ރާޝިދުގެ ކެމްޕެއިނަށް ގާސިމް ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވަނީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދުގެ ކެމްޕެއިނަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރ ޤާސިމް އިބްރާޙީމް ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ. ޖޭޕީގެ އިސް އޮފިޝަލަކު “ތިލަދުން” އަށް ވަނީ ޤާސިމް، ރާޝިދުގެ ކެމްޕެއިނަށް ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވަން ނިންމާފައިވާ ވާހަކައަކީ ރަނގަޅު ވާހަކައެއް ކަމަށް ވިދާޅުވެފައެވެ. މީގެކުރިން ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ރާޝިދުގެ ކެމް...