މި ސަރުކާރުން އިޒްރޭލާއި އެއްވެސް ގުޅުމެއް ނުބާއްވާނެ، އެމްޑީޕީ ސަރުކާރުން ލޮލުގެ ޑޮކްޓަރުން ވެސް ގެންނަން އުޅުނީ އިޒްރޭލުން: ރައީސް
މި ސަރުކާރުން އިޒްރޭލާއެކު އެއްވެސް ގުޅުމެއް ނުބާއްވާނެ ކަމަށާއި، ނަމަވެސް ކުރީގެ އެމްޑީޕީ ސަރުކާރުން ދިވެހިންގެ ލޮލަށް ފަރުވާކުރަން ޑޮކްޓަރުން ގެންނަން އުޅުނީ ވެސް އިޒްރޭލުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދ. މީދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ސަރުކާރު ހިންގާ ޕީއެންސީއަށް ލިބުމާ ގުޅިގެން އެ ރަށުގައި ބޭއްވި ޚާއްޞަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ އަބަދުވެސް ދިވެހިން އިސްކުރުމުގެ […]