Skip to main content
Topic Archive

#ހއ. އުލިގަމު

95 Stories filed
އާސިފްގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައިފި
Raajje

އާސިފްގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގައި ރަސްމީ ވާޖިބު އަދާކުރަމުން ގެންދަނިކޮށް ނިޔާވި ސީނިއާ ސާޖަންޓް އަޙްމަދު އާސިފްގެ ޖަނާޒާ މިރޭ އިޝާނަމާދަށްފަހު ރަސްމީ ޢިއްޒަތުގައި ބާއްވައިފިއެވެ. އާސިފް، ހއ. އުލިގަމު/ވާދީ ނިޔާވެފައި ވަނީ ފުލުހުންގެ އޮޕަރޭޝަނެއްގައި އުޅެނިކޮށް 2026 ޖޫން 11 ވަނަ ދުވަހުގެ ރެއެވެ. އާސިފްގެ މައްޗަށް ކުރެވުނު ކަށުނަމާދު އޮތީ މިރޭ އިޝާނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. އަދި ވަޅުލާފައި ވަނީ އާސަހަރާގައެވެ. ފުލުހުން ބުނިގޮތުގައި މަރުޙޫމަށް އެންމެ ފަހުގެ އިޙްތިރާމް އަދާކުރުމަށްޓަކައި، މަ...

އޮޕަރޭޝަނެއްގައި އުޅުނު އުލިގަމަށް ނިސްބަތްވާ ފުލުހަކު ނިޔާވެއްޖެ
Raajje

އޮޕަރޭޝަނެއްގައި އުޅުނު އުލިގަމަށް ނިސްބަތްވާ ފުލުހަކު ނިޔާވެއްޖެ

ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި އޮޕަރޭޝަނެއްގައި ބައިވެރިވި ފުލުހަކު ނިޔާވެއްޖެއެވެ. 2026 ޖޫން 11 ވަނަ ދުވަހުގެ ދަންވަރު ހިނގި މި ހާދިސާގައި ނިޔާވެފައިވަނީ ސީނިއާ ސާޖަންޓް އަޙްމަދު އާސިފް އެވެ. އާސިފަކީ ހއ. އުލިގަމަށް ނިސްބަތްވާ ފުލުހެކެވެ. ނިޔާވިއިރު އޭނާގެ އުމުރަކީ 34 އަހަރެވެ. ފުލުހުން ބުނިގޮތުގައި “ޕޮލިސް ލޯންޗް 57” ގައި ޑިއުޓީގައި ތިބި ފުލުހުންގެ ތެރެއިން އޮފިސަރެއްކަމުގައިވާ އާސިފް ގެއްލިފައިވާކަން ސަމާލުކަމަށް އައުމާއެކު، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ވަގުތުން ފަށާފައެވެ. […]

އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާ ތަރައްޤީ ކުރުމަށް ހަވާލުކޮށްފި
Thiladhunmathi News

އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާ ތަރައްޤީ ކުރުމަށް ހަވާލުކޮށްފި

ހއ. އުލިގަމުގައި ޒަމާނީ ފެންވަރުގެ ޔޮޓް މެރީނާއެއް ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ދެ ފަރާތުން މިއަދު ވަނީ ސޮއިކޮށްފައެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އެއް ފަހަރާ 18 ޔޮޓަށް ބަނދަރުކުރެވޭނެ ފަދަ ޒަމާނީ މެރީނާއެކެވެ. މިއީ އުލިގަމަށް ޒިޔާރަތްކުރާ ޔޮޓް ފަހަރަށް ބޭނުންވާ ޚިދުމަތްތައް ފުޅާކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝް...

1,348 މީހުން ތިބި ޕަސެންޖަރު ލައިނާއެއް ހއ. އުލިގަމަށް
Thiladhunmathi News

1,348 މީހުން ތިބި ޕަސެންޖަރު ލައިނާއެއް ހއ. އުލިގަމަށް

ފަސިންޖަރުންނާއި ފަޅުވެރިން ހިމެނޭހެން މުޅިއެކު 1,348 މީހުންނާއެކު ބޮޑު ޕަސެންޖަރު ލައިނާއެއް ހއ. އުލިގަމުގައި ބަނދަރުކޮށްފިއެވެ. މި އުޅަނދަކީ މިދިޔަ މާރިޗު މަހުގެ 13 ވަނަ ދުވަހު ރާއްޖެއަށް އައި އުޅަނދެކެވެ. މޯލްޑިވްސް ކަސްޓަމްސް އިން ބުނި ގޮތުގައި، “ވާސްކޯ ޑަ ގާމާ” ނަމަކަށް ކިޔާ މި ޕަސެންޖަރު ލައިނާއަށް، ހއ. އުލިގަމު ކަސްޓަމްސްގެ އޮފިސަރުން ވަނީ އިންވާޑް ކްލިއަރަންސް ނުވަތަ ރާއްޖެއަށް ވަނުމުގެ ހުއްދަ ދީފައެވެ. މި އުޅަނދުގައި ފަސިންޖަރުންނާއި ފަޅުވެރިން ހިމެނޭހެން ގިނަ އަދަދެއްގެ […]

އުލިގަމު ޔޮޓް މެރީނާ ފަރުމާކޮށް ތަރައްގީކުރާނެ ބަޔަކު ހޯދުމަށް ބީލަމަށް
Thiladhunmathi News

އުލިގަމު ޔޮޓް މެރީނާ ފަރުމާކޮށް ތަރައްގީކުރާނެ ބަޔަކު ހޯދުމަށް ބީލަމަށް

ރާއްޖޭގެ ފަތުރުވެރިކަމާއި ކަނޑުދަތުރުފަތުރުގެ އުމްރާނީ ވަސީލަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު ސިޔާސަތުގެ ދަށުން، ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ޑިޒައިންކޮށް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުވާލައިފިއެވެ. މި މަޝްރޫޢަކީ އުލިގަންގެ އެންމެ އުތުރު ސަރަހައްދުގައި، ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ ފަދަ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރެވޭ މަޝްރޫޢެކެވެ. މީގެ މައިގަނޑު މަޤުޞަދަކީ ރާއްޖެއަށް ޒިޔާރަތްކުރާ ބައިނަލްއަޤުވާމީ...

އުލިގަމު މަސްފިހުމުގެ ބޮޑު ހަރަކާތް ކުރިއަށް ގެންގޮސްފި
Raajje

އުލިގަމު މަސްފިހުމުގެ ބޮޑު ހަރަކާތް ކުރިއަށް ގެންގޮސްފި

ހއ. އުލިގަމުގައި ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ މަސްފިހުމުގެ އިޖްތިމާއީ ބޮޑު ހަރަކާތް ހޮނިހިރު ދުވަހުގެ ރޭ ކުރިއަށް ގެންގޮސްފިއެވެ. މީގެ އެތައް އަހަރެއްގެ ކުރިން އުލިގަމުގައި ފެށުނު މިހަރަކާތަކީ މިހާރު އެ ރަށުގެ ބްރޭންޑަކަށް ވަނީ ވެފައެވެ. ވުމާއިއެކު ކުރިއާއި ހިލާފަށް މި ހަރަކާތް މިހާރު ކުރިއަށް ގެންދަނީ އެ ރަށުގެ ކައުންސިލުގެ ހަރަކާތް ކަލަންޑަރުގައި ހިމަނައިގެން ކައުންސިލުން ހަރަދު ކޮށްގެން ރަށު އެންމެން ބައިވެރިވުމާއި އެކުގައެވެ. އުލިގަމު ކައުންސިލުން ކުރިން ވިދާޅުވެފައިވާ ގޮތުގައި […]

އުލިގަމުގައި މަގުތަކުގައި އައު މަގުބައްތި ޖަހައިދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

އުލިގަމުގައި މަގުތަކުގައި އައު މަގުބައްތި ޖަހައިދޭނެ ފަރާތެއް ހޯދަނީ

ހއ. އުލިގަމު މަގުތަކުގައި އައު މަގުބައްތިޖެހުމާއި، މިހާރު ހުރި މަގު ބައްތި ތަކަށް އަލުން ކޭބަލް އެޅުމާއި ބޭނުންވާ ތަކެތި ފޯރުކޮށްދީ މަގުމަތީ ކޭބަލް އަޅާ ބައްތި ޖަހާ މީޓަރު ފޮށި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް އުލިގަމު ކައުންސިލުން އިއުލާނުކޮށްފިއެވެ. އުލިގަމު ކައުންސިލުން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، އެ އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 3 ސެޕްޓެމްބަރ 2025 އިން 11 ސެޕްޓެމްބަރ 2025 އަށް ބަންދު ނޫން ކޮންމެ […]

އުލިގަމާއި ކުމުންދޫ ސިއްހީ މަރުކަޒުގެ މަސައްކަތް އެމްޓީސީސީއަށް، ފިއްލަދޫ ސިއްހީ މަރުކަޒުގެ މަސައްކަތް އާރުޑީސީއަށް
Thiladhunmathi News

އުލިގަމާއި ކުމުންދޫ ސިއްހީ މަރުކަޒުގެ މަސައްކަތް އެމްޓީސީސީއަށް، ފިއްލަދޫ ސިއްހީ މަރުކަޒުގެ މަސައްކަތް އާރުޑީސީއަށް

ހއ. އުލިގަމާއި، ހދ. ކުމުންދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން ޢިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށް، ހއ. ފިއްލަދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ. އެގޮތުން އެމްޓީސީއާއި ހަވާލުކުރެވުނު މަޝްރޫޢުގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙުމަދު ސަޢުދީ އެވެ. އަދި މިނިސްޓްރީގެ...

އުލިގަމު އިމިގްރޭޝަން އޮފީހުގެ އާ އިމާރާތް އަޅަން އެމްޓީސީސީ އަށް
Thiladhunmathi News

އުލިގަމު އިމިގްރޭޝަން އޮފީހުގެ އާ އިމާރާތް އަޅަން އެމްޓީސީސީ އަށް

ހއ. އުލިގަމުގައި މޯލްޑިވްސް އިމިގްރޭޝަންގެ އައު އޮފީސް އިމާރާތެއް އަޅަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ. އުލިގަމުގައި ޒަމާނީ ވަސީލަތްތަކާއެކު އައު އިމިގްރޭޝަން އޮފީހެއް އިމާރާތްކުރުމަށް އެމްޓީސީސީ އާއި އިމިގްރޭޝަނާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ރިޓަޔަރޑް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީއެވެ. އަދި މޯލްޑިވްސް...

އުލިގަމު ބޮޑު ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމޭއިރު ފެންސު ޖަހައި ލައިޓްވެސް ހަރުކޮށްދޭނަން: ރައީސް
Raajje

އުލިގަމު ބޮޑު ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމޭއިރު ފެންސު ޖަހައި ލައިޓްވެސް ހަރުކޮށްދޭނަން: ރައީސް

ހއ. އުލިގަމުގައި ތަރައްގީކުރާ ބޮޑު ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމޭއިރު އެ ދަނޑުގެ އިތުރުކަންކަން ފުރިހަމަކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އަންގާރަ ދުވަހު އެމަނިކުފާނު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެންމެ ފަހު މަންޒިލެއްގެ ގޮތުގައި މިއަދު މެންދުރު މޮޅަދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި އެރަށުގެ ތަރައްގީއަށް ބޭނުންވާ އެކިކަންކ...

އުލިގަމު ބަނދަރު އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިންމާލައިފި
Thiladhunmathi News

އުލިގަމު ބަނދަރު އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިންމާލައިފި

ހއ. އުލިގަމު ބަނދަރު އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އުލިގަމުގެ ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްގީކުރުމަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރެއްވީ 18 ޖުލައި 2023 ގައިއެވެ. އެ ކުންފުނިން މިއަދު ބުނީ، އުލިގަމު ބަނދަރު ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު...

އުލިގަމުގައި "ސީމަންސް ރެސްޓް އޭރިޔާ" ހުޅުވައިފި
Thiladhunmathi News

އުލިގަމުގައި "ސީމަންސް ރެސްޓް އޭރިޔާ" ހުޅުވައިފި

އުތުރު މެރިޓައިމް ސަރވިސް (ޔޫ.އެމް.އެސް)ގެ ޚިދުމަތުގެ ތެރެއިން ހއ. އުލިގަމުގައި “ސީމަންސް ރެސްޓް އޭރިޔާ” ރަސްމީކޮށް އިއްޔެ ހުޅުވައިފިއެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބުނީ، އުލިގަމުގައި އިއްޔެ ހުޅުވި “ސީމަންސް ރެސްޓް އޭރިޔާ” އަކީ އުލިގަމުގައި އެ ކުންފުނިން ޤާއިމްކޮށްފައިވާ އިންޓަނޭޝަނަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް އިން އެތެރެވާ އުޅަނދު ފަހަރުގެ ފަޅުވެރިންނަށް، އެ ރަށުގައި މަޑުކޮށް، އަރާމުކޮށްލައި ބައެއް ކުޅިވަރުތައް ކުޅެވޭގޮތަށް ހަދާފައިވާ ތަނެއް ކަމަށެވެ....

އުލިގަމު ކައުންސިލުން، އެރަށު ސްކޫލުގެ ހުރިހާ ކުލާހަކަށް ޓީވީ ހަދިޔާކޮށްފި
Thiladhunmathi News

އުލިގަމު ކައުންސިލުން، އެރަށު ސްކޫލުގެ ހުރިހާ ކުލާހަކަށް ޓީވީ ހަދިޔާކޮށްފި

ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލުން އެރަށު ސްކޫލުގެ ހުރިހާ ކުލާހެއް ޑިޖިޓަލް ކުރުމަށް ބޭނުންވާ ޓީވީ ހަދިޔާކޮށްފިއެވެ. އެ ސްކޫލުގައި ހުރި 11 ކްލާސް ރޫމް ޑިޖިޓަލް ކުރުމަށް 65 އިންޗީގެ 11 ޓީވީ ކައުންސިލުން ވަނީ ސްކޫލަށް ހަދިޔާކޮށްފައެވެ. މި ޓީވީތައް ގަތުމަށް އެ ކައުންސިލުން ވަނީ  129420 (އެއްލައްކަ ނަވާވީސް ހާސް ހަތަރުސަތޭކަ ވިހި) ރުފިޔާ ރައްޔިތު މާލިއްޔާއިން ހަރަދުކޮށްފައެވެ. މިކަމާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން އުލިގަމު ކައުންސިލުގެ ރައީސް އަހްމަދު މުއާޒް […]

އުލިގަމު ޔޮޓް މެރީނާ ތަރައްގީކޮށްދޭނެ ބަޔަކު ހޯދަނީ
Thiladhunmathi News

އުލިގަމު ޔޮޓް މެރީނާ ތަރައްގީކޮށްދޭނެ ބަޔަކު ހޯދަނީ

ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)އިން އިއުލާންކޮށްފިއެވެ. އެމްޕީއެލްއިން ބުދަ ދުވަހުކުރި އިއުލާނުގައި ބުނީ އުލިގަމުގައި މެރިނާ ޕްރޮޖެކްޓުގެ މަގުސަދަކީ ޒަމާނީ އުޅަނދު ބަނދަރުކުރުމާއި މެރީނާގައި ތިބެގެން ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އަދި އެއީ ފަތުރުވެރިކަން ކުރިއެރުވުމަށާއި އިގްތިސޯދީ ކުރިއެރުވުން ކަމަށް ބުންޏެވެ. މީގެ އިތުރުން އުލިގަމު މެރީނާ ޕްރޮޖެކްޓުގެ މަގްސަދަކީ ރާއްޖެއަކީ ޔޮޓްތަކަށް ޕްރިމިއަމް ޑެސް...

އުލިގަމު ޔޮޓް މެރީނާ ތަރައްގީކުރަން އެމްޕީއެލާއެކު އެއްބަސްވުމެއް
Thiladhunmathi News

އުލިގަމު ޔޮޓް މެރީނާ ތަރައްގީކުރަން އެމްޕީއެލާއެކު އެއްބަސްވުމެއް

ހއ. އުލިގަމުގައި ޔޮޓް މެރީނާ ތަރައްގީ ކުރުމުގެ ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމެވެ. އަދި އުލިގަމު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކައުންސިލްގެ ރައީސް އަހުމަދު މުއާޒް މުހައްމަދެވެ. މި އެއްބަސްވުމަކީ އުލިގަމުގައި ޔޮޓް މެރީނާ ތަރައްގީ ކުރުމާއި ޔޮޓުތަކަށް ބޭނުންވާ ހިދުމަތްތައް އުލިގަމުން ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމުގެ އެއްބަސްވުމެކެވެ. އެމްޕީއެލްގެ ސީއީއޯ ވަޖ...