ރައްޔިތުން އިޚުތިޔާރުކުރީ މުޢިއްޒުގެ ތަސައްވުރު، އެކުގައި ސާބިތުވެ ހުންނާނަން: ނައިބު ރައީސް
ދިވެހި ރައްޔިތުން އިޚްތިޔާރުކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރުކަމަށާއި، މިވެރިކަން ރައްޔިތުންނަށް ލާބަހުރި ވެރިކަމަކަށް ހެދުމަށް ރައީސް ޑރ. މުޢިއްޒާއެކު ސާބިތުވެ ހުންނަވާނެކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެންވިދާޅުވެފައި މިވަނީ، ވެރިކަންކުރާ ޕްރޮގްރެސިވް ކޯލިޝަންގެ ބޮޑު ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ރައީސްކަމުގައި ކުރިން ހުންނެވި ކުރީގެ ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް އެ ޕާޓީ ދޫކޮށްލައްވަ...