ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި އެމްޑަބްލިއުއެސްސީން ބައިވެރިވެއްޖެ
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ބައިވެެރިވެއްޖެއެވެ. މިއަދު އެމްޑަބްލިއުއެސްސީ ކަސްޓަމާ ސާވިސް އިމާރާތުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމުގެ ދަށުން ޒުވާނުން ތަމްރީނު ކުރުމަށް އެމްޑަބްލިްުއެސްސީއާ ޔޫތު މިނިސްޓްރީއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.އެމްޑަބްލިއުއެސްސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. އަދި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސެއިން އި...