ހއ. ގެ 4 ރަށެއްގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި
ހއ. އަތޮޅުގެ ހަތަރު ރަށެއްގައި މަޝްރޫއުތަކެއް ހިންގުމަށް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. އިއްޔެ ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކޮށްފައިވަނީ ހއ. ކެލާ ނެރު ފުންކުރުމާއި ބޭރުތޮށި އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި، ހއ. އުލިގަމު ބަނދަރު ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާއި، ހއ. ތުރާކުނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާއި، ހއ. ދިއްދޫ ބިން ހިއްކުމުގެ މަސައްކަތުގެ އެއްބަސްވ...