އަންހެނުންގެ "ތިލަދެކުނު ފުޓްސަލް މުބާރާތް" ހޯސްޓްކޮށްދޭނެ ފަރާތެއް ހޯދަނީ
މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ “ތިލަދެކުނު ފުޓްސަލް މުބާރާތް 2024” ހޯސްޓްކޮށްދޭނެ ފަރާތެއް ހޯދުމަށް ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން އިޢުލާންކޮށްފިއެވެ. މި މުބާރާތް ހޯސްޓްކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ހދ. އަތޮޅުގައި ރަޖިސްޓްރީކޮށްގެން ހިންގާ، ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރާ ކްލަބް އަދި ޖަމްޢިއްޔާތަކަށެވެ. ޝައުޤުވެރިވާ ފަރާތްތަކުން މި ފުރުޞަތަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓް...