ގެއްލުނު ފަތުރުވެރިޔާ ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި
ގެއްލިގެން ހޯދަމުންދާ ޗައިނާ ފަތުރުވެރިޔާ ހޯދުމަށް ސިފައިން ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން ބޮޑު ސަރަހައްދެއް ބަލައިފިއެވެ. އެ ފަތުރުވެރިޔާ ގެއްލުނީ މި މަހުގެ 3 ވަނަ ދުވަހުއެވެ. އެއީ ކ. އަމީންގިރިރިސޯޓުގެ ހުޅަނގުދެކުނު ފަރާތަށް ސްނޯކްލިން އަށް ދިޔަކަމަށްބެލެވޭ ފަތުރުވެރިއެއްކަމަށް އެ ދުވަހު އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. އެމްއެންޑީއެފުން ރޭ ވިދާޅުވީ، އެމީހާ ހޯދުމަށް އެ އިދާރާގެ ކޯސްޓްގާޑުން ކުރިއަަށްގެންދާ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި އިއްޔެ ވެސް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަ...