Skip to main content
Topic Archive

#ގެއްލިގެން ހޯދާ މީހުން

63 Stories filed
14 އަހަރުގެ އަންހެންކުއްޖެއް ގެއްލިގެން ހޯދަނީ
Raajje

14 އަހަރުގެ އަންހެންކުއްޖެއް ގެއްލިގެން ހޯދަނީ

14 އަހަރުގެ އަންހެންކުއްޖެއް ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، އުމުރުން 14 އަހަރުގެ، ޚަދީޖާ ޔަލްވީ، މ. އެނބޫމާގެއާގެ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެހެންވެ އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ. ”ޚަދީޖާ ޔަލްވީ އެންމެ ފަހުން ފެނިފައިވަނީ ޖޫން 14 ވަނަ ދުވަހު، ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވޭ.” ފުލުހުން ބުނެފަވެއެވެ. ޚަދީޖާ ޔަލްވީގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލ...

ގެއްލިގެން ހޯދަމުން ދިޔަ އަންހެން ކުއްޖާ މާލެއިން ފެނިއްޖެ
Raajje

ގެއްލިގެން ހޯދަމުން ދިޔަ އަންހެން ކުއްޖާ މާލެއިން ފެނިއްޖެ

ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 14 އަހަރުގެ އަންހެން ކުއްޖާ މާލެއިން ފެނިއްޖެއެވެ. ޢާއިލާ އަށް ޚަބަރު ނުވެގެން ގެއްލިގެން ފުލުހުންގެ އެހީތެރިކަމަށް އެދިފައި ވަނީ ތ. މަޑިފުށި، ނައިޓްރޯޒް، އައިޝަތު ޒޯޔާ ފިކުރީ އެވެ. އެހެންވެ، އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފައެވެ. ފުލުހުން މިއަދު ބުނިގޮތުގައި އެ ކުއްޖާ ވަނީ ރޭގެ ވަގުތެއްގައި މާލެއިން ފެނިފައެވެ. އަދި އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށް ވެސް ބުނެފަވެއެވެ. […]

14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
Raajje

14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން އެ ކުއްޖާ ހޯދުމަށް ފުލުހުން މިއަދު އިއުލާންކޮށްފިއެވެ. ޢާއިލާ އަށް ޚަބަރު ނުވެގެން ގެއްލިގެން ފުލުހުންގެ އެހީތެރިކަމަށް އެދިފައި ވަނީ ތ. މަޑިފުށި، ނައިޓްރޯޒް، އައިޝަތު ޒޯޔާ ފިކުރީ އެވެ. އެހެންވެ، އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ. ޢާއިލާއިން ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، އޭނާ މިހާރު ދިރިއުޅެމުން އަންނަނީ ވިލިމާލޭ، ނާލިސް ނަމަކަށް ކިޔާ ގެއެއްގައެވެ. އެންމެފަހުން ޒޯޔާ ފެނިފައިވަނީ މީގެ ހަތަރު […]

ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީ މުވައްޒަފު ފެނިއްޖެ
Raajje

ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީ މުވައްޒަފު ފެނިއްޖެ

ގދ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް މެރަދޫ ރިސޯޓުން ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީ މުވައްޒަފު ފެނިއްޖެއެވެ. ބަންގްލްދޭޝް އަށް ނިސްބަތްވާ އެ މުވައްޒަފު ގެއްލިގެން ހޯދަން ފެށީ އިއްޔެ އެވެ. އެ މީހާ ގެއްލުނު ވަގުތު އެ ރިސޯޓުގެ ފަޅުގައި އަޅާފައޮތް ކަޔަކެއް ވެސް ނެތުމުން، އެ ކަޔަކުގައި އެމީހާ މޫދަށް ފޭބި ކަމަށް އެ ރިސޯޓުން ވަނީ ލަފާކޮށްފައެވެ. މި މީހާ ހޯދުމުގެ މަސައްކަތް ސަލާމަތީ ބާރުތަކުން ވެސް ފަށައި މިކަމުގައި އިއްޔެ ވަނީ […]

ސްނޯކްލިންއަށް ދިޔަ ފަތުރުވެރިޔަކު ގެއްލިގެން ހޯދަނީ
Raajje

ސްނޯކްލިންއަށް ދިޔަ ފަތުރުވެރިޔަކު ގެއްލިގެން ހޯދަނީ

ސްނޯކްލިންއަށް ދިޔަ ފަތުރުވެރިޔަކު ގެއްލިގެން ހޯދަންފަށައިފިއެވެ. އެމްއެންޑީއެފްއިން ބުނީ، ސްނޯކަލްކުރަން އުޅުނު ފަތުރުވެރިއެއް ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު ލިބިގެން، އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ މީހާ އަކީ އަރިއަތޮޅު ރިސޯޓެއް ކައިރީ ސްނޯކަލްކުރަން އުޅުނު ފަތުރުވެރިއެކެވެ. ”އެމީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަނެއް ފަށައިފި.” އެމްއެންޑީއެފުން ބުނެފަވެއެވެ. މި ހާދިސާއާއި ގުޅޭ އިތުރު މައުލޫމާތެއް އެމްއެންއެންޑީއެފުން އަދި ހާމައެއް ނ...

ޑޮކްޓަރަށް ދައްކަން މާލެ އައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ
Raajje

ޑޮކްޓަރަށް ދައްކަން މާލެ އައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ޑޮކްޓަރަށް ދައްކަން މާލެ އައި މީހަކު ޚަބަރެއް ނުވެގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން މިރޭ ބުނީ މާލެ އަށް ޑޮކްޓަރަށް ދައްކަން އައިސްހުރި މީހެއްގެ ޚަބަރެއް ނުވެގެން މިރޭ 20:50 ހާއިރު އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ރިޕޯޓާއި ގުޅިގެން އެމީހާ މާލޭގައި ހުންނަ ގެއަށް ފުލުހުން މިރޭ ވަނީ ގޮސްފައެވެ. އަދި އެމީހާ ހުންނަ ކޮޓަރިއަށް ފުލުހުން ވަދެ ބެލިއިރު އެމީހާ އޮތީ ނިޔާވެފައި ކަމަށް ފުލުހުން ބުނެއެވެ. އެމީހާ އަކީ […]

ނައީޝް ހޯދުމަށް ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބޭނުން ކުރަން އެމްޑީޕީން ގޮވާލައިފި
Raajje

ނައީޝް ހޯދުމަށް ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބޭނުން ކުރަން އެމްޑީޕީން ގޮވާލައިފި

މިދިޔަ ބުރާސްފަތި ދުވަހުގެރޭ އައްޑޫ ސިޓީގައި އިހި ނަގަން އުޅެނިކޮށް ގެއްލުނު މުހައްމަދު ނައީޝް ނަސްރު ހޯދުމަށް ސަރުކާރުން އިހުމާލުވަމުންދާ ކަމަށް ބުނެ، ނައީޝް ހޯދުމަށް ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބޭނުން ކުރަން އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ރޭ ގޮވާލައިފިއެވެ. އުމުރުން 18 އަހަރުގެ ނާއިޝް ގެއްލިފައި ވަނީ އިތުރު ދެ ރަހުމަތްތެރިންނާއެކު ސ. ގަމުގެ ފުއްޓަރު ފަރާތު މޫދަށް އިހި ނަގަން ފައިބައިގެން އުޅެނިކޮށެވެ. ނައީޝް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން […]

ނައީޝް ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފި
Raajje

ނައީޝް ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފި

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އައްޑޫ ސިޓީގައި އިހި ނަގަން އުޅެނިކޮށް ގެއްލުނު މުހައްމަދު ނައީޝް ނަސްރު ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފިއެވެ. އުމުރުން 18 އަހަރުގެ ނާއިޝް ގެއްލިފައި ވަނީ އިތުރު ދެ ރަހުމަތްތެރިންނާއެކު ސ. ގަމުގެ ފުއްޓަރު ފަރާތު މޫދަށް އިހި ނަގަން ފައިބައިގެން އުޅެނިކޮށެވެ. ނާއިޝް ހޯދުމުގެ މަސައްކަތް ހުއްޓައިނުލާ ކުރިއަށް ގެންދާއިރު، އެމްއެންޑީއެފުން ރޭ 11:37 ގައި ބުނީ، އައްޑޫ ސިޓީގައި މޫދަށް ފޭބިފަހުން ގެއްލިގެން ހޯދަމުންދާ މުޙައްމަދު ނައީޝް ހޯދުމަށް […]

އިހި ނަގަން މޫދަށް ފޭބި ޒުވާނަކު ގެއްލިގެން ހޯދަނީ
Raajje

އިހި ނަގަން މޫދަށް ފޭބި ޒުވާނަކު ގެއްލިގެން ހޯދަނީ

އިހި ނަގަން މޫދަށް ފޭބި ޒުވާނަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި ގެއްލިގެން ހޯދަމުން ދަނީ އުމުރުން 18 އަހަރުގެ ސ. މަރަދޫ/ކުރެދުމާގޭ، މުޙައްމަދު ނައީޝް އެވެ. އޭނާ އިހި ނަގަން މޫދަށް ފޭބީ އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތަށް އިތުރު ދެ މީހުންނާއެކުގައިކަމަށް އެމްއެންޑީއެފުން ބުންޏެވެ. ނައީޝް ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމްއެނ...

ގެއްލިގެން ހޯދަނިކޮށް މުއްރަތު ހުޅުމާލޭ ޕޮލިހަށް ހާޒިރުވެއްޖެ
Raajje

ގެއްލިގެން ހޯދަނިކޮށް މުއްރަތު ހުޅުމާލޭ ޕޮލިހަށް ހާޒިރުވެއްޖެ

ގެއްލިގެން ހޯދަން ފުލުހުން މިއަދު ޢިއުލާންކުރި މުއްރަތު އަލީ، ނ. މިލަދޫ/ގުމުރީގެ، ހުޅުމާލެ ފުލުސް އޮފީހަށް ހާޒިރުވެއްޖެއެވެ. މުއްރަތު އަލީ ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުން ކުރަމުން އަންނާތީ، އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް މިއަދު ހެނދުނު ވަނީ އެދިފައެވެ. 30 އަހަރުގެ މުއްރަތު އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަށްވަނީ ރިޕޯޓުކޮށްފައި ވަނީ ޑިސެމްބަރު 6 ވަނަ ދުވަހު އެވެ. މިލަދޫ މީހަކު ގެއްލިގެން ހޯދަން ފަށައިފި އޭނާ ހޯދަމުން ދަނިކޮށް ހުޅުމާލެ […]

މިލަދޫ މީހަކު ގެއްލިގެން ހޯދަން ފަށައިފި
Raajje

މިލަދޫ މީހަކު ގެއްލިގެން ހޯދަން ފަށައިފި

މުއްރަތު އަލީ، ނ. މިލަދޫ/ގުމުރީގެ، ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަންފަށައިފިއެވެ. ގެއްލިގެން ހޯދަމުންދާ އުމުރުން 30 އަހަރު، މުއްރަތު އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ޑިސެމްބަރު 6 ވަނަ ދުވަހު ފުލުހުންނަށްވަނީ ރިޕޯޓުކޮށްފައެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނައިރު، މުއްރަތު އަލީ މަސައްކަތްކުރަނީ ތިލަފުށީގައި ބޭނުންކުރާ ކޮޅުވެއްޓިއެއްގައި ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާކަމަށް ފުލުހުން ބުނެއެވެ. ”އޭނާ އެންމެ ފ...

ގެއްލިގެން ހޯދި ވިސާމާ ފެނިއްޖެ
Raajje

ގެއްލިގެން ހޯދި ވިސާމާ ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ އާއިޝަތު ވިސާމާ (ކަދުރުމާގެ/ސ.ހިތަދޫ) މިރޭ ފެނިއްޖެ އެވެ. އުމުރުން 39 އަހަރުގެ ވިސާމާގެ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ޢާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓު ކުރީ މި މަހުގެ 19 ވަނަ ދުވަހު އެވެ. އެހެންވެ އޭނާ ހޯދުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ފުލުހުން މިރޭ އިރުއޮއްސި 6:03 ހާއިރު ވަނީ ވިދާޅުވެފައެވެ. އަދި މިރޭ 10:49 ގައި ފުލުހުން ވިދާޅުވީ ހޯދަމުން ދިޔަ ވިސާމާ ފެނިފައިވާ ކަމަށެވެ. އަންހެނަކު ގެއްލުނުތާ 7 […]

އަންހެނަކު ގެއްލުނުތާ 7 ވަނަ ދުވަސް، ހޯދަން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ
Raajje

އަންހެނަކު ގެއްލުނުތާ 7 ވަނަ ދުވަސް، ހޯދަން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

އައްޑޫ އަތޮޅަށް ނިސްބަތްވާ، އާއިޝަތު ވިސާމާ (ކަދުރުމާގެ/ސ.ހިތަދޫ) ގެެއްލިގެން އޭނާ ހޯދުމަށް، ފުލުހުންގެ ޚިދުމަތުގެ ފަރާތުން އާންމުންގެ އެހީތެރިކަށް މިއަދު އެދިއްޖެ އެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އުމުރުން 39 އަހަރުގެ ވިސާމާގެ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އެ އިދާރާއަށް މި މަހުގެ 19 ވަނަ ދުވަހު ވަނީ ޢާއިލާގެ ފަރާތުން ރިޕޯޓުކޮށްފައެވެ. އެހެންވެ އޭނާ ހޯދުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއެވެ. ”އާއިޝަތު ވިސާމާ ނޮވެމްބަރު 16 ވަނަ ދުވަހު […]

ކުޅުދުއްފުށީ ޢަބުދުﷲ ގެއްލުނުތާ 12 ދުވަސް، އަދިވެސް ނުފެނޭ
Thiladhunmathi News

ކުޅުދުއްފުށީ ޢަބުދުﷲ ގެއްލުނުތާ 12 ދުވަސް، އަދިވެސް ނުފެނޭ

ގެއްލިގެން ހޯދަމުން ދާ ހދ. ކުޅުދުއްފުށި ސިޓީ / ލަންދޫގެ، އަބްދުﷲ އިބްރާހިމް، އަދި ވެސް ނުފެންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އުމުރުން 39 އަހަރުގެ އަބުދުﷲ އިބްރާހިމް އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަ ރިޕޯޓުކޮށްފައި ވަނީ މި ނޮވެމްބަރު 3 ވަނަ ދުވަހު އެވެ. އެދުވަހުން ފެށިގެން ފުލުހުން ގެންދަވަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރައްވަމުންނެވެ. އަދި އެދުވަހު ފުލުހުން ވަނީ އެކަމުގައި އާންމުންގެ އެހީތެރިކަމަށް ވެސް އެދިލައްވާފަ ވެއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު […]

މަކުނުދޫ ޒުވާނަކު ގެއްލިގެން ހޯދަނީ
Raajje

މަކުނުދޫ ޒުވާނަކު ގެއްލިގެން ހޯދަނީ

ހދ. މަކުނުދޫ އަށް ނިސްބަތްވާ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ދިވެހި ފުުހުންގެ ހިދުމަތުން ވިދާޅުވީ ގެއްލިގެން ހޯދަނީ ހދ. މަކުނުދޫ / ސިތާރާމަންޒިލް، ނާޠިފް ޢަބްދުއްސަލާމް ކަމަށެވެ. އަދި އޭނާ އަކީ އުމުރުން 28 އަހަރުގެ ޒުވާނެއް ކަމަށެވެ. މީގެ އިތުރުން ނާތިފްގެ ޚަބަރެއް އާއިލާއަށް ނުވެ، ގެއްލިފައިވާ ކަމުގެ ރިޕޯޓު އެ އިދާރާއަށް ކޮށްފައިވަނީ ސެޕްޓެމްބަރ 17 ވަނަ ދުވަހު ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އެ އިދާރާ އިން […]