Skip to main content
Topic Archive

#ޗައިނާ

146 Stories filed
ރަޝިއާއިން އެތެރެކުރާ ތެލަށް އިންޑިއާއިން ފައިސާ ދައްކަނީ ޗައިނީޒް ޔުއާން
International

ރަޝިއާއިން އެތެރެކުރާ ތެލަށް އިންޑިއާއިން ފައިސާ ދައްކަނީ ޗައިނީޒް ޔުއާން

ރަޝިއާއިން އިންޑިއާއަށް އެތެރެކުރާ ތެލަށް ޗައިނީސް ޔުއާން އިން ފައިސާ ދައްކަން ފަށައިފި އެވެ. އިންޑިއާއަކީ ރަޝިއާ އަތުން އެންމެ ގިނައިން ތެޔޮ ގަންނަ އެއް ގައުމެވެ. އެ ގައުމުން ޗައިނީޒް ޔުއާން އިން ރަޝިއާއަށް ފައިސާ ދައްކަން ފެށީ އެމެރިކާގެ ދަތި ކުރުމުގެ ފިޔަވަޅުތަކާ ހެދި އެމެރިކާ ޑޮލަރުން މުއާމަލާތް ކުރުން ރަޝިއާއަށް ދަތިވެފައިވާތީ އެވެ. “ބައެއް ރިފައިނަރުން ޔުއާން ފަދަ އެހެން ފައިސާތަކުން ފައިސާ ދައްކަނީ ބޭންކުތައް މެދުވެރިކޮށް ވިޔަފާރި ހަމަޖައްސަން،” އިންޑިއާ ސަރުކާރުގެ […]

ޗައިނާގެ ރައީސަކީ ހުދުމުހުތާރު ވެރިއެއް: ބައިޑެން
International

ޗައިނާގެ ރައީސަކީ ހުދުމުހުތާރު ވެރިއެއް: ބައިޑެން

ޗައިނާގެ ޝީ ޖިންޕިން އަކީ ‘ހުދުމުހުތާރު ވެރިއެއް’ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ. ބައިޑަން ވިދާޅުވީ ޗައިނާއިން އެމެރިކާގެ މައްޗަށް ފޮނުވި ޖާސޫސީ ފުއްޕާހަންތައް ވައްޓާލިކަން ޝީ ޖިންޕިންއަށް އެނގިވަޑައިނުގަންނަވާ ކަަމަށާއި އެއީ”ހުދުމުހުތާރު ވެރިންނަށް ލަދުވެތި ކަމެއް” ކަމަށެވެ. ކެލިފޯނިއާގައި ބޭއްވި ފަންޑް ރެއިޒާއެއްގައި ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ ފެބްރުއަރީ މަހު އެމެރިކާގެ މަތިން ޗައިނާގެ ޖާސޫސީ ބެލޫން ވައްޓާލުމުން ޝީ ލަދުގަތް ކަމަށެވެ. “އަހަރެން އެ ބެލޫން ވައްޓ...

ޗައިނާ މާކެޓަށް ފެމިލިއަރައިޒޭޝަން ދަތުރެއްކޮށް ރާއްޖޭ ދައްކާލައިފި
Raajje

ޗައިނާ މާކެޓަށް ފެމިލިއަރައިޒޭޝަން ދަތުރެއްކޮށް ރާއްޖޭ ދައްކާލައިފި

ޗައިނާ މާކެޓަށް ފެމިލިއަރައިޒޭޝަން ދަތުރެއް ރާވާ، ރާއްޖޭ ދައްކާލައިފިއެވެ. މިއީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިން ސިންގަޕޫރު އެއަރލައިންސް އާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މޭ 29 ޖޫން 4 ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ދަތުރުގެ އަމާޒަކީ ދުނިޔޭގެ ފެންވަރުގެ ރާއްޖޭގެ ހޮސްޕިޓަލިޓީ އާއި އިމަރސިވް ތަޖުރިބާތަކާއެކު، ސަނީ ސައިޑް އޮފް ލައިފްގެ އަގުހެޔޮ ލަގްޒަރީ އޮޕްޝަންތަކާއި ދެމެހެއްޓެނިވި ދިރިއުޅުމުގެ ވައްޓަފާޅި އާއި ތަފާތު ތ...

ޗައިނާއިން ބިމުގައި 10,000 މީޓަރު ފުން ލޯވަޅެއް ތޮރުފަނީ
International

ޗައިނާއިން ބިމުގައި 10,000 މީޓަރު ފުން ލޯވަޅެއް ތޮރުފަނީ

ދުނިޔޭގެ ބިމުން 10،000 މީޓަރު (32،808 ފޫޓު) ފުންމިނުގެ ލޯވަޅެއް ތޮރުފުމުގެ މަސައްކަތް ޗައިނާއިން ފަށައިފި އެވެ. ޗައިނާއިން މިހާ ފުން ލޯވަޅެއް ތޮރުފަން ފެށީ ތެލުގެ މުއްސަނދިކަން އޮތް ޝިންޖިއާން ސަރަހައްދުގައި ބޯހޯލް ހޮޅި ވަޅުލުމަށް ކަމަށް ބޭރުގެ މީޑިއާތަކުގައި ބުނެފައިވެ އެވެ. މި ލޯވަޅު ތޮރުފުމާ އެކު 10 އަށް ވުރެ ގިނަ ކޮންޓިނެންޓަލް ސްޓްރެޓާ ނުވަތަ ހިލަ ފަށަލަތަކަށް ވަދެ، އަދި 145 މިލިއަން އަހަރު ކުރިން އުފެދުނު ހިލަ ހުންނަ ދުނިޔޭގެ […]

2030 ގެ ކުރިން ޗައިނާއިން ހަނދަށް އިންސާނުން ފޮނުވަނީ
International

2030 ގެ ކުރިން ޗައިނާއިން ހަނދަށް އިންސާނުން ފޮނުވަނީ

2030 ވަނަ އަހަރުގެ ކުރިން ޗައިނާއިން ހަނދަށް އިންސާނުން ފޮނުވަން ތައްޔާރުވަމުންދާ ކަމަށް ޗައިނާގެ ޖައްވީ އިދާރާގެ އޮފިޝަލުން ބުނެފިއެވެ. ޖިއުކުއަން ސެޓެލައިޓް ލޯންޗް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެގައުމުގެ އިންސާނީ ޖައްވީ ދަތުރުފަތުރުގެ އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރު ލިން ޝިކިއަންގް ވިދާޅުވީ ހަނދަށް ފޭބުމަށް އެގައުމުން ރާވާފައިވާ ޕްލޭންތަކުގެ ތެރޭގައި “ހަނދުގެ ބިމުގައި ކުރު މުއްދަތަކަށް މަޑުކުރުމާއި އިންސާނާ ރޮބޮޓިކް ޖޮއިންޓް އެކްސްޕްލޯރޭޝަން” ހިމެނޭ ކަމަށެވެ. ނާސާ އާއި ޗަ...

ފަތުރުވެރިކަމާއި ތައުލީމީ ދާއިރާއިން ގުޅުން ބަދަލުކުރުމަށް ޗައިނާ އާއެކު މަޝްވަރާ ކޮށްފި
Raajje

ފަތުރުވެރިކަމާއި ތައުލީމީ ދާއިރާއިން ގުޅުން ބަދަލުކުރުމަށް ޗައިނާ އާއެކު މަޝްވަރާ ކޮށްފި

ފަތުރުވެރިކަމާއި ތައުލީމީ ދާއިރާއިން ގުޅުން ބަދަލުކުރުމަށް ޗައިނާ އާއެކު މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާ ކުރެއްވީ ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ވަންގް ޔުބޯ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރޭގައެވެ. ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްްވައި، ދެޤައުމުގެ މެދުގައި މިހާރު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާ...

ޗައިނާ މާކެޓަށް އަމާޒުކޮށްގެން ވެއިބޯ އަދި ވީޗެޓް ސޯޝަލް މީޑިއާ މާކެޓިންގ ކެމްޕޭނެއް ފަށައިފި
Raajje

ޗައިނާ މާކެޓަށް އަމާޒުކޮށްގެން ވެއިބޯ އަދި ވީޗެޓް ސޯޝަލް މީޑިއާ މާކެޓިންގ ކެމްޕޭނެއް ފަށައިފި

ޗައިނާ މާކެޓަށް އަމާޒުކޮށްގެން ވެއިބޯ އަދި ވީޗެޓްގައި ސޯޝަލް މީޑިއާ މާކެޓިންގ ކެމްޕޭނެއް ފަށައިފިއެވެ. މެއި މަހުގެ ނިޔަލަށް ބާއްވާ މި ކެމްޕޭނަކީ ޗައިނާގައި ބޯޑަރު އަލުން ހުޅުވާލުމާއި ގުޅިގެން ސޯޝަލް މީޑިޔާގައި ރާއްޖެ އިޝްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން ކުރިއަށް ގެންދާ ކެމްޕޭނެކެވެ. މީގެ އިތުރުން ޗައިނާގެ ދަތުރުވެރިން ރާއްޖެއަށް ދަތުރުކުރަން ޝައުގުވެރިކުރުމަށް އިތުރުކުރުމަކީ ވެސް މި ކެމްޕޭނުގެ އަމާޒެކެވެ. ޗައިނާ...

''ރާއްޖޭގެ ކުރިއެރުމަށް ޗައިނާއިން ވަނީ ވަރަށް ބޮޑަށް އެހީތެރިވެފައި''
Raajje

''ރާއްޖޭގެ ކުރިއެރުމަށް ޗައިނާއިން ވަނީ ވަރަށް ބޮޑަށް އެހީތެރިވެފައި''

ރާއްޖޭގެ އިޖުތިމާޢީ އިޤުތިޞާދީ ކުރިއެރުމަށް ޗައިނާއިން ވަރަށް ބޮޑަށް އެހީތެރިވެދެއްވާފައިވާކަން ފާހަގަ ކުރައްވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އޭޖެންސީ (ސީ.އައި.ޑީ.ސީ.އޭ)ގެ ވައިސް ޗެއަރމަން، ޑެންގ ބޮކިންގ މިއަދު ނައިބު ރައީސްގެ އަރިއަހަށް ކުރެއްވި ޒިޔާރަތުގެތެރެއިން، އޭނާ އާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް އޮފީހުން ހާމަކުރައްވާ ގޮތުގައި އެ ދެބޭފުޅުންގެ މިބައްދަލުކުރެއްވު...

''ސިއްހީ ހިދުމަތްތެރިން މެދުވެރިކޮށް ގައުމުތަކާ ދޭތެރޭ އޮންނަ ގުޅުން ރަނގަޅު ކުރުމަކީ ޗައިނާ ސިޔާސަތެއް''
Raajje

''ސިއްހީ ހިދުމަތްތެރިން މެދުވެރިކޮށް ގައުމުތަކާ ދޭތެރޭ އޮންނަ ގުޅުން ރަނގަޅު ކުރުމަކީ ޗައިނާ ސިޔާސަތެއް''

ޗައިނާ ސަރުކާރުގެ ސިޔާސަތަކީ ޗައިނާގެ ޑޮކްޓަރުން ގައުމުތަކަށް ފޮނުވައިގެން ސިއްހީ ހިދުމަތްތައް ދިނުން އެކަނި ނޫން ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ވަން ލީޝިން ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލްގެ އެންޑީ އަބްދުﷲ އަބްދުލްޙަކީމް އޮޕްތަލްމޮލޮޖީ ސެންޓަރުގައި ހިންގާ ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ. މިއީ ހުނަރާއި ހިދުމަތްތައް މިހާރަށްވުރެ އިތުރަށް ތަރައްގީކުރުމަށް ޗައިނާއާއި ރާއްޖޭގެ ސަރުކާރު ގުޅިގެން ހިންގާ ޕްރޮގްރާ...

ތިން އަހަރަށްފަހު ޗައިނާގެ ފްލައިޓެއް ރާއްޖެއަށް
Business

ތިން އަހަރަށްފަހު ޗައިނާގެ ފްލައިޓެއް ރާއްޖެއަށް

ކޮވިޑް-19 އާ ގުޅިގެން ޗައިނާ ބަންދު ކުރިތާ ތިން އަހަރަށް ފަހު މިއަދު އެ ގައުމުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފިއެވެ. ޗައިނާގެ ފަތުރުވެރިން ގޮވައިގެން ރާއްޖެއަށް ދަތުރުކުރި ފުރަތަމަ ފްލައިޓް އައުމުގެ އުފާވެރި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވަނީ ކުލަގަދަ ހަފްލާއެއް ބާއްވައިފިއެވެ. މި ހަފްލާ ބާއްވާފައިވަނީ ޗައިނާގެ ބެއިޖިން ޑެކްސިން އިންޓަނޭޝަނަލް އެއާޕޯޓުން ފްލައިޓް ޖޭޑީ455 އައުމާ އެކު ވެލާނާ އިންޓަނޭޝަނަލް...

ޗައިނާގައި ދިވެހި ނޫސްވެރިން ތަމްރީނު ކުރުމާގުޅޭގޮތުން މަޝްވަރާ ކޮށްފި
Raajje

ޗައިނާގައި ދިވެހި ނޫސްވެރިން ތަމްރީނު ކުރުމާގުޅޭގޮތުން މަޝްވަރާ ކޮށްފި

ޗައިނާއަށް ދިވެހި ނޫސްވެރިން ފޮނުވައިގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށް މަޝްވަރާ ކޮށްފި އެވެ. މި މަޝްވަރާކޮށްފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރުން، ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެކްސްޓްރާ އޯޑިނަރީ އެންޑް ޕްލެނިޕޮޓެންޝަރީ ވަންގް ލިކްސިން އަދި ތާޑް ސެކްރިޓަރީ ޒަންގް ފެންގް އާއެކު ބޭއްވވި ބައްދަލު ކުރެއްވުމުގަ އެވެ. މިއީ ދިވެހި ނޫސްވެރިން ތަމްރީނުކުރުމަށް އެމްއެމްސީ އިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވި ބައްދަލު ކުރެއްވުމެކެވެ. ރާއްޖ...

ރާއްޖެއާ ޗައިނާއަކީ ތަރައްޤީގެ ދަތުރުގައި އެކުއެކީގައި ގުޅިގެން ކުރިޔަށްދާ ދެ ޤައުމު: ރައީސް
Raajje

ރާއްޖެއާ ޗައިނާއަކީ ތަރައްޤީގެ ދަތުރުގައި އެކުއެކީގައި ގުޅިގެން ކުރިޔަށްދާ ދެ ޤައުމު: ރައީސް

ރާއްޖެއާ ޗައިނާއަކީ ތަރައްޤީގެ ދަތުރުގައި އެކުއެކީގައި ގުޅިގެން ކުރިޔަށްދާ ދެ ޤައުމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެއާ ޗައިނާއިން ސިޔާސީ ގުޅުން ޤާއިމްކުރިތާ 50 އަހަރު ފުރުމުގެ މުނާޞަބާ ފާހަގަކުރުމާއި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 73 އަހަރު ފުރޭ މުނާޞަބާ ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ. އެމަނިކުފާނު ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވ...

ފަސް އެއްބަސްވުމެއް، ޗައިނާއިން ރާއްޖެއަށް 968 މިލިއަން ރުފިޔާގެ ހިލޭ އެހީ
Raajje

ފަސް އެއްބަސްވުމެއް، ޗައިނާއިން ރާއްޖެއަށް 968 މިލިއަން ރުފިޔާގެ ހިލޭ އެހީ

ދިވެހިރާއްޖެއަށް 968.19 މިލިއަން ރުފިޔާގެ ހިލޭ އެހީ ހިމެނޭހެން ޖުމްލަ ފަސް އެއްބަސްވުމެއްގައި ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުންތަކުގައި ސޮއިކުރީ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިހާރު ރާއްޖެ ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ އާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދ...

ދިވެހިންނަށް ޗައިނާއިން 30 ދުވަހުގެ އޮންއެރައިވަލް ވިސާ ދެނީ
Raajje

ދިވެހިންނަށް ޗައިނާއިން 30 ދުވަހުގެ އޮންއެރައިވަލް ވިސާ ދެނީ

ކޯވިޑް-19އާ ގުޅިގެން ޗައިނާއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމުން ދިވެހިންނަށް ޗައިނާއަށް ދިޔުމުން 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެއްބަސްވުމުގައި ސޮއިކުރީ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ، ވިސާއަށް ލުއި ދިނުމުގެ އެއްބަސްވުމުގެ ދަށުން ޗައިނާއަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ...

ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފި
Raajje

ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފި

ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރު ވަންގް ޔީ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ. ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ، ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އޭނާއަށް މަރުޙަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަދި އދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުއެވެ. ޝާހިދުގެ އަރިހުގައި ޗައިނާގެ ފޮރިން މިނިސްޓަރަށް މަރުޙަބާ ދެންނެވުމަށް ރާއްޖެގެ ފޮރިން މިނިސްޓްރީގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. ޗައިނާގެ ފޮރިން މިނ...