އުތުރުގެ ޕޮލިސް ކްލަސްޓާ: 3 އަތޮޅުން 137 ސާމްޕަލެއް ނެގި، 7 މީހުން ޕޮޒިޓިވް
އުތުރު ޕޮލިސް ކްލަސްޓާއާއި ގުޅިގެން މިހާތަނަށް 137 ސާމްޕަލެއް ނަގާފައިވާ ކަމަށާއި، އޭގެ ތެރެއިން 7 މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ދާއޫދު ވިދާޅުވެއްޖެއެވެ. މިގޮތުން ފުރަތަމަ ޕޮޒިޓިވްވީ ކުޅުދުއްފުށީ ސިޓީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހެކެވެ. މިމަހުގެ 5 ވަނަ ދުވަހު އޭނާ ޕޮޒިޓިވް ވުމާއި ގުޅިގެން އެ ސިޓީ ހިމެނޭހެން، އެ ފުލުސްމީހާ ދަތުރުކުރި 6 ރަށެއް މޮނިޓަރިންގ ހާލަތަށް ވެސް ގެނައެވެ. ޖެހިގެންއައި ދުވަހު […]