ފަނިއަލަ ހެއްދުމުގެ އުކުޅުތައް
ފަނިއަލައަކީ ފަލަމަޑި އަދި ރާއްޖޭގައި ހައްދައި އުޅޭ އަލައިގެ ބާވަތްތަކުން ހައްދަން އެންމެ ފަސޭހަ އެއް ބާވަތެވެ. ފަނިއަލައަކީ މީރު އަދި މަދުމަދުން ބޭނުންކުރުމަށް ޞިއްޙަތަށް ފައިދާހުރި ފަލަމަޑިއެކެވެ. ހަމަކޮންމެ މީހަކަށްވެސް ކާމިޔާބުކަމާއެކު ފަނިއަލަ އިންދައި ހެއްދިދާނެއެވެ. މި އުކުޅުތައް ބޭނުންކުރާށެވެ. އަލަ މުޑުވައްކުރުމަށް ބޭނުންކުރަނީ އަލަ ކަނޑާފައިވާ ގަހާއި އެގަހުގެ ބުޑުން ފަޅާފައި ހުންނަ ނިރު ނުވަތަ އަލަގަނޑު އޮތް ގޮތަށެވެ. ބޮޑު އަލަގަނޑެއް ނަމަ، އޭގެން ޓިޝޫކަލްޗަރ ކޮށްގެނެވެ. އެންމެ ރަނގަޅީ...