ސިލްސިލާ ވާހަކަ: ލޯބިވިޔަސް (26)
ކުރީގެ އަދަދާއި ގުޅޭ: ” ނަދީމް ދޭބަލަ ޒައިނާ ގޮވައިގެން އަންނަން.” ތަނަށް ވެރިވެފައިވަ ހަމަހިމޭންކަން ފޫއަޅުވާލީ މަދީހާއެވެ. އެއާއެކު އެންމެންނަށް ވެސް ލިބުނީ ކުއްލި ހައިރާންކަމެވެ. ނަދީމްއަށް ސިހިފައި ބަލައިލެވުނީ އަރޫޝާގެ މޫނަށެވެ. މަދީހާ އެހާ ހަމަޖެހިފައި އިނދެ ޒައިނާގެ ވާހަކަ ދެއްކުމުން އެންމެ ބޮޑު ހައިރާންކަމެއް ލިބިފައި އިނީ ނަދީމަށެވެ. ތެދުވަން ނޭނގިފައި އޭނާއަށް އަދިވެސް އިނދެވުނީއެވެ. ” އަހަރެމެން އެންމެންނަށް ސައި ހަދައިދީފައި ހުއްޓާ، ޒައިނާ ނެތިސް ސައި ބޯކަށް ނުވާނެ އެއްނު.” […]