ޓެކްސީގެ ޚިދުމަތް ދިނުމަށް އެމްޓީސީސީއަށް، ވަޒީރު ވިދާޅުވީ ހެޔޮ ބަދަލެއް އަންނާނެކަމަށް
ސަރުކާރުގެ ފަރާތުން މާލޭގައި ޓެކްސީގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި ޚިދުމަތަކީ ތިމާވެއްޓާ ރައްޓެހި، ސައްތައިން ސައްތަ އިލެކްޓްރިކް ވެހިކަލްތައް ބޭނުންކޮށްގެން ދޭ ޚިދުމަތެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ތިމާވެއްޓާ ރައްޓެހި ޓެކްސީގެ ޚިދުމަތް ފެށުމަށް އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ އެ ވުޒާރާގެ ޑިރެކްޓަރ ޖެ...