އިހަވަންދޫ ކައުންސިލްގެ އެފްބީ ޕޭޖުގެ ކޮންޓްރޯލް އަނބުރާ ކައުންސިލް ދަށަށް
ހެކްކޮށްފައިވާ ހއ.އިހަވަންދޫ ކައުންސިލް ފޭސްބުކް ޕޭޖްގެ ކޮންޓްރޯލް އަނބުރާ އެ ކައުންސިލްގެ ދަށަށް ގެނެސްފިއެވެ. އިހަވަންދޫ ކައުންސިލް ފޭސްބުކް ޕޭޖް ހެކްކޮށްފައި ވަނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އެ ކައުންސިލް ފޭސްބުކް ޕޭޖަކީ މީގެ ނުވަވަރަކަށް އަހަރު ކުރިން ހަދާފައިވާ ޕޭޖެކެވެ. އެ ޕޭޖަކީ ކައުންސިލުން ހިންގާ ހަރަކާތްތަކާއި، ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ތަފާތު މައުލޫމާތު ތާޒާކަންމަތީ ފޯރުކޮށްދިނުމަށް އެ ކައުންސިލުން ބޭނުން ކުރަމުން އަންނަ ވަސީލަތެކެވެ. ޕޭޖް ހެކްކުރުމަށް ފަހު، ޕޭ...