Skip to main content
Topic Archive

#ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

103 Stories filed
''މާލެ ސިޓީގައި ތަރައްގީކުރާ މިސްކިތްތައް ދެ އަހަރު ތެރޭ ނިންމޭނެ، ބޮޑުގެ ވަގުތީ މިސްކިތް ހުރި ތަނުގައި ހަތަރު ބުރީގެ މިސްކިތެއް''
Raajje

''މާލެ ސިޓީގައި ތަރައްގީކުރާ މިސްކިތްތައް ދެ އަހަރު ތެރޭ ނިންމޭނެ، ބޮޑުގެ ވަގުތީ މިސްކިތް ހުރި ތަނުގައި ހަތަރު ބުރީގެ މިސްކިތެއް''

މާލެ ސިޓީގައި މިހާރު ހުރި ބާވެފައިވާ މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، އައު މިސްކިތްތައް ބިނާކުރުމުގެ މަސައްކަތް ދެ އަހަރު ތެރޭ ނިންމޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު ޝަހީމް ވިދާޅުވީ، ބޮޑުގެ ވަގުތީ މިސްކިތް ހުރި ތަނުގައި ދަޢުވާ ސެންޓަރަކާއެކު ހަތަރު ބުރީގެ ޒަމާނީ ބޮޑު މިސްކިތެއް ބިނާކުރުމަށްޓަކައި މާދަމާ، (30 އޮކްޓޫބަރު 2025) އެ މިސްކިތުގެ ބިންގާ އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. ވަޒީރު […]

ކުޅުދުއްފުށި ސިޓީގެ އިސްލާމީ މަރުކަޒު އަޅަން ދެތިން ދުވަހުގެ ތެރޭ ހަވާލުކުރެވޭނެ: ޝަހީމް
Thiladhunmathi News

ކުޅުދުއްފުށި ސިޓީގެ އިސްލާމީ މަރުކަޒު އަޅަން ދެތިން ދުވަހުގެ ތެރޭ ހަވާލުކުރެވޭނެ: ޝަހީމް

ކުޅުދުއްފުށި ސިޓީގައި ގާއިމުކުރަން ނިންމާފައިވާ އިސްލާމީ މަރުކަޒު އަޅަން ދެތިން ދުވަހުގެ ތެރޭ ހަވާލުކުރެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އިއްޔެ ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ، ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 10 ވަނަ ޖަލްސާގައި ވަޒީރާ ސުވާލުކުރުމުގެ ވަގުތުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ކުރެއްވި ސުވާލުތަކަށް ޖަވާބުދެެއްވަމުންނެވެ. މެމްބަރު މުހައްމަދު ދާއޫދު ވަނ...

ދިއްދޫ އިސްލާމީ މަރުކަޒު ހުރީ ނިމިފައި، ހުޅުވާނީ ނަމެއްގައެއް ނޫން: ޝަހީމް
Thiladhunmathi News

ދިއްދޫ އިސްލާމީ މަރުކަޒު ހުރީ ނިމިފައި، ހުޅުވާނީ ނަމެއްގައެއް ނޫން: ޝަހީމް

ހއ. ދިއްދޫގައި ޤާއިމްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައިކަމަށާއި، އެތަން ހުޅުވާނީ ނަމެއްގައެއްނޫންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 10 ވަނަ ޖަލްސާގައި ވަޒީރާ ސުވާލުކުރުމުގެ ވަގުތުގައި ދިއްދޫ ދާއިރާގެ މެންބަރު އަބުދުއްލަތީފް މުޙައްމަދު ކުރެއްވި ސުވާލަށް ދެއްވި ޖަވާބުދެެއްވަމުންނެވެ. މި ޖަލްސާގައި ލަތީ...

އިސްލާމީ ދާއިރާއިން ބޮޑު 15 މަޝްރޫޢުއެއް ރޯދައިގެ ކުރިން ނިމޭނެ: ޝަހީމް
Raajje

އިސްލާމީ ދާއިރާއިން ބޮޑު 15 މަޝްރޫޢުއެއް ރޯދައިގެ ކުރިން ނިމޭނެ: ޝަހީމް

ސަރުކާރުން ހިންގަމުން އަންނަ އިސްލާމީ ދާއިރާގެ މަޝްރޫޢުތަކުގެ ތެރެއިން ބޮޑު 15 މަޝްރޫޢުއެއް އަންނަ ރޯދަ މަހުގެ ކުރިން ނިންމާލެވޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 10 ވަނަ ޖަލްސާގައި ވަޒީރާ ސުވާލުކުރުމުގެ ވަގުތުގައި ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ކުރެއްވި ސުވާލަށް ދެއްވި ޖަވާބުދެެއްވަމުންނެވެ. ޝަހީމްގެ ޖަވާބުގައި ވަނީ އ...

މިސްކިތް އަޅަން އަމިއްލަ ފަރާތްތަކަށް ބިން ދޫކުރެވޭނެ މުއްދަތު ކަނޑައަޅަނީ
Raajje

މިސްކިތް އަޅަން އަމިއްލަ ފަރާތްތަކަށް ބިން ދޫކުރެވޭނެ މުއްދަތު ކަނޑައަޅަނީ

މިސްކިތް އަޅަން އެދި ހުށަހަޅާ އަމިއްލަ ފަރާތްތަކަށް މިސްކިތް އަޅައި ނިންމުމަށް ދެ އަހަރަށް ވުރެ ގިނަ މުއްދަތު ނުދިނުމަށާއި އަމިއްލަ ފަރާތްތަކުން މިސްކިތް އަޅާއިރު ⁠ހަ މަސްދުވަހުގެ ތެރޭ މަސައްކަތް ފަށަން ލާޒިމުކޮށް އެ މުއްދަތުގައި މަސައްކަތް ނުފަށައިފި ނަމަ ބިން އަތުލެވޭގޮތަށް ސިޔާސަތު ކަނޑައެޅުމަށް  އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ. އެ ވުޒާރާއިން ވިދާޅުވީ މި ބަދަލުގެންނަން ނިންމާފައިވަނީ އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް ބާރުއެޅުމުގެ ގޮތު...

ޔަހޫދީން އަޤްސާ މިސްކިތަށް ވަދެގަތުން ޝަހީމް ކުށްވެރިކުރައްވައިފި
Raajje

ޔަހޫދީން އަޤްސާ މިސްކިތަށް ވަދެގަތުން ޝަހީމް ކުށްވެރިކުރައްވައިފި

އަލް އަޤްސާ މިސްކިތަށް ޔަހޫދީން ވަދެގަނެ އިއްޔެ ހިންގި އަމަލުތައް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި އެވެ. މި ކަމާ ގުޅޭ ގޮތުން ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިފަދަ ކަންކަން ހުއްޓުވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުއިން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. “ބައިނަލްއަޤުވާމީ ރިޒޮލިއުޝަންތަކާއި ކޮންވެންޝަންތަކާ ހިލާފަށް ޒަޔަނިސްޓުން ހިންގާ މިފަދަ އަމަލުތައް ހުއްޓުވަން ބައިނަލްއަޤުވާމީ މުޖުތަމަޢ...

އަސްކޮއި ގްރޫޕުން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނެގުމަށްފަހު ލަނޑުދިން މައްސަލައެއް ބަލަނީ
Raajje

އަސްކޮއި ގްރޫޕުން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނެގުމަށްފަހު ލަނޑުދިން މައްސަލައެއް ބަލަނީ

އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގުމަށްފަހު ލަނޑުދިން މައްސަލައެއް ބައްލަވާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރު ޝަހީމް ވިދާޅުވިގޮތުގައި އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި ފުރަން އޮތް ދުވަހު ނުފުރައި ލަނޑުދީގެން އުޅޭކަމުގެ މައުލޫމާތު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސަމާލުކަމަށް މިރޭ އިރާކ...

މިސްކިތުގައި ނެށި ކުދިންނަށް ނަސޭހަތްތެރިވާނަން: އިސްލާމިކް މިނިސްޓްރީ
Raajje

މިސްކިތުގައި ނެށި ކުދިންނަށް ނަސޭހަތްތެރިވާނަން: އިސްލާމިކް މިނިސްޓްރީ

މިސްކިތެއްގައި ކުދިންތަކެއް ނަށާ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އެކުދިންނަށް ނަސޭހަތްތެރިވާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. މި ވީޑިއޯއާއި ގުޅިގެން އޮންލައިން ނޫހަކުން ޝާޢިއުކޮށްފައިވާ ޚަބަރަކާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ، މިސްކިތްތަކަކީ މާތް ﷲ އަށް އަޅުކަން ކުރުމަށާއި އެކަލާނގެއަށް ޒިކުރު ކުރުމަށް ބިންމަތީގައި ބިނާކޮށްފައި ހުންނަ ތަންތަން ކަމަށެވެ. ‘’އެތަންތަނުގައި ނަށާއި އެތަންތަނާއި ނުގުޅޭކަންކަން ކުރުމަކީ ހެޔޮވެގެ...

ރާއްޖޭގެ އިމާމުންނަށް މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުޞަތު
Raajje

ރާއްޖޭގެ އިމާމުންނަށް މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުޞަތު

މޮރޮކޯ ސަރުކާރުން ރާއްޖޭގެ އިމާމުންނަށް އަރަބި ބަސް ކިޔަވައިދިނުމުގެ ފުރުޞަތެއް ފަހިކޮށްދީފި އެވެ. މިކަން ހާމަކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީޑިއާތަކަށް މިއަދު ފޮނުއްވި މެސެޖެއްގައެވެ. ޝަހީމް ވިދާޅުވީ، މި ފުރުޞަތުދިންކަން ރަސްމީކޮށް އަންގާފައިވާކަމަށާއި، މިކަން މިގޮތަށް ފަހިވެގެން ދިޔައީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މޮރޮކޯގެ ރަސްގެފާނަށް ފޮނުއްވި ޚާއްޞަ ސިޓީފުޅަކާ ގުޅިގެން ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ. ވަޒީރު ޝަހީމް ވިދާޅުވި ގޮތުގައ...

އިސްލާމީ ކުތުބުޚާނާ ހުޅުވާނީ 15000 ފޮތާއެކު
Raajje

އިސްލާމީ ކުތުބުޚާނާ ހުޅުވާނީ 15000 ފޮތާއެކު

ސަލްމާން މިސްކިތުގައި ތަރައްޤީ ކުރަމުންދާ އިސްލާމީ ކުތުބުޚާނާ މި މަހުގެ 12 ވަނަ ދުވަހު ރަސްމީކޮށް އިފްތިތާޙްކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. އިސްލާމީ ކުތުބުޚާނާ ހުޅުވުމުގެ ތައްޔާރީތަކާ ގުޅޭގޮތުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިން މިއަދު މަޝްވަރާކުރައްވާފައިވެއެވެ. މި ކުތުބުޚާނާ ހުޅުވިގެންދާއިރު 15 ހާސް ފޮތް ހިމެނޭނެކަމަށް ވަޒީރު ވަނީ ހާމަކުރައްވާފައެވެ. މި މަޝްރޫޢަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔ...

ދިއްދޫ އިސްލާމީ މަރުކަޒުގެ އިތުރުން 12 ރަށެއްގެ މިސްކިތް މި އަހަރު ހުޅުވަނީ
Thiladhunmathi News

ދިއްދޫ އިސްލާމީ މަރުކަޒުގެ އިތުރުން 12 ރަށެއްގެ މިސްކިތް މި އަހަރު ހުޅުވަނީ

ހއ.ދިއްދޫ އިސްލާމީ މަރުކަޒު ހިމެނޭހެން ޤުރުއާނާބެހޭ މަރުކަޒަކާއި 12 މިސްކިތެއް މި އަހަރު ހުޅުވޭނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު ޝަހީމް މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއް މެދުވެރިކޮށް މި 2025 ވަނަ އަހަރު ހުޅުވޭނެކަމަށް ލަފާކުރެވޭ އިސްލާމީ މަރުކަޒަކާއި، ޤުރުއާނާބެހޭ މަރުކަޒަކާއި 12 ރަށެއްގައި އަޅާ މިސްކިތްތަކުގެ ތަފްސީލް ވަނީ ދެއްވާފައެވެ. މިގޮތުން މިއަހަރު ހުޅުވޭނެކަމަށް ޝަހީމް ވިދާޅުވެފައިވާ އިސްލާމީ މަރުކަޒަކ...

ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ބޮޑެތި ބަލިތަކުގެ މީހުންނަށް އިންޝުއަރެންސެއް
Raajje

ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ބޮޑެތި ބަލިތަކުގެ މީހުންނަށް އިންޝުއަރެންސެއް

ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ބޮޑެތި ބަލިތައް ތަަޙައްމަލް ކުރާ ފަގީރުންނަށް އިންޝުއަރެންސެއް ތަޢާރަފްކުރަން ސަރުކާރުން ނިންމައިފިއެވެ. އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ޒަކާތު ފަންޑުގެ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމުލުކުރަމުންދާ ފަރާތްތަކުގެ ބޭސް ފަރުވާއަށް، މުޙައްރަމް 1447 އިން ފެށިގެން އިންޝުރެންސް ތަޢާރަފްކުރަން ނިންމާފައިވާކަމަށެވެ. މިއިންސުއަރެންސް ތައާރަފްކުރަން...

ޝެއިޚް ފަރީދުގެ މައްޗަށް ހުކުރު ނަމާދަށް ފަހު މުޅި ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރަނީ
Raajje

ޝެއިޚް ފަރީދުގެ މައްޗަށް ހުކުރު ނަމާދަށް ފަހު މުޅި ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރަނީ

އިއްޔެ ހަވީރު މެލޭޝިޔާގެ ކުއަލަލަންޕޫރުގައި ކުއްލި ގޮތަކަށް ނިޔާވި އައްޝައިޚް އިބްރާހިމް ފަރީދު، އަންނަ ހުކުރު ދުވަހުގެ ކުރިން ހަށިގަނޑު ވަޅުލައިފި ނަމަ އަންނަ ދުވަހުގެ ހުކުރު ނަމާދަށްފަހު މުޅި ރާއްޖޭގައި ޝެއިޚްގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް ވިދާޅުވެއްޖެ އެވެ. އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ވިދާޅުވި ގޮތުގައި، “އިންޝާﷲ މި ހަފުތާގެ ހުކުރު ދުވަހުގެ ކުރިން ފަރީދުގެ ހަށިގަނޑު މެލޭޝިޔާގައި ވަޅުލައިފި ނަމަ ހުކުރު ދުވަހުގެ ހުކުރު […]

ޙައްޖުގައި ތިބޭ މުއްދަތު 15 ދުވަހަށް ކުރުކޮށްލިކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
Raajje

ޙައްޖުގައި ތިބޭ މުއްދަތު 15 ދުވަހަށް ކުރުކޮށްލިކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ޙައްޖުގައި ތިބޭ މުއްދަތު ސަރުކާރުން 15 ދުވަހަށް ކުރުކޮށްލިކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު ޝަހީމް ވިދާޅުވީ، މިއަހަރުގެ ޙައްޖު ދަތުރުގައި 15 ދުވަހު ތިބޭ އެއްވެސް ބަޔަކު ނުތިބޭނެކަމަށް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދީފައިވާ ކަމަށެވެ. މިގޮތުން، އެއް ފްލައިޓްގައި ދާ ޙައްޖުވެރިން 18 ދުވަސް އަދި އަނެއް ތިން ފްލައިޓްގެ ޙައްޖުވެރިން 19 ދުވަހު […]

އެންމެ ހެޔޮ ގޮތަކީ ޢީދުގެ އުފާ ފާޅުކުރުމުގައި ނަބަވީ ހިދާޔަތަށް ތަބާވުން: ޝަހީމް
Raajje

އެންމެ ހެޔޮ ގޮތަކީ ޢީދުގެ އުފާ ފާޅުކުރުމުގައި ނަބަވީ ހިދާޔަތަށް ތަބާވުން: ޝަހީމް

ޢީދުގެ އުފާ ފާޅުކުރުމުގައި އެންމެ ހެޔޮ ގޮތަކީ ނަބަވީ ހިދާޔަތަށް ތަބަޢަވުން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ މުސްލިމުން އަންނަނީ އަޟްހާ ޢީދު (ބޮޑު އީދު) އަށް ތައްޔާރުވަމުންނެވެ. މިއީ މުސްލިމުންގެ މަތިވެރި ޙައްޖާއި ވިދިގެން އަންނަ މުސްލިމުންގެ އުފާވެރި މުނާސަބާއެކެވެ. މި ޢީދަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވެސް ތައްޔާރުވަމުން އަންނައިރު، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މީޑިއާ ގްރޫޕަށް ވަޒީރު ޝަހީމް […]