މެންބަރު އަޙްމަދުގެ އެހީތެރިކަން މުރައިދޫއަށް
ކޯވިޑްގެ ހާލަތުގެ ސަބަބުން ފުރަބަންދު ހާލަތުގައި އޮތް ހއ. މުރައިދޫއަށް، ރައްޔިތުންގެ މަޖިލީހުގައި އެރަށް ތަމްސީލް ކުރަށްވާ، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދުﷲ ކަނޑުމަސް ހަދިޔާ ކުރަށްވައިފިއެވެ. މިގޮތުން މެންބަރު އަޙްމަދު މިއަދު ވަނީ އެރަށަށް 235 ކިލޯގެ ތާޒާ ކަނޑުމަސް ހަދިޔާ ކުރަށްވާފައެވެ. މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން “ތިލަދުން”އަށް ވިދާޅުވީ، މެންބަރު އަހްމަދު ވަރަށް ގާތުން މުރައިދޫ ރައްޔިތުންގެ ހާލު ބައްލަވަމުން ގެންދަވާ ކަމަށެވެ. “އެމްޕީ ގުޅުއްވާނެ ކޮންމެ ދުވަހަކު، ރައްޔިތުނ...