Skip to main content
Topic Archive

#ގޯލްޑަން ފުޓްސަލް ޗެލެންޖު

50 Stories filed
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަތްވަނަ ފަހަރަށް ނައިވާދޫއިން ކާމިޔާބުކޮށްފި
Thiladhunmathi News

ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަތްވަނަ ފަހަރަށް ނައިވާދޫއިން ކާމިޔާބުކޮށްފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަތްވަނަ ފަހަރަށް ނައިވާދޫއިން ހޯދައިފިއެވެ. ރޭ ކުޅުނު މުބާރާތުގެ ފައިނަލް މެޗުން ނައިވާދޫ ވަނީ 3-0 ގެ ނަތީޖާއިން ނޭކުރެންދޫ ބަލިކޮށްފައެވެ. މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދެއްކި ނައިވާދޫއިން ވަނީ ފައިނަލް މެޗުގައި ވެސް އެ ޓީމްގެ މޮޅު ކުޅުން ތަކުރާރުކޮށްފައެވެ. އެ ޓީމަށް މެޗުގެ ލަނޑުތައް ޖަހައިދިނީ އަބްދުﷲ ޝާފިއު (ޝާއްޕެ)، އަހުމަދު ހަމީދު […]

ހއ.އަތޮޅު ޗެމްޕިއަންކަން ހަތަރުވަނަ ފަހަރަށް ވަށަފަރުން ކާމިޔާބުކޮށްފި
Thiladhunmathi News

ހއ.އަތޮޅު ޗެމްޕިއަންކަން ހަތަރުވަނަ ފަހަރަށް ވަށަފަރުން ކާމިޔާބުކޮށްފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ހއ.އަތޮޅުގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ދިއްދޫ ބަލިކުރުމަށް ފަހު އެ އަތޮޅުގެ ޗެމްޕިއަންކަން ހަތަރުވަނަ ފަހަރަށް ވަށަފަރުން ކާމިޔާބު ކޮށްފިއެވެ. ރޭ ކުޅުން ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އޮތީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ވަށަފަރުން ކުރި ހޯދީ 5-4 ގެ ނަތީޖާއިންނެވެ. ވަށަފަރުން މީގެކުރިން މި މުބާރާތުގެ […]

ށ. އަތޮޅު ތަށި ފުރަތަމަ ފަހަރަށް މިލަންދޫ އަށް
Thiladhunmathi News

ށ. އަތޮޅު ތަށި ފުރަތަމަ ފަހަރަށް މިލަންދޫ އަށް

ރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި އެންމެ ބޮޑު ފުޓްސަލް މުބާރާތް “ގޯލްޑަން ފުޓްސަލް ޗެލެންޖް 2025” ގެ ށ. އަތޮޅު ޗެމްޕިއަންކަން މިލަންދޫން ހޯދައިފިއެވެ. ށ.އަތޮޅުގެ ފައިނަލް ކުޅުނީ އިއްޔެ ހަވީރުއެވެ. މިލަންދޫއާއި އެންމެ ފަހުގެ ޗެމްޕިއަން ކަނޑިތީމް ބައްދަލުކުރި ފައިނަލް މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި މިލަންދޫ މޮޅުވީ 3-1 ގެ ނަތީޖާއިންނެވެ. މިއީ ގޯލްޑެން ފުޓްސަލް މުބާރާތުގެ ތަށި މިލަންދޫން […]

ހދ.އަތޮޅު ސެމީގައި މަކުނުދޫ އާއި ނައިވާދޫ އަދި ނޭކުރެންދޫ އާއި ކުމުންދޫ
Thiladhunmathi News

ހދ.އަތޮޅު ސެމީގައި މަކުނުދޫ އާއި ނައިވާދޫ އަދި ނޭކުރެންދޫ އާއި ކުމުންދޫ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ހދ.އަތޮޅުގެ ބުރުގެ ސެމީ ފައިނަލުގައި ނައިވާދޫއާއި މަކުނުދޫ ބައްދަލުކުރަން ޖެހުނުއިރު ނޭކުރެންދޫއާއި ކުމުންދޫ ބައްދަލުކުރަން ޖެހިއްޖެއެވެ. ހދ.އަތޮޅު ބުރުގެ ގްރޫޕް ސްޓޭޖް އެންމެ ފަހު މެޗުތައް އިއްޔެ ކުޅެފައިވާއިރު ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދީ ނޭކުރެންދޫއެވެ. ނޭކުރެންދޫން ވަނީ ކުޅުނު ހަތަރު މެޗުން 9 ޕޮއިންޓް ހޯދާފައެވެ. މި ގްރޫޕްގެ ދެވަނަ ހޯދީ މަކުނުދޫންނެވެ. […]

ހއ. ސެމީގައި ދިއްދޫއާއި މާރަންދޫ އަދި ވަށަފަރާއި ކެލާ
Thiladhunmathi News

ހއ. ސެމީގައި ދިއްދޫއާއި މާރަންދޫ އަދި ވަށަފަރާއި ކެލާ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ހއ.އަތޮޅުގެ ބުރުގެ ސެމީ ފައިނަލުގައި ދިއްދޫއާއި މާރަންދޫ ބައްދަލުކުރާއިރު ވަށަފަރުން ކެލާ އާއި ވާދަކުރަން ޖެހިއްޖެއެވެ. ހއ.އަތޮޅު ބުރުގެ ގްރޫޕް ސްޓޭޖް އެންމެ ފަހު މެޗުތައް އިއްޔެ ކުޅެފައިވާއިރު ގްރޫޕް އޭގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދީ މާރަންދޫއިންނެވެ. މާރަންދޫއިން ވަނީ ކުޅުނު ހަތަރު މެޗުން 9 ޕޮއިންޓް ހޯދާފައެވެ. މި ގްރޫޕުން ދެވަނަ ޓީމްގެ ގޮތުގައި […]

ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ނައިވާދޫއާއި ނޭކުރެންދޫ ސެމީއަށް
Thiladhunmathi News

ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ނައިވާދޫއާއި ނޭކުރެންދޫ ސެމީއަށް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ހއ.އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް އެންމެ ފަހުގެ ޗެމްޕިއަން ނައިވާދޫއާއި ނޭކުރެންދޫ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. ރޭ ގްރޫޕް އޭގައި ނޭކުރެންދޫއިން ވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއިން ނޮޅިވަރަންފަރު ބަލިކޮށްފައެވެ. ރޭ މެޗުގައި ނޭކުރެންދޫއަށް ލަނޑުތައް ޖަހައިދިނީ ވިލްފް، ރާއިފް އަދި އަބާންއެވެ. އަނެއް ދެ ލަނޑަކީ ނޮޅިވަރަންފަރުގެ އިބްރާހީމް ވަހީދާއި އަކްރަމް އަތުން […]

ހއ.އަތޮޅުން ސެމީގެ ޖާގަ ކަށަވަރުކުރި ފުރަތަމަ ދެ ޓީމަކީ ވަށަފަރާއި ކެލާ
Thiladhunmathi News

ހއ.އަތޮޅުން ސެމީގެ ޖާގަ ކަށަވަރުކުރި ފުރަތަމަ ދެ ޓީމަކީ ވަށަފަރާއި ކެލާ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ހއ.އަތޮޅުގެ ބުރުގެ ސެމީ ފައިނަލުން ވަށަފަރާއި ކެލާ ޖާގަ ހޯދައިފިއެވެ. ގްރޫޕް އޭގައި ރޭ ކެލާއާއި ހޯރަފުށި ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި ހޯރަފުއްޓަށް ލަނޑުތައް ޖަހައިދިނީ ޔާނުއާއި އަލީ އިމްރާންއެވެ. ކެލާގެ ދެ ލަނޑު ވެސް ޖެހީ މަމްދޫހްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ވެސް އޭނާއެވެ. […]

ވަށަފަރާއި މާރަންދޫ އަދި ކެލާ، ސެމީގެ ފުރުސަތު ބޮޑުކޮށްފި
Thiladhunmathi News

ވަށަފަރާއި މާރަންދޫ އަދި ކެލާ، ސެމީގެ ފުރުސަތު ބޮޑުކޮށްފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ހއ.އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް މާރަންދޫއާއި ކެލާ އަދި ވަށަފަރުން ސެމީ ފައިނަލުގެ އުންމީދު ބޮޑުކޮށްފިއެވެ. ރޭ ގްރޫޕް އޭގައި މާރަންދޫއިން ވަނީ 3-0 ގެ ނަތީޖާއިން ހޯރަފުށި ބަލިކޮށްފައެވެ. މި މެޗުގައި މާރަންދޫއަށް ލަނޑުތައް ޖަހައިދިނީ އަހްމަދު މުހައްމަދު، ހަމްދާންގެ އިތުރުން އާދަމް ހަބީބްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ މާރަންދޫގެ ހުމައިދު ހުސެއިންއެވެ. ރޭ ގްރޫޕް […]

ނައިވާދޫ، ނޭކުރެންދޫއަށް ފަސޭހަ މޮޅެއް، ވައިކަރަދޫއާއި ނޮޅިވަރަންފަރުން އުންމީދު ދަމަހައްޓައިފި
Thiladhunmathi News

ނައިވާދޫ، ނޭކުރެންދޫއަށް ފަސޭހަ މޮޅެއް، ވައިކަރަދޫއާއި ނޮޅިވަރަންފަރުން އުންމީދު ދަމަހައްޓައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ހދ.އަތޮޅު ބުރުގައި ރޭ ނައިވާދޫއާއި ނޭކުރެންދޫން ކުޅުނު މެޗުތަކުން ފަސެހަކަމާއިއެކު މޮޅުވިއިރު، ނޮޅިވަރަންފަރާއި ވައިކަރަދޫއިން މުބާރާތުގައި ކުރިއަށް ދިޔުމުގެ އުންމީދު ދަމަހައްޓައިފިއެވެ. ގްރޫޕް އޭގައި ރޭ ނޮޅިވަރަންފަރާއި ހަނިމާދޫ ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ނޮޅިވަރަންފަރުންނެވެ. މިއީ މުބާރާތުގައި އެ ޓީމަށް ހޯދުނު ފުރަތަމަ މޮޅެވެ. ރޭ މެޗުގައި އެ ޓީމަށް ލަނޑުޖަހައިދިނީ އާދަމް...

އުރީދޫގެ ގޯލްޑަން ފުޓްސަލް ޓެންޓަށް ޒިޔާރަތް ފުރުސަތު
Business

އުރީދޫގެ ގޯލްޑަން ފުޓްސަލް ޓެންޓަށް ޒިޔާރަތް ފުރުސަތު

އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދާ ގޯލްޑަން ފުޓްސަލް ސޭލް ޓެންޓަށް ޒިޔާރަތްކުރުމަސް ފުރުސަތު ހުޅުވާލައިފިއެވެ. މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖާ ގުޅިގެން ހުޅުމާލެ ރެހެންދި ޓާފްގައި ޤާއިމްކޮށްފައިވާ މި ސޭލް ޓެންޓުން އުރީދޫގެ އެކިއެކި ޚިދުމަތްތައް ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. އުރީދޫއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ޚިދުމަތް ލިބެން ހުންނާނީ ކޮންމެ ރެއަކު 8:00 އިން 11:00 އާ ހަމައަށެވެ. އަދި ގޯލްޑަން ފުޓްސަލް މެޗުތައް ކުރިއަށްދާ ދުވަސްތަކުގައި އުރީދޫ ޓެންޓުނ...

ނޮޅިވަރަން ފެށުން ރަނގަޅުކުރިއިރު، ދެން ކުޅުނު ހުރިހާ މެޗެއް އެއްވަރު
Thiladhunmathi News

ނޮޅިވަރަން ފެށުން ރަނގަޅުކުރިއިރު، ދެން ކުޅުނު ހުރިހާ މެޗެއް އެއްވަރު

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ހދ.އަތޮޅު ބުރުގައި ނޮޅިވަރަމުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރިއިރު، ދެން އެ އަތޮޅުގައި ރޭ ކުޅުނު ހުރިހާ މެޗެއް އެއްވަރުވެއްޖއެވެ. ގްރޫޕް ދެއެއްގައި ރޭ ނޮޅިވަރަމާއި ނެއްލައިދޫ ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ނޮޅިވަރަމެވެ. މި މެޗުގައި އެ ޓީމަށް ލަނޑުތައް ޖަހައިދިނީ ހުސައިން އީސާ އަދި އަމްދާން އަލީއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ […]

ވަށަފަރާއި މުރައިދޫ އަދި މާރަންދުއަށް ފުރަތަމަ މޮޅު، އިހަވަންދޫއަށް ދަށް ފެށުމެއް
Thiladhunmathi News

ވަށަފަރާއި މުރައިދޫ އަދި މާރަންދުއަށް ފުރަތަމަ މޮޅު، އިހަވަންދޫއަށް ދަށް ފެށުމެއް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ހއ.އަތޮޅު ބުރުގައި ވަށަފަރާއި މުރައިދޫ އަދި މާރަންދޫއިން ފުރަތަމަ މޮޅު ހޯދިއިރު އިހަވަންދޫ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ. ގްރޫޕް އެކެއްގައި ރޭ އިހަވަންދޫއާއި މުރައިދޫ ބައްދަލުކުރި މެޗު 5-3 ގެ ނަތީޖާއިން ކާމިޔާބުކުރީ މުރައިދޫންނެވެ. މި މެޗުގައި މުރައިދޫއަށް ލަނޑުތައް ޖަހައިދިނީ އިޔާން އަހްމަދު ރަޝީދު، އަހްމަދު ނައުފަލް، އައިރޫން އަހްމަދު ރަޝީދު އަދި އަބްދުﷲ ހިޝާމްއެވެ. ހިޝާމް […]

ގޯލްޑަން: ދިއްދޫ، ބާރަށް، ކެލާ މޮޅުވިއިރު ވަށަފަރާއި އުތީމް އެއްވަރު
Thiladhunmathi News

ގޯލްޑަން: ދިއްދޫ، ބާރަށް، ކެލާ މޮޅުވިއިރު ވަށަފަރާއި އުތީމް އެއްވަރު

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ކުޅުން ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި ފަށާފައިވާއިރު ހއ.އަތޮޅު ބުރުގެ މެޗުތަކުން ދިއްދޫ، ބާރަށް، ކެލާ މޮޅުވިއިރު ވަށަފަރާއި އުތީމް އެއްވަރު ވެއްޖެއެވެ. މި މުބާރާތުގައި ހއ.އަތޮޅުން ވަނީ 10 ޓީމަކުން ބައިވެރިވެފައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށްދާއިރު ގްރޫޕް އޭގައި ހިމެނެނީ ހޯރަފުށި، ބާރަށް، މާރަންދޫ ކެލާގެ އިތުރުން ފިއްލަދޫއެވެ. ގްރޫޕް ބީގަގައި ހިމެނެނީ މާރަންދޫ، ދިއްދޫ، […]

މަކުނުދޫ، ނޭކުރެންދޫ ކުމުންދޫ އަދި ނައިވާދޫ މުބާރާތް ފެށީ މޮޅަކުން
Sports

މަކުނުދޫ، ނޭކުރެންދޫ ކުމުންދޫ އަދި ނައިވާދޫ މުބާރާތް ފެށީ މޮޅަކުން

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ކުޅުން ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި ފަށާފައިވާއިރު ހދ.އަތޮޅު ބުރުގެ މެޗުތަކުން މަކުނުދޫ، ނޭކުރެންދޫ ކުމުންދޫ އަދި ނައިވާދޫ މޮޅުވެއްޖެއެވެ. މި މުބާރާތުގައި ހދ.އަތޮޅުން ވަނީ 10 ޓީމަކުން ބައިވެރިވެފައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށްދާއިރު ގްރޫޕް އޭގައި ހިމެނެނީ ނޮޅިވަރަންފަރު، މަކުނުދޫ، ހަނިމާދޫ، ނޭކުރެންދޫ އަދި ފިނޭއެވެ. ގްރޫޕް ބީގައި ހިމެނެނީ ނެއްލައިދޫ، ކުމުންދޫ، ވައިކަރަދ...

އުރީދޫ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޕްލެޓިނަމް ޕާޓްނަރަކަށް
Sports

އުރީދޫ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޕްލެޓިނަމް ޕާޓްނަރަކަށް

މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސްއާ އެކު ސޮއިކޮށްފިއެވެ. މިއީ އުރީދޫ މޯލްޑިވްސްއިން މި މުބާރާތުގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވާ ތިންވަނަ ފަހަރެވެ. މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރާއްޖޭގެ އެކި ހިސާބުތަކުން 130 ޓީމެއް ބައިވެރިވާއިރު ޖުމުލަ 320 މެޗު ކުޅެން ވަނީ ހަމަޖެހިފައެވެ. މުބާރާތް ކުރިއަށްދާނީ ކުރިއަށްދާނީ ރެއިން ފެށިގެން އަންނަ މަހުގެ 25 ވަނަ ދުވަހާ ހަމައަށެވެ. މުބާރާތުގެ މެޗުތައް ކުޅޭނީ ހުޅުމާލޭގައެވެ. މުބާރާތ...