ޖޭޕީގެ ވެރިކަމެއްގައި އިޖުތިމާއީ ފްލެޓުތަކުގެ ކުލި މައާފް ކޮށްދޭނަން: ޤާސިމް
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ވެރިކަމެއްގައި އިޖުތިމާއީ ފްލެޓުތަކުގެ ކުލި މައާފް ކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ރާއްޖޭގެ ކޮންމެ ރަށެއްގެ، ކޮންމެ ބިމެއް، އެއްވެސް ސަރުކާރަކުން ރައްޔިތުންނަށް ހިލޭ ދޫކުރެވެން އޮތް ނަމަ، އެބިންތައް ރައްޔިތުންނަށް ހިލޭ ދިނުމަށް ދުވަހަކު ވެސް ދެކޮޅު ނަހައްދަވާނެ ކަމަށެވެ. އެހެންނަމަވެސް ގާސިމްގެ ޓްވީޓުގައި ވަނީ ދިވެހިދައުލަތުގައި އޮތް އެ...