Skip to main content
Topic Archive

#Haa Alif Dhidhdhoo

776 Stories filed
ރިޓޯ 3އިން3 ބާސްކެޓް ބޯޅަ މުބާރަތް ދިއްދޫގައި ފަށައިފި
Thiladhunmathi News

ރިޓޯ 3އިން3 ބާސްކެޓް ބޯޅަ މުބާރަތް ދިއްދޫގައި ފަށައިފި

ދިއްދޫ މިޑްލް ސްޕޯރޓްސް ކުލަބާއި، ދިއްދޫ ޒުވާނުންގެ މަރުކަޒާއި ގުޅިގެން ބާއްވާ “ރިޓޯ ސޮލިއުޝަން 3އިން3 ބާސްކެޓް ބޯޅަ މުބާރަތް ފަށައިފިއެވެ. ޖުމަލް ދިހަ ޓީމު ބައިވެރިވި މި މުބާރާތް 13 ސެޕްޓެމްބަރ 2020 ވީ އާދީއްތަ ދުވަހު ހަވީރު ދިއްދޫ ޔޫތްސެންޓަރުގެ ބާސްކެޓް ކޯޓުގައި ފަށާފައިވާއިރު، މި މުބާރާތުގެ ފުރަތަމަ ދުވަހު ޖުމްލަ ހަތްމެޗު ކުޅެން ހަމަޖެހިފައި ވީ ނަމަވެސް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކުޅެފައިވަނީ ހަ މެޗެވެ. މެޗުތަކުގެ ނަތީޖާ އަދި މެޗްތަކުގެ […]

ޝުޖާޢު ޢަދުނާން ނިޔާވި ޚަބަރާއެކު ދިއްދޫއަށް ކުއްލި ސިހުމެއް!
Thiladhunmathi News

ޝުޖާޢު ޢަދުނާން ނިޔާވި ޚަބަރާއެކު ދިއްދޫއަށް ކުއްލި ސިހުމެއް!

ފުލުހުންގެ ވަޒީފާ އަދާކުރަމުން ދިޔަ ހއ ދިއްދޫ، އާސާމް، ޝުޖާޢު ޢަދުނާން ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ. ޝުޖާޢު ޢަދުނާން ނިޔާވެފައިވަނީ މިރޭ ވަގުތެއްގަ އެވެ. ދިއްދޫ ކައުންސިލުން ބުނެފައިވަނީ ޝުޖާޢު ޢަދުނާންގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭ ފަތިސް ނަމާދަށްފަހު ދިއްދޫ މަސްޖިދުލް ގުފްރާން، ހުކުރު މިސްކިތުގައި ކަމަށެވެ. ވީމާ ހެޔޮ އެދޭ ފަރާތްތަކުން އެމަރްޙޫމްގެ ކަށު ނަމާދުގައި ބައިވެރިވެ ދެއްވުމީ އާއިލާގެ ފަރާތުން އެދޭ ވަރަށް ބޮޑު އެދުމެކެވެ. ޕޮލިސް ސާރޖެންޓް ޝުޖާޢު […]

ޒުވާނުންގެ އިސްނެގުމާއިއެކު މައްސަލަތަކަށް ހައްލު ހޯދުމަށް "ދިއްދޫ ރައްޔިތުންގެ އަޑު" 
Thiladhunmathi News

ޒުވާނުންގެ އިސްނެގުމާއިއެކު މައްސަލަތަކަށް ހައްލު ހޯދުމަށް "ދިއްދޫ ރައްޔިތުންގެ އަޑު" 

“ދިއްދޫ ރައްޔިތުންގެ އަޑު” ގެ ނަމުގައި ޒޫމް މެދުވެރިކޮން ސިލްސިލާ ބައްދަލުވުންތަކެއް ކުރިއަށް ގެންދަން ފަށައިފި އެވެ. “ދިއްދޫ ރައްޔިތުންގެ އަޑު” ގެ ފުރަތަމަ ބައްދަލުވުމަށްފަހު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މިއީ ދިއްދޫގެ ތަރައްޤީއާއި ދިއްދޫގައި ހުރި މައްސަލަތަކަށް ޙައްލެއް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ގޮތުން އުފެއްދިފައިވާ ޙަރަކާތެކެވެ. މި ޙަރަކާތުގެ މައިގަނޑު އަސާސްތަކަކީ، ދިއްދޫ ރައްޔިތުންނަށް އަދި ވަކިން ޚާއްޞަކޮށް ދިއްދޫއިން ޚިދުމަތް ހޯދާ އަތޮޅުގެ ރައްޔިތުންނަށް ވެސް ގިނަ ޚިދުމަތްތަ...

"ރިޓޯ 3އިން3 ބާސްކެޓް ބޯޅަ މުބާރަތް" ދިއްދޫގައި މިއަދު ފަށަނީ
Thiladhunmathi News

"ރިޓޯ 3އިން3 ބާސްކެޓް ބޯޅަ މުބާރަތް" ދިއްދޫގައި މިއަދު ފަށަނީ

މިޑްލް ސްޕޯރޓްސް ކުލަބާއި ހއ. ދިއްދޫ ޒުވާނުންގެ މަރުކަޒާ ގުޅިގެން ބާއްވާ “ރިޓޯ ސޮލިއުޝަން 3އިން3 ބާސްކެޓް ބޯޅަ މުބާރަތް” މިއަދު ފަށަން ތައްޔާރުވެއްޖެ އެވެ. މިޑްލް ސްޕޯރޓްސް ކުލަބުން ބުނެފައިވަނީ މި މުބާރަތުގައި ޖުމްލަ 10 ޓީމެއް ބައިވެރިވެފައިވާކަމަށެވެ. އެއީ އައްޑާ ސްޕޯރޓްސް، އެލް އެލް ސްޕޯރޓްސް، ވައިޕާރސް، ދަ ބުރޭވްސް، ބީއެކްސް ސްޕޯރޓްސް ކުލަބް، މިޑްލް ސްޕޯރޓްސް ކުލަބް، ނާޑް ސްޕޯރޓްސް، ޓީމް މިޑްލް، ޕުރައިމް ޝޫޓާރސް އަދި ޓީމް މިޑްލް އެވެ. މި […]

ދިއްދޫ އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތް ކުރުމަށް ބަޔަކު ހޯދަން ޢިއުލާން ކޮށްފި
Thiladhunmathi News

ދިއްދޫ އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތް ކުރުމަށް ބަޔަކު ހޯދަން ޢިއުލާން ކޮށްފި

ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ހއ. ދިއްދޫ ގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ އައު ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ސަރުކާރުން ޢިއުލާން ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ކުރި ޢިއުލާނެއްގައި ބުނީ މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން،  ދިއްދޫ އަތޮޅު ހޮސްޕިޓަލްގެ އައު ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާކަން ބަޔާންކޮށް އެ އިއުލާންގައި ބުނ...

ކޭޑީ ވުމެންސް ވޮލީ މުބާރާތުގެ ޗެންޕިޔަންކަން މިޑްލްސް ސްޕޯޓްސް ކުލަބް
Thiladhunmathi News

ކޭޑީ ވުމެންސް ވޮލީ މުބާރާތުގެ ޗެންޕިޔަންކަން މިޑްލްސް ސްޕޯޓްސް ކުލަބް

ހއ. ދިއްދޫގައި ކުރިއަށްދިޔަ “ކޭޑީ ވުމެންސް ވޮލީ ބޯޅަ މުބާރާތުގެ” ޗެންޕިޔަންކަން މިޑްލްސް ސްޕޯޓްސް ކުލަބުން ހޯދައިފި އެވެ. މިމުބާރަތަކީ ދިއްދޫގައި ދިރިއުޅޭ އަންހެން ކަނބަލުން ނަށް ދިއްދޫ ޒުވާން ވިޔަފާރި ވެރިޔާ ކޭ ޑީ އާއި ޒުވާނުންގެ މަރުކަޒު ގުޅިގެން ބޭއްވި މުބާރާތެކެވެ. ދިއްދޫ ޒުވާނުންގެ މަރުކަޒުގައި ގައި ކުރިއަށްދިޔަ މިމުބާރާތުގެ ފައިނަލްގައި މިޑްލްސް ސްޕޯޓްސް ކުލަބާއި ބައްދަލުކޮށްފައިވަނީ ޓީމް ހިޔަލަ އިންނެވެ. ފައިނަލް މެޗް މިޑްލްސް ސްޕޯޓްސް އިން ކާމިޔާބު ކޮށްފައިވަނީ 3 ސެޓު […]

ދިއްދޫން ބަޔަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ
Thiladhunmathi News

ދިއްދޫން ބަޔަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ތިބި ބަޔަކު ކޯވިޑް-19 އަށް ޕޮޒިޓިިވް ވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުން ވަނީ ހޯމް ކަރަންޓީނުގައި ތިބި 3 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. ދިއްދޫ ކައުންސިލުން ބުނީ ދިއްދޫގެ ފުލެޓް ނަންބަރު 155 ގައި ހޯމް ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުން ކޯވިޑް-19 ބައްޔަށް ޕޮޒިޓިވްވެފައިވާތީ އެކަން ރައްޔިތުންގެ ސަމާލުކަމަށް ގެންނަކަމަށެވެ. “ފުލެޓް ނަންބަރު 155 ގައި ހޯމް ކަރަންޓީނުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ބޭފުޅަކާއި […]

ދިއްދޫ "ނައިން އަ ސައިޑް" މުބާރާތުގެ ޗެންޕިއަންކަން ޓީނޭޖް ބޯއީޒް އަށް
Thiladhunmathi News

ދިއްދޫ "ނައިން އަ ސައިޑް" މުބާރާތުގެ ޗެންޕިއަންކަން ޓީނޭޖް ބޯއީޒް އަށް

ހއ. ދިއްދޫގައި ކުރިއަށްދިޔަ “ނައިން އަ ސައިޑް” ފުޓުބޯޅަ މުބާރާތުގެ ޗެންޕިޔަންކަން ލައިކަން ސްޕޯރޓްސް އާއި ބައްދަލުކޮށް ޓީނޭޖް ބޯއީސް ސްޕޯރޓްސް ކުލަބް ހޯދައިފި އެވެ. ދިއްދޫގައި މިމަހު 15 ވަނަ ދުވަހުފެށި ކުރިއަށްދިޔަ މިމުބާރާތަކީ ދިއްދޫ އިޖްތިމާޢީ މަރުކަޒުން އިންތިޒާމް ކޮށްގެން ބޭއްވި ފުޓުބޯޅަ މުބާރާތެކެވެ. މުބާރާތުގައި ޖުމްލަ 10 ޓީމު ބައިވެރިވެފައިވެއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗް ޓީނޭޖް އިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުން ނެވެ. އެޓީމްއަށް 2 ލަނޑު ޖަހައިދިނީ ޙުސައިން ޒިމްޔާން...

Thiladhunmathi News

ތިލަދުންމަތި އުފެއްދި ޝަޚްޞިއްޔަތުން: ދިއްދޫ އިބްރާހީމްބެ

ތިލަދުންމަތީ ދިއްދޫ ޑޭޒީމާގޭ އަލްމަރްޙޫމް އިބްރާހީމް ތަވްފީޤް (އިބްރާހީމްބެ) އަކީ ފާހަގަ ކޮށްލެވޭ ޝަޚްޞިއްޔަތެކެވެ. ދިގު މުއްދަތެއްގައި ހއ.ދިއްދުއަށް ޚިދްމަތްކުރެއްވި އަގުހުރި ދަރިއެކެވެ. އިބްރާހިމްބެ ތަޢުލީމް ޙާޞިލްކުރެއްވީ ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ ފަޟީލަތުއްޝައިޚް އިބްރާހީމް ރުޝްދީ އަލްއަޒްހަރީގެ އަރިހުންނެވެ. ކިޔަވައިވިދާޅުވާން މާލޭގައި ހުންނެވީ ވެސް ޝައިޚް ރުޝްދީ ދިރިއުޅުއްވަމުންގެންދެވި އެސްޖެހިގޭގައެވެ. އިބްރާހިމްބެ ވަނީ ޝައިޚް ރުޝްދީގެ އަރިހުން ކީރިތި ޤުރްއާން ތަޖްވީދުގ...

ދިއްދޫ: "ނައިން އަ ސައިޑް" މުބާރާތުގެ ފައިނަލަށް ލައިކަން އަދި ޓީނޭޖް
Thiladhunmathi News

ދިއްދޫ: "ނައިން އަ ސައިޑް" މުބާރާތުގެ ފައިނަލަށް ލައިކަން އަދި ޓީނޭޖް

ހއ. ދިއްދޫގައި ކުރިއަށްދާ ނައިން އަ ސައިޑް ފުޓުބޯޅަ މުބާރާތުގެ ފައިނަލަށް ލައިކަން ސްޕޯރޓްސް އަދި ޓީނޭޖް ބޯއީސް ސްޕޯރޓްސް ކުލަބް ދަތުރުކޮށްފި އެވެ. ދިއްދޫގައި މިމަހު 15 ވަނަ ދުވަހުފެށި ކުރިއަށްދާ މިމުބާރާތަކީ ދިއްދޫ އިޖްތިމާޢީ މަރުކަޒުން އިންތިޒާމް ކޮށްގެން ބާއްވާ ފުޓުބޯޅަ މުބާރާތެކެވެ. މުބާރާތުގައި ޖުމްލަ 10 ޓީމު ބައިވެރިވެފައިވެއެވެ. އެގޮތުން ސެމީފައިނަލްގެ ފުރަތަމަ މެޗްގައި ޓީނޭޖް ސެމީއަށް ދަތުރުކޮށްފައިވަނީ ބީއެކްސް އާއި ކުޅެ ޕެނަލްޓީ ޖަހައި ކުރިހޯދައިގެންނެވެ. އަދި ލައިކަން މިމުބާރާތުގެ ފައ...

ދިއްދޫއިން ދޫކޮށްފައިވާ 110 ހައުސިންގ ޔުނިޓްގެ މަރާމާތު ފައިސާ ދޫކުރަނީ
Thiladhunmathi News

ދިއްދޫއިން ދޫކޮށްފައިވާ 110 ހައުސިންގ ޔުނިޓްގެ މަރާމާތު ފައިސާ ދޫކުރަނީ

ހއ. ދިއްދޫއިން ދެވަނަ ބުރުގައި ދޫކޮށްފައިވާ 110 ހައުސިންގ ޔުނިޓްގެ މަރާމާތު ފައިސާ ދޫކުރަން ފަށަން ހަމަޖެހިފައިވާކަމަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ އިން ބުނެފިއެވެ. ދިއްދޫ ކައުންސިލުން ކޮށްފައިވާ އިޢުލާން ގައި ބުނެފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެދަށުން ދިއްދޫގައި އިމާރާތްކޮށްފައިވާ 250 ހައުސިންގ ޔުނިޓުގެ ތެރެއިން ދެވަނަ ބުރުގައި ދޫކޮށްފައިވާ 110 ހައުސިންގ ޔުނިޓުގެ މަރާމާތު ފައިސާ، އެކައުންސިލަށް ވަނީ ލިބިފައިކަމަށެވެ. ހައުސިން ޔުނިޓް ލިބިލެއްވި ފަރާތުގެ އަމި...

މިއަހަރު ނިމުމުގެ ކުރިން ދިއްދޫ ފުޓުބޯޅަ ދަނޑުގައި ޓާފް އަޅައި ނިމޭނެ: މިނިސްޓަރު
Raajje

މިއަހަރު ނިމުމުގެ ކުރިން ދިއްދޫ ފުޓުބޯޅަ ދަނޑުގައި ޓާފް އަޅައި ނިމޭނެ: މިނިސްޓަރު

މިއަހަރު ނިމުމުގެ ކުރިން ހއ. ދިއްދޫ ފުޓުބޯޅަ ދަނޑުގައި ޓާފް އަޅައި ނިމޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ކުޅިވަރާއިބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މަޚްލޫފް މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަދައުރުގެ 30 ވަނަ ޖަލްސާގެ ސުވާލު ކުރުމުގެ ވަގުތުގައި ދިއްދޫގައި ގާއިމު ކުރަމުންދާ ޓާފް ދަނޑުގެ މަސައްކަތް ނިމޭނީ ކިހާތާކުތޯ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ކުރެއްވި ސުވާލެއްގެ ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު މަޚްލޫފް […]

ތިލަދުންމަތި އުފެއްދި ޝަޚްޞިއްޔަތުން: ދިއްދޫ ޢަބްދުލްޙަކީމް ޢުޘްމާން (ޙަކީމްބެ)
Thiladhunmathi News

ތިލަދުންމަތި އުފެއްދި ޝަޚްޞިއްޔަތުން: ދިއްދޫ ޢަބްދުލްޙަކީމް ޢުޘްމާން (ޙަކީމްބެ)

ހއ. ދިއްދޫ އަންޑާޕޫލުގޭ އަލްމަރްޙޫމް ޢަބްދުލްޙަކީމް ޢުޘްމާން (ޙަކީމްބެ) އަކީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހުގެ އިސް މަޤާމްތަކެއް ފުރުއްވާފައިވާ، ތެދުވެރި، އިޚްލާޞްތެރި ބޭފުޅެކެވެ. ޙަކީމްބެ އެންމެ ފުރަތަމަ ވަޒީފާ އަދާކުރައްވަން ފެއްޓެވީ ތިލަދުންމަތި ދެބައިކުރެއްވުމުގެ ކުރިން ހ.އަތޮޅު ނޮޅިވަރަންފަރުގައި ހުރި ތިލަދުންމަތީ އަތޮޅު އޮފީހުގައެވެ. އެއިރު ޙަކީމްބެއަކީ އެ އޮފީހުގެ ކާތިބެކެވެ. 21 މެއި 1958 (02 ޛުލްޙިއްޖާ 1377) ވީ ބުދަ ދުވަހު ތިލަދުންމަތި ދެބައި ކުރައްވައި، ތިލަދުންމަތީ އުތުރުބުރީގެ އ...

ދިއްދޫގައި ވޮލީ ޓްރެއިނިންގ ޕްރޮގްރާމެއް ހިންގަނީ
Thiladhunmathi News

ދިއްދޫގައި ވޮލީ ޓްރެއިނިންގ ޕްރޮގްރާމެއް ހިންގަނީ

ހއ. ދިއްދޫގައި ވޮލީ ޓްރެއިނިންގ ޕްރޮގްރާމެއް ހިންގަން ނިންމައި، އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މި ވޮލީ ޓްރެއިނިންގ ޕްރޮގްރާމަކީ ދިއްދޫ އިޖްތިމާއީ މަރުކަޒާއި އަދި ދިއްދޫ ޕޮލިސް ގުޅިގެން ހިންގާ ޓްރެއިނިންގ ޕްރޮގްރާމެކެވެ. އެރަށުގެ ވޮލީ ކުޅުންތެރިން ތަމްރީނު ކުރުމަށް ހިންގާ މި ވޮލީ ޓްރެއިނިންގ ޕްރޮގްރާމް ހިންގުމަށް ނިންމާފައި ވަނީ 7 ސެޕްޓެމްބަރ 2020 އިން 22 ސެޕްޓެމްބަރ 2020 އަށެވެ. މި ޓްރެއިނިންގ ޕްރޮގްރާމް ހިންގުމަށް ފުރުޞަތު ހުޅުވާލަމުން ދިއްދޫ އިޖްތިމާއީ […]

ދިއްދޫ: "2020 ނައިން އަ ސައިޑް" މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި
Thiladhunmathi News

ދިއްދޫ: "2020 ނައިން އަ ސައިޑް" މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ދިއްދޫގައި ބާއްވާ “2020 ނައިން އަ ސައިޑް” ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ހއ. ދިއްދޫ އިޖްތިމާޢީ މަރުކަޒުން އިންތިޒާމް ކޮށްގެން ބާއްވާ “2020 ނައިން އަ ސައިޑް” ފުޓުބޯޅަ މުބާރާތުގައި ބައިވެރިވެ ލައްވަން ބޭނުންފުޅުވާ ފަރާތްތަކަށް މި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައިވާކަމަށް އެސެންޓަރުން ނެރެފައިވާ އިޢުލާނެއްގައި ވަނީ ބުނެފައެވެ. މިމަހުގެ 7 ވަނަ ދުވަހު ނެރުނު މިއިޢުލާނުގައި ބުނެފައިވަނީ މިމުބާރާތުގައި ބައިވެރިވެ ލެއްވުމަށް ބޭނުންވާ ޓީމްތަކު...