޤަޠަރަށެވެ. އެ ޤައުމަށް ވަަޑައިގެން އެ ޤައުމުގެ ދޯހާގައި ކުރިޔަށްދިޔަ އެކުވެރި ދައުލަތްތައް (އ.ދ)ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ފަސްވަނަ ކޮންފަރެންސްގެ ޖެނެރަލް ޑިބޭޓްގައި އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި މި ކޮންފަރެންސްގެ ހަވާސާގައި އެމަނިކުފާނު ވަނީ އ.ދގެ ސެކްރެޓަރީ ޖެނެރަލ...

އަންހެނުން ބާރުވެރިކުރުވުމަށް ދެޖިންސުގެ ފަރަގު ކުޑަކުރުމަށް މަސައްކަތްކުރަން ޖެހޭ: ރައީސް
Raajje

އަންހެނުން ބާރުވެރިކުރުވުމަށް ދެޖިންސުގެ ފަރަގު ކުޑަކުރުމަށް މަސައްކަތްކުރަން ޖެހޭ: ރައީސް

އަންހެނުން ބާރުވެރިކުރުވުމަށްޓަކައި ދާއިރާގައި އަންހެނުންނާއި ފިރިހެނުންނާއި ދެމެދު އޮތް ފަރަގު ކުޑަކުރުމަށް މަސައްކަތްކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ، ކުރެއްވި ޓްވީޓުގައި ރައީސް ވިދާޅުވީ ޑިޖިޓަލް ދާއިރާގައި އަންހެނުން ބާރުވެރިކުރުވުމަށް ސަމާލުކަން ދޭންޖެހޭކަމަށެވެ. “މި ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހު އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ، އަޅުގަނޑުމެންގެ މުޖުތަމަޢު...

ރާއްޖޭގައި ދެ "ރައީސުން" ތިބޭ މައްސަލަ ސުޕްރީމް ކޯޓުން ބަލައެއްނުގަތް
Raajje

ރާއްޖޭގައި ދެ "ރައީސުން" ތިބޭ މައްސަލަ ސުޕްރީމް ކޯޓުން ބަލައެއްނުގަތް

ނައިބު ރައީސް ފައިސަލް ނަސީމް ރައީސް ކަމުގެ ހުވާ ކުރެއްވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ. ރައީސްކަމުގެ ހުވާ ނައިބު ރައީސް ފައިސަލް މިދިޔަ އަހަރު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތިން ގަޑިއިރުގެ ސާޖަރީއެއް ކުރެއްވުމަށްޓަކަ އެވެ. އިދިކޮޅު ކޯލިޝަނުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ނައިބު ރައީސް […]