މީރާ މުވައްޒަފުންގެ އެހީތެރިކަން ފިޔަވައްޗަށް
ހުޅުމާލޭގެ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ބޭނުންވާ މުހިންމު ބައެއް ސާމާނު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މުވައްޒަފުން ހަދިޔާކޮށްފި އެވެ. މީރާގެ މުވައްޒަފުން ކޮންމެ އަހަރަކު ވެސް ހިންގަމުންދާ އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 56،300 ރުފިޔާގެ ތަކެތި ހަދިޔާ ކޮށްފައިވާ ކަމަށް މީރާއިން މައުލޫމާތު ދެއްވަ އެވެ. މީރާ އިން ވިދާޅުވެފައިވަނީ މި ތަކެތި ހަދިޔާ ކުރުމަށް ފިޔަވަތީގައި ބޭއްވި މި ހަރަކާތުގައި މީރާގެ މުވައްޒަފުން ވަނީ […]