އެމްޑަބްލިއުއެސްސީ އިން ކެންދޫ އާއި ކަމަދޫގައި ހިންގާ މަޝްރޫއުތައް ޝާހު ބައްލަވާލައްވައިފި
ބ. ކެންދޫ އާއި ބ. ކަމަދޫގައި އެމްޑަބްލިޔުއެސްސީ އިން ހިންގާ ފެނާއި ނަރުދަމާގެ މަސައްކަޔް ކުރިއަށްދާގޮތް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރި ހަސަން ޝާހު ބައްލަވާލައްވައިފިއެވެ. ޝާހު މި ޕްރޮޖެކްޓުތަކުގެ މަސައްކަތްތައް ބައްލަވާލެއްވީ މިހާރު ބ. އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައެވެ. މި ދެ ރަށުގައި ހިންގާ ޕްރޮޖެކްޓުތަކުގެ ދަށުން މިހާރު ކުރިއަށްދަނީ އާރުއޯ ބިލްޑިންގެ މަސައްކަތެވެ. ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ ދަށުން އެރަށުގައި އާރުއޯ ބިލްޑިންއަކާއި 5.4 ކިލޯމީޓަރުގެ ފ...