އިހަވަންދިއްޕޮޅު ހިމެނޭހެން ބޮޑެތި މަޝްރޫޢޫ ތަކަކަށް އިންވެސްޓަރުން ހޯދުމުގެ ޝައުގުވެރިކަން ފާޅުކޮށްފި
އިހަވަންދިއްޕޮޅު މަޝްރޫޢު ހިމެނޭހެން ބޮޑެތި ބައެއް މަޝްރޫޢޫތަކަށް އިންވެސްޓަރުން ހޯދުމުގެ ޝައުގުވެރިކަން ރާއްޖެއިން ފާޅުކޮށްފިއެވެ. ރާއްޖެއިން މި ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ ޗައިނާގެ ފޫ ޖޮއު ސްޓްރެއިޓް އިންޓަރނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި އިއްޔެ ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމުގައެވެ. މި ފޯރަމުގައި ވަނީ ރާއްޖޭގައި މިހާރު ވެސް އިންވެސްޓުކޮށްފައިވާ ޗައިނާގެ ކުންފުނިތަކާއި އެ ޤައުމުގައި އިންވެސްޓުކުރާ އެޤައުމުގެ އިންވެސްޓަރުން ހިމެނޭހެން ބޮޑެތި އިންވެސްޓަރުން ބައިވެ...