Skip to main content
Topic Archive

#Haa Alif Muraidhoo

134 Stories filed
މުރައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި ކެލާ ބަނދަރު އަޕްގްރޭޑްކޮށް މަސްވެރިކަމުގެ މަސައްކަތަށް ބިން ހިއްކަން ހަވާލުކޮށްފި
Thiladhunmathi News

މުރައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި ކެލާ ބަނދަރު އަޕްގްރޭޑްކޮށް މަސްވެރިކަމުގެ މަސައްކަތަށް ބިން ހިއްކަން ހަވާލުކޮށްފި

ހއ. މުރައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢާއި، ހއ. ކެލާ ބަނދަރު އަޕްގްރޭޑް ކުރުމާއެކު މަސްވެރިކަމުގެ ވަސީލަތް ބިނާކުރުމަށް ބިން ހިއްކުމާއި، ބ. ކިހާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމާއި އަދި ދ. ބަނޑިދޫ ބަނދަރު ފުންކުރުމާއި ޖެޓީ ތަރައްޤީކުރުމުގެ މަޝްރޫޢުތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާ...

މުރައިދޫ އަންހެނުންގެ ކޮމިޓީން ބޮނބިފަންނު ބީޗުގައި ޖޯލިފައްޗާއި މޭޒު އަދި ގޮނޑި ބަހައްޓައިފި
Thiladhunmathi News

މުރައިދޫ އަންހެނުންގެ ކޮމިޓީން ބޮނބިފަންނު ބީޗުގައި ޖޯލިފައްޗާއި މޭޒު އަދި ގޮނޑި ބަހައްޓައިފި

ހއ. މުރައިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) ގެ ފަރާތުން އެ ރަށު ބޮނބިފަންނު ބީޗުގައި އާންމުން ބޭނުންކުރުމަށްޓަކައި ޖޯލިފައްޗާއި، މޭޒު އަދި ގޮނޑި ބަހައްޓައިފިއެވެ. ބޮނބިފަންނު ބީޗު ޒީނަތްތެރި ކުރުމަކީ، އެރަށުގައި ފެށުމަށް ތައްޔާރުވެފައިވާ “މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމެންޓް” އާ ގުޅިގެން ރަށުތެރެ ރީތި ކުރުމުގެ ޕްރޮގްރާމްގެ ދަށުން ކޮށްފައިވާ އަގުހުރި މަސައްކަތެކެވެ. މުރައިދޫ ބަނދަރުމަތީގައި އޮންނަ ބޮނބިފަންނު ބީޗަކީ އެންމެންގެ ހިތްތަކަށް ފިނ...

މަންތާ އެއާ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ މުބާރާތުގައި ހއ. އާއި ހދ.ގެ 10 ރަށެއް
Thiladhunmathi News

މަންތާ އެއާ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ މުބާރާތުގައި ހއ. އާއި ހދ.ގެ 10 ރަށެއް

ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ” މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ ހއ. އާއި ހދ. އަތޮޅުގެ 10 ރަށަކުން ބައިވެރިވެއްޖެއެވެ. ނިޔާ އެކަޑެމީގެ ރައީސް، އަޙްމަދު ނިޔާޒް “ތިލަދުން”އަށް ވިދާޅުވީ 35 އަހަރުން މަތީގެ ފަރާތްތަކަށް އަމާޒުކޮއްގެން ބާއްވާ މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ 35 އަހަރުން މަތީގެ ފަރާތްތައް ކުޅިވަރަށް އަޙުލުވެރިކުރުވާ، ކަސްރަތާއި ދުޅަހެޔޮކަމަށް އިސްކަންދިނުމާއި، ވާދަވެރި މާޙައުލެއްގައި ކުޅިވަރު ކުޅުމުގެ […]

ދިއްދޫ ޕޮލިހާއި މުރައިދޫ ޕޮލިހުގެ އެހީތެރިކަމާއެކު މުރައިދޫ މޮނިޔުމަންޓްގެ މަރާމާތުކުރުމުގެ މަސައްކަތްފަށައިފި
Thiladhunmathi News

ދިއްދޫ ޕޮލިހާއި މުރައިދޫ ޕޮލިހުގެ އެހީތެރިކަމާއެކު މުރައިދޫ މޮނިޔުމަންޓްގެ މަރާމާތުކުރުމުގެ މަސައްކަތްފަށައިފި

ހއ.މުރައިދޫގައި ޤާއިމްކޮއްފައި ހުންނަ މޮނިޔުމަންޓް މަރާމާތުކޮށް، ޒީނަތްތެރިކުރުމުގެ މަސައްކަތް، އެ އަތޮޅު ދިއްދޫ ޕޮލިހާއި އެ ރަށު ޕޮލިސްގެ އެހީތެރިކަމާއެކު، ކުރިއަށް ގެންދަން ފަށައިފިއެވެ. މުރައިދޫ ކައުންސިލްގެ ރައީސް އަމްޖަދު މުޙައްމަދު “ތިލަދުން”އަށް ވިދާޅުވީ މި މަސައްކަތަކީ، “މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމެންޓް”އާ ގުޅިގެން ރަށުތެރެ ރީތި ކުރުމުގެ ޕްރޮގްރާމްގެ ދަށުން ކުރެވޭ މަސައްކަތެއްކަމަށެވެ. 16 ނޮވެމްބަރ 2025ގައި ބެހެއްޓިފައިވާ މި މޮނިޔުމަންޓްގެ މަރާމާތުގެ މަ...

މަތީ އިމްތިހާނުގައި ބައިވެރިވާ މުރައިދޫ ދަރިވަރުންނަށް ކައުންސިލާއި ޑަބްލިޔުޑީސީން ހިތްވަރު ދިނުމަށް ޙަފްލާއެއް
Thiladhunmathi News

މަތީ އިމްތިހާނުގައި ބައިވެރިވާ މުރައިދޫ ދަރިވަރުންނަށް ކައުންސިލާއި ޑަބްލިޔުޑީސީން ހިތްވަރު ދިނުމަށް ޙަފްލާއެއް

2026 ވަނަ އަހަރުގެ އޯލެވެލް އަދި އެސް.އެސް.ސީ އިމްތިހާނުގައި ބައިވެރިވާ މުރައިދޫ ސްކޫލްގެ ގްރޭޑް 10ގެ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ޙަފްލާއެއް ބާއްވައިފިއެވެ. މިއީ މުރައިދޫ ކައުންސިލާއި އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) އިން ގުޅިގެން ބޭއްވި ހަފްލާއެކެވެ. މުރައިދޫ ކައުންސިލުން ވަނީ މި ޙަފްލާ ކުރިއަށް ގެންދިއުމަށް އެ ކައުންސިލާއި، ޑަބްލިޔުޑީސީގެ މެމްބަރުންނާއި އަދި ކައުންސިލްގެ އިދާރީ މުވައްޒަފުންގެ ފަރާތުން ދިން އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮ...

މުރައިދޫ، ނައިވާދޫ، ކުމުންދޫ އަދި ގޮއިދޫ ސިއްޙީ މަރުކަޒުގައި ލެބޯޓަރީ އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

މުރައިދޫ، ނައިވާދޫ، ކުމުންދޫ އަދި ގޮއިދޫ ސިއްޙީ މަރުކަޒުގައި ލެބޯޓަރީ އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. ގޮއިދޫ، ހއ. މުރައިދޫ، ހދ. ކުމުންދޫ އަދި ހދ. ނައިވާދޫ ސިއްޙީ މަރުކަޒުގެ ލެބޯޓަރީ އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އިން އިއުލާންކޮށްފިއެވެ. ހެލްތް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 24 މޭ 2026 އިން ފެށިގެން 8 ޖޫން 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ރެޖިސްޓްރީ ކުރަންޖެހޭނެ ކަމަށެވެ. ރެޖިސްޓްރީ ކުރުމަށްޓަކައި ގެޒެޓްކުރެވިފައިވާ […]

މުރައިދޫ އަންހެނުންގެ ކޮމެޓީން ކުރިއަށް ގެންދިޔަ ނަމާދު ކޭމްޕްގެ ނިމުން ފާހަގަކޮށްފި
Raajje

މުރައިދޫ އަންހެނުންގެ ކޮމެޓީން ކުރިއަށް ގެންދިޔަ ނަމާދު ކޭމްޕްގެ ނިމުން ފާހަގަކޮށްފި

ހއ. މުރައިދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) އިން އެރަށުގެ ކުޑަކުދިންނަށް ކުރިއަށް ގެންދިޔަ ނަމާދު ކޭމްޕްގެ ނިމުން ފާހަގަކޮށް، ބައިވެރިންނަށް ސެޓް ފިކެޓް ދީފިއެވެ. އަށާވަރަކަށް ދަރިވަރުން ބައިވެރިވި މި ކޭމްޕް އެ ކޮމެޓީގެ ފަރާތުން ކުރިއަށް ގެންގޮސްފައި ވަނީ ހުސް އޭޕްރިލް މަހުގެ ފަހު ހަފުތާގައެވެ. މި ކޭމްޕްގެ ނިމުން ފާހަގަކުރުމަށް ހަފްލާއެއް ބާއްވާފައިވާއިރު، މުރައިދޫ ޑަބްލިޔުޑީސީ އިން ވަނީ، މި ޕްރޮގްރާމް ކުރިއަށް ގެންގޮސްދެއްވި އެރަށުގެ މަސްޖިދިލް އިހާއީގެ އިމާމް [...

މުރައިދޫގައި ދެން ''މުއްބާރު'' ވެރިކަމެއް ނުކުރެވޭނެ، އައު ކައުންސިލުން މަސައްކަތްކުރާނީ ހަމަހަމަކަމާއެކު: އަމްޖަދު
Thiladhunmathi News

މުރައިދޫގައި ދެން ''މުއްބާރު'' ވެރިކަމެއް ނުކުރެވޭނެ، އައު ކައުންސިލުން މަސައްކަތްކުރާނީ ހަމަހަމަކަމާއެކު: އަމްޖަދު

ހއ. މުރައިދޫގެ ކައުންސިލަށް އަލަށް އިންތިޚާބުވި ޕީއެންސީގެ ކައުންސިލުން މަސައްކަތް ކުރާނީ ވަކި ކުލަޔަކަށް، ވަކި މީހަކަށް ނުވަތަ މުއްސަނޖަކަށް ފަގީރަކަށް ބެލުމެއްނެތި އެންމެނަށް ހަމަހަމަކަމާއެކު ކަމަށް އެ ރަށު ކައުންސިލްގެ އިންތިޚާބީ ރައީސް އަމްޖަދު މުހައްމަދު ވިދާޅުވެއްޖެއެވެ. އަމްޖަދު މިފަދައިން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބު 2026 ގައި މުރައިދޫގެ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ހޯދާފައިވާ ކާމިޔާބީ ފާހަގަކުރުމަށް ރޭ މާލޭގެ ޕީއެންސީގެ މައި ޖަގަހައިގައި ބޭއްވި ހާއްސަ ހަފްލާގައި ވާހަކަދައްކަވ...

މުރައިދޫ ޕީއެންސީ ޓީމު ހޯދި ކާމިޔާބީ ފާހަގަކުރަން ހާއްސަ ހަފްލާއެއް މިރޭ މާލޭގައި
Thiladhunmathi News

މުރައިދޫ ޕީއެންސީ ޓީމު ހޯދި ކާމިޔާބީ ފާހަގަކުރަން ހާއްސަ ހަފްލާއެއް މިރޭ މާލޭގައި

ލޯކަލް ކައުންސިލް އިންތިޚާބު 2026 ގައި ހއ. މުރައިދޫ ގެ ކޮންގްރެސް ޕާޓީގެކެންޑިޑޭޓުން ހޯދާފައިވާ ކާމިޔާބީ ފާހަގަކުރުމަށް މިރޭ މާލޭގައި ހާއްސަ ހަފުލާއެއް ބާއްވަން ނިންމައިފިއެވެ. ޕީއެންސީން ކުރި ޕޯސްޓެއްގައި ބުނީ ލޯކަލް ކައުންސިލް އިންތިޚާބު 2026 ގައި ހއ. މުރައިދޫ ގެ ކޮންގްރެސް ޕާޓީގެކެންޑިޑޭޓުން ހޯދާފައިވާ ތާރީޚީ ކާމިޔާބީ ފާހަގަ ކުރުމަށް، ހއ. މުރައިދޫ ކޮންގްރެސްޕާޓީގެ މެންބަރުން އިންތިޒާމު ކޮށްގެން ބާއްވާ ވަރަށް ޚާއްޞަ ޙަފްލާއެއް މިރޭ މާލޭގެ އެ ޕާޓީގެ މައި ޖަގަހައިގައި އޮންނާނެ […]

ފަރުހަތުގެ ގޮނޑި ތިން ވަނަ ފަހަރަށް ކާމިޔާބުކުރިއިރު، މުރައިދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ޕީއެންސީއަށް
Thiladhunmathi News

ފަރުހަތުގެ ގޮނޑި ތިން ވަނަ ފަހަރަށް ކާމިޔާބުކުރިއިރު، މުރައިދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ޕީއެންސީއަށް

އޭޕްރިލް 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު (ޑަބްލިޔުޑީސީ)ގެ އިންތިޚާބުގައި ހއ. މުރައިދޫގެ ކައުންސިލްގެ މެޖޯރިޓީ ވެރިކަންކުރާ ޕީއެންސީން ކަށަވަރުކޮށްފިއެވެ. ކައުންސިލްތަކުގެ ހަޔާތުގައި މިއީ މުރައިދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ޕީއެންސީގެ ފިކުރަށް ލިބުނު ފުރަތަމަ ފަހަރެވެ. ހޮނިހިރު ދުވަހުގެ ވޯޓުގައި މުރައިދޫ ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީގެ އަމްޖަދު މުހައްމަދު ކާމިޔާބުކުރީ 312 ވޯޓުންނެވެ. އޭނާ އާއި ވާދަ...

މުރައިދޫ ރައްޔިތުންނަށް އީދު ހަދިޔާ އަކަށް ބްރޭންޑް ނިއު ޖެންސެޓެެއް
Thiladhunmathi News

މުރައިދޫ ރައްޔިތުންނަށް އީދު ހަދިޔާ އަކަށް ބްރޭންޑް ނިއު ޖެންސެޓެެއް

ހއ. މުރައިދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި 250 ކިލޯވޮޓްގެ އާ ޖެންސެޓެއް އެ ރަށަށް ގެންދިއުމަށްޓަކައި މިހާރު ދަތުރު ފަށާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާޢު ވިދާޅުވެއްޖެއެވެ. ސުޖާޢު މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުރައިދޫގެ ރައްޔިތުންނަށް ވަރަށް ޚާއްޞަ އީދު ހަދިޔާއެއް ދެއްވި ދުވަހެއް ކަމަށެވެ. އަދި މިއީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް...

މުރައިދޫގައި ޕޭސްޓްރީ ކޯހެއް
Thiladhunmathi News

މުރައިދޫގައި ޕޭސްޓްރީ ކޯހެއް

ހއ. މުރައިދޫގައި އަންހެން ބޭފުޅުންނަށް ޚާއްޞަކޮށްގެން ޕޭސްޓްރީ ކޯހެއް ކުރިއަށް ގެންގޮސްފިއެވެ. މި ކޯހަކީ މުރައިދޫ ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދިޔަ ކޯހެކެވެ. 16 ނޮވެންބަރު 2025 އިން 24 ނޮވެންބަރު 2025 އަށް ކުރިއަށް ގެންދިޔަ މި ޕޭސްޓްރީ ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ބާއްވާ ބައިވެރިންނަށް ހަނދާނީ ލިޔުން މިހާރު ދީފައިވާއިރު، އެރަށުގެ 17 އަންހެން ބޭފުޅުން ވަނީ މި ކޯސް ފުރިހަމަކޮށްފައެވެ. މި ކޯހުގައި ކިޔަވައިދެއްވީ މައި […]

ތިލައުތުރު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އުތީމު ހޯދައިފި
Thiladhunmathi News

ތިލައުތުރު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އުތީމު ހޯދައިފި

ހއ. އަތޮޅު ކައުންސިލުން ބޭއްވި “ތިލައުތުރު ފުޓްސަލް މުބާރާތް 2025″ގެ ޗެމްޕިއަންކަން އުތީމު ހޯދައިފިއެވެ. މި މުބާރާތުގެ ޗެމްޕިއަންކަން އުތީމުން ހޯދީ މިރޭ ކުޅުނު ފައިނަލްގައި މުރައިދޫގެ މައްޗަށް ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ މުރައިދޫ އެވެ. ލިބުނު ކޯނަރަކުން ޖެހި މި ލަނޑު އެޓީމަށް ޖަހައިދިނީ އަޝްރާގެވެ. މުރައިދޫގެ ލަނޑަށްފަހު އުތީމުން ވަނީ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ޖަހައިދިނީ އައިހަމް […]

އުތީމާއި މުރައިދޫގެ ބޮޑު ފައިނަލް މިރޭ، ޝަރަފްވެރިކޮށްދެއްވާނީ ނައިބު ރައީސް ހުސެން
Thiladhunmathi News

އުތީމާއި މުރައިދޫގެ ބޮޑު ފައިނަލް މިރޭ، ޝަރަފްވެރިކޮށްދެއްވާނީ ނައިބު ރައީސް ހުސެން

ހއ. އަތޮޅު ކައުންސިލުން ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025″ގެ ފައިނަލަން މެޗު މިރޭ ކުޅޭނެއެވެ. އުތީމުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ އުތީމާއި މުރައިދޫއެވެ. މިރޭ 20:30 ގައި ފަށާ މި މެޗު ޝަރަފްވެރިކޮށްދެއްވާނީ ދިވެހިރާއްޖޭގެ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފެވެ. މީގެ އިތުރުން ކުޅިވަރާބެހޭ ވަޒީރު ޢަބުދުﷲ ރާފިޢު ވެސް މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. ހއ.ގެ ނުވަ ރަށް ވާދަކުރި މި މުބާރާތު ފައިނަލަށް މުރައިދޫ ދަތުރުކުރީ [...

ޕެނަލްޓީގައި ފަހުގެ ޗެމްޕިއަން އިހަވަންދޫ ބަލިކޮށް މުރައިދޫ ފައިނަލަށް
Thiladhunmathi News

ޕެނަލްޓީގައި ފަހުގެ ޗެމްޕިއަން އިހަވަންދޫ ބަލިކޮށް މުރައިދޫ ފައިނަލަށް

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025″ގެ ފައިނަލުގެ ފުރަތަމަ ޖާގަ މުރައިދޫ އިން ކަށަވަރުކޮށްފިއެވެ. މި މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ މުރައިދޫން ކަށަވަރުކުރީ އެންމެ ފަހުގެ ޗެމްޕިއަން އިހަވަންދޫ އާއި އެކު މިއަދު ހަވީރު ކުޅުނު ސެމީފައިނަލްގައި ޕެނަލްޓީގައި 2-3 އިން ކުރި ހޯދައިގެންނެވެ. އުތީމު ރަސްމީ ފުޓްބޯޅަ ދަނޑުގައި މި މުބާރާތަށް ޚާއްޞަކޮށް ހަދާފައިވާ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުގެ ނަތީޖާ […]