އިކޮނޮމީ ކްލާހުން ބޭރަށް ފުރާ ދިވެހިން އަތުން ނަގާ ފީއަށް ބަދަލެއް ނާދޭ: އަމީރު
އިކޮނޮމީ ކްލާހުން ރާއްޖެއިން ބޭރަށްފުރާ ދިވެހިންގެ އަތުން ނަގަމުން އަންނަ އެއްވެސް ފީއަކަށް ބަދަލު އައިސްފައި ނުވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނުއަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ތަސްދީޤު ކުރަށްވާފައެވެ. އެ ޤާނޫނަށް ގެނައި އިސްލާހާއި ގުޅިގެން ރާއްޖޭން ބޭރަށް ފުރާ ދިވެހިންގެ އަތުން ނަގާ ފީވެސ...