Skip to main content
Topic Archive

#ޕީޕީއެމް

386 Stories filed
މާލެ ސިޓީގެ މެންޑޭޓު ނުދަންނަ މީހަކަށް މާލޭގެ މޭޔަރުކަން ނުކުރެވޭނެ: އާޒިމާ
Raajje

މާލެ ސިޓީގެ މެންޑޭޓު ނުދަންނަ މީހަކަށް މާލޭގެ މޭޔަރުކަން ނުކުރެވޭނެ: އާޒިމާ

މާލޭގެ މޭޔަރަކަށް ހުންނަވަން ޖެހޭނީ އެކަމުގެ ޒިންމާ އެނގޭ ބޭފުޅެއް ކަމަށާއި މާލެ ސިޓީގެ މެންޑޭޓް ނުދަންނަ މީހަކަށް މާލޭގެ މޭޔަރު ކަން ނުކުރެވޭނެ ކަމުގައި ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ. “ސަންގު ޓީވީ” އިން ގެނެސްދޭ މާލޭ މޭޔަރުންގެ ބަހުސްގެ ސިލްސިލާ ބަހުސްތަކުގެ ތެރެއިން ރޭގެ ބަހުސްގައި އާޒިމާ ވިދާޅުވީ މާލޭގެ މޭޔަރު ކަމުގެ މަގާމަކީ ދައުލަތުގެ އެންމެ ބޮޑު އެއް ވުޒާރާގެ […]

އަޅުގަނޑުމެން މިތިބީ ކަމަރު ބަނދެގެން، އަޒުމެއް ނުގުޑާނެ: އާޒިމާ
Raajje

އަޅުގަނޑުމެން މިތިބީ ކަމަރު ބަނދެގެން، އަޒުމެއް ނުގުޑާނެ: އާޒިމާ

އޭނާ އާއި އޭނާގެ ޓީމު އޮތީ ކަމަރު ބަނދެގެން މަންޒިލަށް ވާސިލްވުމުގެ އަޒުމުގައި ކަމަށާއި އަޒުމެއް ނުގުޑާނެ ކަމަށް އަންނަ ހޮނިހިރު ދުވަހު މާލެ ސިޓީގެ މޭޔަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު މިރޭ ވިދާޅުވެއްޖެއެވެ. މާލޭގައި ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ އޭނާގެ ޓީމު އޮތީ ދިވެހިންގެ ދިވެހި ރާއްޖެ ކަށަވަރުކޮށް، ރާއްޖޭގެ މިނިވަންކަމާއި ދިވެހި ގައުމިއްޔަތުގެ ގައުމިއްޔަތު ހިފަހައްޓައި ޅަ [...

މާލޭގެ ތަސައްވަރުގައި ކުލަ ޖެއްސެން އޮތީ ކައުންސިލްގެ މެޖޯރިޓީ އޮވެގެން: އަދުރޭ
Raajje

މާލޭގެ ތަސައްވަރުގައި ކުލަ ޖެއްސެން އޮތީ ކައުންސިލްގެ މެޖޯރިޓީ އޮވެގެން: އަދުރޭ

މާލެ ތަރައްގީ ކުރުމުގައި މި ސަރުކާރުގެ ވަރަށް ރީތި ތަސައްވުރެއް އެބައޮތް ކަމަށާއި އެ ތަސައްވަރުގައި ކުލަ ޖެއްސެން އޮތީ މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ލިބިގެން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެއެވެ. ޕީޕީއެމް/ޕީއެންސީން ގަލޮޅު ކަންމަތީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވަރަށް ގިނަ ވައުދުތަކެއް ވެވަޑައިގެން ކަމަށެވެ. ހާއްސަކޮށް މާލެއާ ދޭތެރޭގައި ފޮނި އުންމީދުތަކަކާއި ރީތި ތަސަ...

މޭޔަރުކަމަށް ކުރިމަތިލީ ރައީސްގެ ތަސައްވުރާ އެއްގޮތައް މާލެ ސިޓީ ތަރައްގީކުރަން: އާޒިމާ
Raajje

މޭޔަރުކަމަށް ކުރިމަތިލީ ރައީސްގެ ތަސައްވުރާ އެއްގޮތައް މާލެ ސިޓީ ތަރައްގީކުރަން: އާޒިމާ

މާލެ ސިޓީ މޭޔަރުކަމަށް ކުރިމަތިލެއްވީ ރައީސްގެ ތަސައްވުރާ އެއްގޮތައް މާލެ ސިޓީ ތަރައްގީކުރަންކަމަށް މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ އިއްތިހާދު، ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރު ރޭ ވިދާޅުވެއްޖެއެވެ. އާޒިމާގެ މެނިފެސްޓޯ ލޯންޗް ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އޭނާ މާލޭގެ މޭޔަރުކަމަށް ހޮވައިގެން ރާއްޖޭގެ އެއްވެސް ރައްޔިތަކު ކުރަން ޖެހޭ ހިތާމައެއް ނޯންނާނެކަމަށެވެ. ރަ...

މާލެ ސިޓީ ކައުންސިލްގެ ދެ ކައުންސިލަރުން ޕީއެންސީ އަށް
Raajje

މާލެ ސިޓީ ކައުންސިލްގެ ދެ ކައުންސިލަރުން ޕީއެންސީ އަށް

މާލެ ސިޓީ ކައުންސިލްގައި ހިމެނޭ އިދިކޮޅު އެމްޑީޕީގެ ދެ ކައުންސިލަރުން ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއާ މިރޭ ގުޅިވަޑައިގެންފިއެވެ. މި ދެ ކައުންސިލަރުން ގުޅިވަޑައިގަތީ މި މަހުގެ 13 ވަނަ ދުވަހު މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރުގެ މެނިފެސްޓޯ އިއުލާން ކުރުމަށް މާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާގައެވެ. ދެ ކައުންސިލަރުން ޕީއެންސީއާ ގުޅިވަޑައިގެންނެވި ފޯމް ހަވާލު ކުރެއްވީ ރައީސް އަދި […]

އާޒިމާގެ މެނިފެސްޓޯ ލޯންޗްކުރުން މިރޭ
Raajje

އާޒިމާގެ މެނިފެސްޓޯ ލޯންޗްކުރުން މިރޭ

މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ އިއްތިހާދު، ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރުގެ މެނިފެސްޓޯ މިރޭ ލޯންޗްކުރާ ގޮތައް ހަމަޖެހިއްޖެއެވެ. ޕީއެންސީ/ޕީޕީއެމް އިއްތިހާދުން މިއަދު ބުނީ އާޒިމާގެ މެނިފެސްޓޯ ލޯންޗްކުރާ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. މި ކަމަށް ބާއްވާ ޖަލްސާ ބާއްވަން ހަމަޖައްސާފައި ވަނީ ޕީއެންސީ/ޕީޕީއެމް އިއްތިހާދުގެ ‘’ދިވެހީންގެރާއްޖެ މައި ޖަގަހ...

އެމްޑީޕީގެ 13 މެންބަރަކު ވެރިކަންކުރާ ޕާޓީ ޕީއެންސީ އަށް
Raajje

އެމްޑީޕީގެ 13 މެންބަރަކު ވެރިކަންކުރާ ޕާޓީ ޕީއެންސީ އަށް

ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރަކު ވެރިކަން ކުރާ ޕްރޮގްރެސިވް އިއްތިހާދުގައި ހިމެނޭ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އާ ގުޅިވަޑައިގެންފި އެވެ. މި މެންބަރުން ޕީއެންސީއާ ގުޅިވަޑައިގަތީ ދަރުބާރުގޭގައި މިހާރު ކުރިއަށްދާ އެ އިއްތިހާދުގެ ހާއްސަ ޖަލްސާއެއްގައެވެ. މި މެންބަރުންގެ ފޯމުތަކާ ހަވާލުވެވަޑައިގަތީ ޕްރޮގްރެސިވް އިއްތިހާދުގެ ލީޑަރު އަދި ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. ޕީއެންސީއާ ގުޅިވަޑައިގެންނެވި މެންބަރުން ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އ...

ކ. އަތޮޅު ކައުންސިލްގެ ރައީސް ނިމާލް އިސްތިއުފާ ދެއްވައިފި
Raajje

ކ. އަތޮޅު ކައުންސިލްގެ ރައީސް ނިމާލް އިސްތިއުފާ ދެއްވައިފި

ކ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލު މިއަދު އިސްތިއުފާ ދެއްވައިފިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވެވި ނިމާލް ފޮނުއްވި ސިޓީގައި ވިދާޅުވީ ކ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވަނީ ދިރިއުޅުމުގެ ކަންކަން މިވަގުތު ހުރި ގޮތުން ރަށުން ބޭރުގައި ވަޒީފާ އަދާކުރަން ގޮންޖެހުންތަކެއް ހުރުމުން ކަމަށެވެ. ލާމަރުކަޒީ ގާނޫނުގެ ދަށުން 2021 ވަނަ އަހަރު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ އަތޮޅު […]

ހއ. ދަތުރު ކާމިޔާބު، ސަރުކާރުން ބާރު ސްޕީޑްގައި ރައްޔިތުން އެދޭ ނަތީޖާ ނެރެދޭނެ: ސައީދު
Raajje

ހއ. ދަތުރު ކާމިޔާބު، ސަރުކާރުން ބާރު ސްޕީޑްގައި ރައްޔިތުން އެދޭ ނަތީޖާ ނެރެދޭނެ: ސައީދު

މި ސަރުކާރު ކުރިއަށް ދާނީ ރައްޔިތުން އެދޭ ސްޕީޑްގައި ބާރަށް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ސައީދު މިހެން ވިދާޅުވީ، ރައްޔިތުންގެ ހާލު ބެލުމަށް ހަފްތާ ބަންދުގައި ސަރުކާރުގެ ވަފުދުތައް ރާއްޖޭގެ ރަށްރަށަށް ކުރާ ދަތުރުތަކުގެ ތެރެއިން ހއ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައެވެ. ސައީދު އާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ބައެއް ވެރިން ހިމެނޭ ޓީމު ވަނީ ހަފުތާ […]

ތުރާކުނު ކައުންސިލްގެ އެމްޑީޕީ މެންބަރު ޝާފިޢު ޕީއެންސީ އަށް
Thiladhunmathi News

ތުރާކުނު ކައުންސިލްގެ އެމްޑީޕީ މެންބަރު ޝާފިޢު ޕީއެންސީ އަށް

ހއ. ތުރާކުނު ކައުންސިލް މެންބަރު އިސްމާއީލް ޝާފިޢު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކޮށްފިއެވެ. ޝާފިޢު އަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓެއްގައި އެކައުންސިލްގެ މެންބަރުކަމުގެ ގޮނޑި ކާމިޔާބު ކުރި ހަމައެކަނި މެންބަރެކެވެ. ވެރިކަންކުރާ ޕީއެންސީ އާއި ޝާފިޢު ގުޅިފައިވާކަން ހާމަކުރެއްވީ، ތުރާކުނަށް ނިސްބަތްވެވަޑައިގަންނަވާ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުހައްމަދު ސައީދު އެވެ. ރައްޔިތުންގެ ހާލު ބެލުމަށް ހަފްތާ ބަންދުގައި ސަރުކާރުގެ ވަފ...

މި ސަރުކާރުގެ ވަޒީރުން މުރާލިވާނެ، ބޮޑައެއް ނުވާނެ: ސުޖާއު
Raajje

މި ސަރުކާރުގެ ވަޒީރުން މުރާލިވާނެ، ބޮޑައެއް ނުވާނެ: ސުޖާއު

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންނަކީ ބޮޑާކަމެއްނެތް މުރާލި ވަޒީރުންތަކެއްކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާޙީމް ޝުޖާއު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ ހާލު ބެލުމަށް ހަފްތާ ބަންދުގައި ސަރުކާރުގެ ވަފުދުތައް ރާއްޖޭގެ ރަށްރަށަށް ދަތުރުތައް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބުދަ ދުވަހުގެރޭ ޢިއުލާންކުރެއްވުމާއެކު މި ހަފުތާ ބަންދުގައި ސަރުކާރުގެ ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސްވެރިންގެ ވަފުދުތައް ވަނީ އަތޮޅުތަކަށް ފެތުރ...

ސައީދު ހއ. އަށް، އަތޮޅުގެ ހުރިހާ ރަށަކަށް ވެސް ވަޑައިގަންނަވާނެ
Raajje

ސައީދު ހއ. އަށް، އަތޮޅުގެ ހުރިހާ ރަށަކަށް ވެސް ވަޑައިގަންނަވާނެ

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުހައްމަދު ސައީދު ހިމެނޭހެން ސަރުކާރުގެ ވަފުދެއް ހއ. އަތޮޅަށް ދަތުރެއް ފަށައިފިއެވެ. ރައްޔިތުންގެ ހާލު ބެލުމަށް ހަފްތާ ބަންދުގައި ސަރުކާރުގެ ވަފުދުތައް ރާއްޖޭގެ ރަށްރަށަށް ދަތުރުތައް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ވިދާޅުވެފައެވެ. އެއާއެކު ސަރުކާރުގެ އިސް ވެރިން ހިމެނޭ ވަފުދުތައް މިއަދު ވަނީ ހަފުތާ ބަންދާ ދިމާކޮށް އަތޮޅު ތަކަށް ފުރާފައެވެ. މިގޮތުން ހއ. އަތޮޅަށް ދަތުރު ކުރާ ވަފުދު ލީޑު […]

ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީ ޖެނުއަރީއަށް ފަސްކޮށްފި
Raajje

ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީ ޖެނުއަރީއަށް ފަސްކޮށްފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)އިން ބާއްވާ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ އަންނަ ޖެނުއަރީ އަށް ފަސްކޮށްފިއެވެ. މި ޕްރައިމަރީގެ ވޯޓުލުން ބާއްވަން ޕީޕީއެމް/ޕީއެންސީ އިއްތިހާދުން ކުރިން ނިންމާފައި ވަނީ 23 ޑިސެންބަރު 2023 ގައެވެ. ނަމަވެސް މިއަދު އެ އިއްތިހާދުން ނެރުނު ޢިއުލާނެއްގައި ބުނީ އެ ޕްރައިމަރީ އަންނަ ޖެނުއަރީ 20 އަށް ފަސްކޮށްފައިވާ ކަމަށެވެ. ޕްރައިމަރީ ލަސްކުރި […]

ޝުޖާއު އަށް ޕީޕީއެމް/ޕީއެންސީ ޓިކެޓް ކަށަވަރުވެއްޖެ
Thiladhunmathi News

ޝުޖާއު އަށް ޕީޕީއެމް/ޕީއެންސީ ޓިކެޓް ކަށަވަރުވެއްޖެ

ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާޙީމް ޝުޖާއު އަށް، 2024 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގެ ބާރަށު ދާއިރާގެ ޕްރޮގްރެސިވް އިއްތިހާދުގެ ޓިކެޓް ކަށަވަރުވެއްޖެއެވެ. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)ގެ ޓިކެޓް ސުޖާއަށް ކަށަވަރުވީ އެ އިއްތިހާދުން މަޖިލިސް ޕްރައިމަރީ އަށް ހުޅުވާލި ފުރުސަތުގައި ބާރަށު ދާއިރާގެ ޓިކެޓަށް އެދި ކުރިމަތިލީ އޭނާ އެކަނިކަމަށް...

މުހައްމާ އިހަވަންދޫ ދާއިރާއަށް، ވިދާޅުވީ ދެމިހުންނަވާނީ ރައްޔިތުންނަށްޓަކައި ކަމަށް
Thiladhunmathi News

މުހައްމާ އިހަވަންދޫ ދާއިރާއަށް، ވިދާޅުވީ ދެމިހުންނަވާނީ ރައްޔިތުންނަށްޓަކައި ކަމަށް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)އިން ބާއްވާ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ ވާދަކުރައްވަން އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބުދުﷲ (މުހައްމާ) ފޯމު ހުށަހަޅުއްވައިފިއެވެ. މި ޕްރައިމަރީގެ ވޯޓުލުން ބާއްވަން ނިންމާފައި ވަނީ 23 ޑިސެންބަރު 2023 ގައެވެ. ޕީޕީއެމް/ޕީއެންސީ އިއްތިހާދުގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަށް  ވަން ފޯމު ހުށަހެޅުއްވިކަން މީސްމ...