އިޓަލީގެ ފަތުރުވެރިންނަށް ރާއްޖެ އައުމުގެ ހުއްދަ ދީފި
ގިނަ ދުވަސްތަކަކަށް ފަހު އިޓަލީ ފަތުރުވެރިންނަށް ރާއްޖެ އައުމުގެ ހުއްދަ އެ ގައުމުގެ ސަރުކާރުން ދީފިއެވެ. އިޓަލީގެ ހެލްތު މިނިސްޓްރީން ވަނީ އިޓަލީގެ ރައްޔިތުންނަށް ރާއްޖޭގެ އިތުރުން ފަސް ގައުމަކަށް ދަތުރުކުރުމުގައި ލުއިތައް ދީފައެވެ. އެއީ ސީޝެލްސް އާއި މޮރިޝަސް އާއި އިޖިޕްޓާއި އަރޫބާ އާއި ޑޮމިނިކަން ރިޕަބްލިކަން އެވެ. މިގެނައި ބަދަލުތަކާއެކު އިޓަލީން ރާއްޖެއަށް އާދެވޭނީ ތެރެއިން ކޯވިޑް ވެކްސިން ފުރިހަމަކޮށްފައި ތިބި، ނެގެޓިވް ޕީސީއާރް ޓެސްޓު އޮންނަ ފަތުރުވެރިންނަށެވެ. އެގޮތުން، ފުރުމުގެ 48 ގަޑިއި...