ނޮޅިވަރަންފަރު ޕީއެންސީ ކެންޑިޑޭޓުންނަކީ އީޖާދީ އައު ވިސްނުމާއި ލާމަރުކަޒީ ތަޖުރިބާއާއި ނިޒާމަށް އެންމެ ފަރިތަ ޓީމު: ނަދީމް
ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން ނޮޅިވަރަންފަރު ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަކީ ލާމަރުކަޒީ ތަޖުރިބާއާއި އީޖާދީ އައު ވިސްނުމުގެ ލާމަރުކަޒީ ނިޒާމަށް އެންމެ ފަރިތަ ޓީމު ކަމަށް ޕީއެންސީގެ ޓިކެޓްގައި ހދ. ނޮޅިވަރަންފަރު ކައުންސިލަށް ވާދަކުރަށްވާ މިހާރުގެ ވެސް ކައުންސިލްގެ ރައީސް ޢަބުދުﷲ ނަދީމް ވިދާޅުވެއްޖެއެވެ. ނަދީމް މިހެން ވިދާޅުވީ ނޮޅިވަރަންފަރުގައި ޕީއެންސީގެ ކެމްޕޭން ޖަގަހަ ހުޅުވުމަށްފަހު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ނަދީމް ވިދާޅުވި ގޮ...