ކުޅުދުއްފުށީ ހޮސްޕިޓަލް ކެންސަރަށް ޚާއްސަ ނުކުރެވެންވީ ސަބަބެއް ނެތް: ޔާސިރު
ކުޅުދުއްފުށީ ހޮސްޕިޓަލް ކެންސަރަށް ޚާއްސަ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްޤީ ނުކުރެވެންވީ ސަބަބެއް ނެތްކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބުދުލް ލަޠީފް ވިދާޅުވެއްޖެއެވެ. “އަލި ރަން މުތް” ފޭސްބުކް ޕޭޖުން ގެނެސްދެމުން ދާ ސިލްސިލާއެއް ކަމަށްވާ ދެމެހެއްޓެނިވި ލާމަރުކަޒީގެ ވާހަކަ ދައްކާލަމާގެ ތިން ވަނަ އެޕިސޯޑުގައި “މާލެ ތޮއްޖެހި އަތޮޅުތައް ފަޅުވުން ” މިމައުލޫއަށް ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ މަރުކަޒީ ކުރެވެން ފެށިތާ މިހާރު ފަންސާހަކަށް އަހަރު ވެއްޖެ ކަމަށެވެ. އެހެންކ...