ބަޖެޓް 2022: ހދ. އަތޮޅު 12 ރަށުގައި އަލަށްފަށާ 29 މަޝްރޫޢުއެއް
އަންނަ 2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި، ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ހދ. އަތޮޅުގެ 12 ރަށުގައި އަލަށް 29 މަޝްރޫޢުއެއް ހިންގަން ހިމަނައިފިއެވެ. މިގޮތުން ފިނޭންސް މިނިސްޓްރީން އާންމު ކުރަށްވާފައިވާ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފޮތުގައި ހދ. އަތޮޅުގެ 12 ރަށުގައި އަންނަ އަހަރު ފެށުމަށް އަލަށް ހިމެނި މަޝްރޫޢުތަތަކީ، ހދ. ހަނިމާދޫ ހަނިމާދޫ ހޮސްޕިޓަލްގެ އައު އިމާރާތް (އަލަށްފަށާ)، 6،592،584 ރުފިޔާ ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ލައިޓިން […]