ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަށް އޮތް 50 އަހަރު ރައްޔިތުންޓަކައި ހިންގައިދިނުމަށް ޓީމްއިން ގޮވާލައިފި
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އަންނަން އޮތް 50 އަހަަރު ޒިންމާދާރު، ދެމެހެއްޓެނިވި، އެންމެންގެ ލާބައާއި މަންފާއަށް ހިންގޭ 50 އަހަރުގެ ގޮތުގައި ހެދުމަށް ޓޫރިޒަމް އެމްޕްލޯއީ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ގޮވާލައިފި އެވެ. ގައުމީ ފަތުރުވެރިކަމުގެ ތަހުނިޔާ ކިޔުމަށް ނެރުނު ބަޔާނުގައި ބުނެފައިވަނީ ނިމިދިޔަ 50 އަހަރު މި ސިނާއަތް ދެމިއޮތީ ރިސޯޓު އޯނަރުން ނުވަތަ ވިޔަފާރިވެރިންނަށްޓަކައި ކަމަށެވެ. އެހެންކަމުން އަންނާން އޮތް 50 އަހަރު ޚާއްސަކޮށް މިގައުމުގެ ރައްޔިތުންނަށްޓަކައި ހިންގުމަށް ވަނީ...