އެޗްއާރުސީއެމްގެ ރައީސަކަށް ރަމީލާ ޢައްޔަންކުރައްވައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗުއާރުސީއެމް)ގެ ރައީސް ކަމަށް އެ ކޮމިޝަންގެ މެމްބަރު ގ.އާބިން، ޑރ. ޢާއިޝަތު ރަމީލާ މިއަދު ޢައްޔަންކުރައްވައިފިއެވެ. ރަމީލާ އެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީންނެވެ. ކުރީގެ ވަޒީރު ރަމީލާ އެމާގަމަށް އައްޔަންކުރުމަށް ފެންނަކަމަށް 38 މެމްބަރުންގެ ވޯޓުން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ އިއްޔެ އެވެ. ރަމީލާ އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކ...