އަދުރޭ ފޮނަދޫ ގޮނޑިއަށް ވާދަކުރައްވަނީ
ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ހާއްސަ މުޝީރު، އަބުދުއްރަހީމް އަބުދުﷲ (އަދުރޭ) ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާނެކަން މިއަދު ޢިއުލާން ކުރައްވައިފިއެވެ. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)އިން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަނީ އެއް އިއްތިހާދެއްގެ ގޮތުގައެވެ. އަދުރޭ އަކީ އެ އިއްތިހާދުގެ ޕީއެންސީގެ ޗެއާމަން ގޮތުގައި ހުންނެވި ބޭފުޅެކެވެ. އަދުރޭ މަޖިލިސް...