ޗައިނާ އިން 12 އެމްބިއުލާންސް ހަދިޔާކޮށްފި
ޗައިނާ އިން 12 ގްރީން އެމްބިއުލާންސް މިއަދު ހަދިޔާކޮށްފި އެވެ. ސިއްހަތާބެހޭ ވުޒާރާއިން ބުނިގޮތުގައި މިއީ ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ ހިލޭ އެހީގެ ދަށުން ހަދިޔާކުރި 12 ގްރީން އެމްބިއުލާންސެވެ. މި އެމްބިއުލާންސްތައް ޞިއްޙީ ވުޒާރާއަށް ހަދިޔާ ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ޗައިނާ އެމްބަސީގެ ފަރާތުން ގްރީން އެމްބިއުލާންސްތައް ރާއްޖެއާއި ހަވާލ...