Skip to main content
Topic Archive

#Haa Alif Ihavandhoo

516 Stories filed
ޖެހިޖެހިގެން 40 ރޭ ޖަމާއަތުގައި ފަތިސްނަމާދުކުރި ކޮންމެ ކުއްޖަކަށް ބައިސްކަލެއް
Thiladhunmathi News

ޖެހިޖެހިގެން 40 ރޭ ޖަމާއަތުގައި ފަތިސްނަމާދުކުރި ކޮންމެ ކުއްޖަކަށް ބައިސްކަލެއް

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މަސްޖިދުއް ތަޢާވުން މިސްކިތުގައި ޖެހިޖެހިގެން 40 ރޭ ފަތިސްނަމާދު ކުރި ދަރިވަރުންނަށް ބައިސްކަލް ހަވާލުކޮށްފިއެވެ. މި ޕްރޮގްރާމަކީ އެ މިސްކިތުގެ އިމާމް ހުސައިން ރަޝީދު އިސް ނަގައިގެން ފާއިތުވި އަހަރުގެ މެއި މަހު ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލި ފުރުސަތުގެ ދަށުން 64 ކުއްޖަކު ވަނީ ބައިވެރިވެފައެވެ. ނަމަވެސް ޕްރޮގްރާމް ފުރިހަމަކޮށް ބައިސްކަލް ހާސިލް ކޮށްފައި ވަނީ 38 ދަރިވަރުންނެވެ. މި ޕްރޮގްރާމް ފުރިހަމަކުރި ކުދިންނަށް...

އިހަވަންދޫގައި "ފީހޮޅި އަޅާތީ" ހުއްޓުވަން ގޮވާލައިފި، ކައުންސިލުން ބުނީ "ސިޔާސީ ދޮގެއް" ކަމަށް
Thiladhunmathi News

އިހަވަންދޫގައި "ފީހޮޅި އަޅާތީ" ހުއްޓުވަން ގޮވާލައިފި، ކައުންސިލުން ބުނީ "ސިޔާސީ ދޮގެއް" ކަމަށް

ހއ. އިހަވަންދޫ މަގު ހެދުމުގެ މަޝްރޫއުގައި “ފީހޮޅި އެޅުން” ހުއްޓުވަން ޖެހޭކަމަށް ކުރީގެ އެރަށު ކައުންސިލް ރައީސް މުޙައްމަދު ރަޝީދު ގޮވާލައިފި އެވެ. މިކަމާއި ގުޅޭގޮތުން ރަޝީދު ވަނީ މީސް މިޑިޔާގައި ކަންބޮޑުވުން ފާޅުކޮށް ތުޙުމަތުތަކެއް ކުރައްވާފަ އެވެ. އެގޮތުން އެރަށު މަގުތައް ހެދުމަށް ކުރީ ސަރުކާރުން ގެނާ ހޮޅި (އަޅި ކުލައިގެ ހޮޅި) އެއީ ފީ ހޮޅިކަމަށް ރައުޔުނެރެ އިހަވަންދޫ ކައުންސިލުން އެ ހޮޅިތަށް މަގުތަކަށް ނޭޅެނެކަމަށް ބުނެ އެދުވަހު އަޑުއުފުލިކަަމަށާއި ކުރިންގެނައި ހޮޅި ބެހެއްޓުމަށްފަހު މި […]

އިހަވަންދޫގައި ޝޮޕިންގ ކޮމްޕްލެކްސް އިމާރާތެއް ތަރައްޤީކުރުމަށް ހުޅުވާލައިފި
Thiladhunmathi News

އިހަވަންދޫގައި ޝޮޕިންގ ކޮމްޕްލެކްސް އިމާރާތެއް ތަރައްޤީކުރުމަށް ހުޅުވާލައިފި

ހއ. އިހަވަންދޫގައި ޝޮޕިންގ ކޮމްޕްލެކްސް އިމާރާތެއް ތަރައްޤީކުރުމަށް ބިމެއް ކުއްޔަށް ދޫކުރުމަށް އިހަވަންދޫ ކައުންސިލުން ހުޅުވާލައިފި އެވެ. މިގޮތުން އެ ރަށުގެ އިރު އުތުރު ފަރާތު ބަނދަރު ސަރަޙައްދުގައި އޮތް 7250 އަކަފޫޓުގެ ބިމެއް 25 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ. ކައުންސިލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ބިމުގެ ކުލި ފެށޭ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް މަހަކު 1 ރުފިޔާއެވެ. އަދި ބިން ހަވާލުކުރާތާ ފުރަތަމަ 3 މަސް ތެރޭގައި އިމާރާތްކުރުމުގެ […]

ދިއްދުއާއި އިހަވަންދޫ ހިމެނޭހެން 5 ރަށެއްގައި އައިސްޕްލާންޓް ބަހައްޓައިދޭނެ ބަޔަކު ހޯދަނީ
Thiladhunmathi News

ދިއްދުއާއި އިހަވަންދޫ ހިމެނޭހެން 5 ރަށެއްގައި އައިސްޕްލާންޓް ބަހައްޓައިދޭނެ ބަޔަކު ހޯދަނީ

ހއ.ދިއްދުއާއި އެ އަތޮޅު އިހަވަންދޫ ހިމެނޭހެން ފަސްރަށެއްގައި އައިސްޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފިއެވެ. މި ޕްރޮޖެކްޓްގެ ދަށުން 50 ޓަނުގެ އައިސްޕްލާންޓް ބަހައްޓާ އަނެއް ތިން ރަށަކީ ށ.ކޮމަންޑޫ، ގދ.ރަތަފަންދޫގެ އިތުރުން އއ.ރަސްދޫ އެވެ. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ އެދިލެއްވުމުގެ މަތިން، މިނިސްޓްރީ އޮފް ފިނޭންސުން މިވަނީ މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ހުޅުވާލާފައެވެ. މިއީ ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޯ ޑި...

އިހަވަންދޫ ނަރުދަމާ ނެޓްވޯރކް ފުރި، ފާހާނާތަކުން ފެންބޮޑުވެ ނަޖިސް ބޭރުވެދާނެކަމުގެ ބިރު!
Thiladhunmathi News

އިހަވަންދޫ ނަރުދަމާ ނެޓްވޯރކް ފުރި، ފާހާނާތަކުން ފެންބޮޑުވެ ނަޖިސް ބޭރުވެދާނެކަމުގެ ބިރު!

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އިހަވަންދޫގެ ނަރުދަމާ ނެޓްވޯރކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް ފެނަކަ ކޯޕަރޭޝަންގެ އިހަވަންދޫ ބްރާންޗުން މަޢުލޫމާތު ދީފިއެވެ. ފެނަކައިން ބުނާ ގޮތުގައި، މިވަގުތު ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ޕަންޕް ސްޓޭޝަންތަކަށް އާދަޔާ ޚިލާފަށް ނެޓްވޯރކްގެ ތެރެއިން ވާރޭފެން އެޅި، ޕަންޕްތަކަށް ކޮންޓްރޯލް ނުވެގެން ސްޓޭޝަންތައް ފުރެމުން އަންނަކަން ވަނީ ފާހަގަކުރެވިފައެވެ. މި މައްސަލަ ވަގުތުން ހައްލު ނުކުރެވިއްޖެނަމަ، ޕަންޕިން ސް...

ހާމިދު ޝަފީއު ނިޔާވެއްޖެ
Raajje

ހާމިދު ޝަފީއު ނިޔާވެއްޖެ

ރާއްޖޭގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅެއްކަމަށްވާ ހާމިދު ޝަފީއު މިއަދު ނިޔާވެއްޖެ އެވެ. ހއ. އިހަވަންދޫ އަށް ނިސްބަތްވާ ހާމިދު ޝަފީއު އަކީ ކުރީގެ ރައީސް، އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ރައީސް އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރުކަމުގެ މަގާމް ފުރުއްވާފައިވާ، އެ ސަރުކާރުގައި  އައިޓީ ދާއިރާ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރެއްވި، އެ ދާއިރާގެ ތަޖުރިބާ ކާރެކެވެ. ހާމިދު ޝަފީއު ނިޔާވުމާއި ގުޅިގެން އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޝިފާޢު މީސްމީޑި...

އިމަގުން އިހަވަންދޫގައި ތަރައްގީކުރި ޒަމާނީ ވޮލީ ކޯޓް ހުޅުވައިފި
Thiladhunmathi News

އިމަގުން އިހަވަންދޫގައި ތަރައްގީކުރި ޒަމާނީ ވޮލީ ކޯޓް ހުޅުވައިފި

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އިން އެ ރަށުގައި ތަރައްގީކުރި ޒަމާނީ ވޮލީ ކޯޓް ރަސްމީކޮށް ހުޅުވައި ބޭނުން ކުރަން ފަށައިފިއެވެ. މި ކޯޓް ރަސްމީކޮށް ހުޅުވުމަށް ބުރާސްފަތި ދުވަހުގެ ރޭ އެ ކޯޓުގައި ވަނީ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން އަންހެން ވޮލީ މެޗެއް ވަނީ ކުޅެފައެވެ. މި މެޗުގައި ބައްދަލުކުރީ މޮޅަދޫ އަންހެން ވޮލީ ޓީމާއި އިމަގު އަންހެން ވޮލީ ޓީމެވެ. މި ކޯޓް ތަރައްގީ ކުރުމަށް އެ ޖަމިއްޔާއިން ނިންމައި އެކަން […]

އިހަވަންދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

އިހަވަންދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “އިހަވަންދޫ ކައުންސިލް ކަޕް 2024” ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި އަހަރުގެ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އިހަވަންދޫއަށް ނިސްބަތްވާ ޓީމްތަކަށް އެކަންޏެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން އަންނަ އޮގަސްޓް މަހުގެ 8 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެކަމަށް ފުރިހަމަ ކުރަންޖެހޭ އޮންލައުން ފޯމް...

"ހައްޖު އެންޑް އުމްރާއަށް އަހުލުވެރިވުން" ވޯކްޝޮޕްގައި ބައިވެރިވެގެން އުމްރާ ދަތުރެއް
Thiladhunmathi News

"ހައްޖު އެންޑް އުމްރާއަށް އަހުލުވެރިވުން" ވޯކްޝޮޕްގައި ބައިވެރިވެގެން އުމްރާ ދަތުރެއް

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ބާއްވާ “ހައްޖު އެންޑް އުމްރާއަށް އަހުލުވެރިވުން” ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ވޯކްޝޮޕަކީ އުމްރާގެ އަޅުކަމާއި ހައްޖުގެ އަޅުމަށް މީހުން އަހުލުވެރި ކުރުވުމުގެ ގޮތުން، ދަތުރުވެރިޔާ ގްރޫޕާއި އިހަވަންދޫ ކައުންސިލާއި އިހަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން އެ ރަށުގައި ހިންގާ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު 15 އަހަރުން މަތީގެ ކޮންމެ ފަރާތަކަށް ވެސް ވަނީ ހުޅުވާލާފައެވެ. މި މަހު 5 ވަނަ ދުވ...

އިހަވަންދޫން ފަތުރުވެރިކަމުގެ ވިޔަފާރިއަށް ބިން ދޫކުރަނީ
Thiladhunmathi News

އިހަވަންދޫން ފަތުރުވެރިކަމުގެ ވިޔަފާރިއަށް ބިން ދޫކުރަނީ

އިހަވަންދޫން ފަތުރުވެރިކަމާއި ގުޅުންހުރި ހިދުމަތް ދިނުމަށް ބިން ދޫކުރަން ނިންމައި، އެ ބިންތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މި މަސައްކަތް ކުރުމަށް އެ ރަށުން ދޫކުރަން ކައުންސިލުން ނިންމާފައި ވަނީ  3500 (ތިންހާސް ފަސްސަތޭކަ) އަކަފޫޓުގެ 3 ބިމެކެވެ. އެ ބިންތަށް ދޫކުރަނީ 25 އަހަރުގެ މުއްދަތަށެވެ. އެ ބިންތައް އޮންނަނީ އެ ރަށުގެ ދިލްޝާދު ހިނގުމުގެ ދެކުނުން ތިލޭރު ހިނގުމުގެ އިރަށް އޮންނަ ސަރަހައްދުގައެވެ. މި ބިންތައް ކުއްޔަށް ހިފުމަށް […]

ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ބޮޑުމަގަށް
Thiladhunmathi News

ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ބޮޑުމަގަށް

ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް “ސާކް” އިން އިންތިޒާމް ކޮށްގެން އިހަވަންދޫގައި ބޭއްވި، ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024، ގެ ޗެމްޕިއަންކަން އެފްސީ ބޮޑުމަގުން ހޯދައިފިއެވެ. ރޭ އިހަވަންދޫގައި ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރީ ބޮޑުމަގާއި އެންވީކޭއެވެ. މި މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ތަށު އުފުލާލީ ބޮޑުމަގުންނެވެ. މިއީ އިހަވަންދޫއަށް ނިސްބަތްވާ ބޮޑުމަގަށް މުބާރާތެއްގެ ޗެމްޕިއަންކަން ހޯދުނު ފުރަތަމަ ފަހަރެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާއަށް ހޮ...

އިހަވަންދޫ މައި ކަޕް އަނެއްކާ ވެސް ފަށަނީ
Thiladhunmathi News

އިހަވަންދޫ މައި ކަޕް އަނެއްކާ ވެސް ފަށަނީ

ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު އިހަވަންދޫގައި ބާއްވާ ފޯރިގަދަ މައި ކަޕް ފުޓްބޯޅަ މުބާރާތް މި އަހަރު ފަށަން ނިންމާފައިވާ ކަމުގައި އިހަވަނަދޫ ކްލަބް ޕޯލްސްޓާއިން ހާމަކޮށްފިއެވެ. އިހަވަންދޫ މައި ކަޕް ފުޓްބޯޅަ މުބާރާތަކީ 2007 ވަނަ އަހަރު، އޭރު ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ގެ އެހީތެރިކަމާއިއެކު އެ ރަށުގައި ހިންގަން ފަށާފައިވާ މުބާރާތެކެވެ. މި މުބާރާތް ފުރަތަމަ ހަތަރު އަހަރު ކުރިއަށް ގެންގޮސްފައި ވަނީ އިހަވަންދޫގެ ޓީމްތަކަށް ހާއްސަކޮށްގެންނެވ...

ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިހަވަންދޫ ބަނދަރުތެރޭ ފައިބަރު މަސައްކަތް ކުރުން މަނާވާނެ
Thiladhunmathi News

ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިހަވަންދޫ ބަނދަރުތެރޭ ފައިބަރު މަސައްކަތް ކުރުން މަނާވާނެ

ހއ.އިހަވަންދޫ ބަދަނދަރުތެރޭ އެއްވެސް ސިފައެއްގައި ފައިބަރގްލާސް މަސައްކަތް ކުރުން އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަނާކުރުމަށް އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ. އިހަވަންދޫ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ އެ ކައުންސިލުގެ 4 ވަނަ ދައުރުގެ 148 ވަނަ އާންމު ބައްދަލުވުމުގައެވެ. އެ ކައުންސިލުން ބުނީ ގިނަ ރައްޔިތުންގެ ފަރާތުން ޝަކުވާ ލިބެމުންދާތީއާއި އެ މަސައްކަތަކީ ސިއްހަތަށް ނުރައްކާތެރި ކަމަކަށްވާތީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި، ބަނދަރުތެރޭ ފައިބަރގްލާސްއާއ...

އިހަވަންދޫގައި މައިޒާނެއް ތަރައްގީ ކުރުމަށް ކްލަބް ޕޯލްސްޓާއަށް ބިމާއި މާލީ އެހީ ހަވާލުކޮށްފި
Thiladhunmathi News

އިހަވަންދޫގައި މައިޒާނެއް ތަރައްގީ ކުރުމަށް ކްލަބް ޕޯލްސްޓާއަށް ބިމާއި މާލީ އެހީ ހަވާލުކޮށްފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ތަރައްގީ ކުރާ “ކާފަމާމަ މައިޒާން” ހެދުމަށް ބޭނުންވާ ބިމާއި މާލީ އެހީ، އިހަވަންދޫ ކައުންސިލުން އެ ރަށުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކްލަބް ޕޯލްސްޓާއާއި ހަވާލުކޮށްފިއެވެ. މި ޕްރޮޖެކްޓަކީ ޔޫތު މިނިސްޓްރީން ރަށްރަށުގައި މުޖުތަމައަށް ފައިދާހުރި ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ފާއިތުވި އަހަރު ހުޅުވާލި ފުރުޞަތުގެ ދަށުން ޕޯލްސްޓާއިން ޕްރޮޕޯސަލް ހުށަހަޅައިގެން ކާމިޔާބު ކޮށްފައިވާ ޕްރޮޖެކްޓެކެވެ...

އިހަވަންދޫގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ވެމްކޯއާއި ހަވާލުކުރަން ނިންމައިފި
Thiladhunmathi News

އިހަވަންދޫގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ވެމްކޯއާއި ހަވާލުކުރަން ނިންމައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ހަވާލު ކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. ކައުންސިލުން ނިންމާފައިވަނީ އެ ރަށުގެ މަގުތަކާއި ޕާކުތަކާއި އާންމުތަންތަން ކުނިކަހައި ސާފުކޮށް، ކުނިނެގުމާއި ކުނި މެނޭޖްކުރުމުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް، މަހަކަށް 100000 (އެއްލައްކަ) ރުފިޔާގެ ގްރާންޓަކާއިއެކު ވެމްކޯއާއި އެ މަސައްކަތް ހަވާލުކުރުމަށެވެ. މިކަމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރަމުން އިހަވަންދޫ ކައުނ...