އެމްޕީއެލްގެ އެމްޑީ ވަޖީހު ވަކިކޮށްފި
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް މިއަދު މަގާމުން ވަކިކޮށްފި އެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމުންނާއި ބޯޑު ޑިރެކްޓަރު ކަމުގެ މަޤާމުން ވަޖީހު މިއަދު މިއަދު ވަކިކޮށްފައިވާ ކަމަށެވެ. ވަޖީހު މަގާމުން ވަކޮކޮށްފައި މި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބުދުއްރަޙީމް ޢަބުދު ﷲ އާއި ސަރުކާރާމެދު ނުތަނަވަސްކަން އުފެދިފައިވާކަމަށް ބެލެވޭ...