Skip to main content
Topic Archive

#ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީ

63 Stories filed
އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާއަޅައިފި
Thiladhunmathi News

އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާއަޅައިފި

ހއ. އިހަވަންދޫގައި އަލަށް ގާއިމްކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅައިފިއެވެ. މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިދިޔަ އަންގާރަ ދުވަހު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހަތް ވަނަ މަންޒިލެއްގެ ގޮތުގައި އިއްޔެ ހަވީރު އިހަވަންދޫ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. މިތަނުގެ ބިންގާ އަޅުއްވައިދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ. އިއްޔެ އިހަވަންދޫ ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި މިތަނާ...

މެރިކަލްޗަރގެ މަސައްކަތް ކުރަން ބޭނުންވާ ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް
Thiladhunmathi News

މެރިކަލްޗަރގެ މަސައްކަތް ކުރަން ބޭނުންވާ ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް

ބޮޑުތިލަދުންމަތި ހިމެނޭހެން މެރިކަލްޗަރ ސިނާއަތް ތައްރައްގީ ކުރުމަށް ރާއްޖޭގެ ހަތަރު ސަރަހައްދެއް ކަނޑައަޅާފައިވާއިރު، މެރިކަލްޗަރގެ މަސައްކަތް ކުރަން ބޭނުންވާ ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު، އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ރާއްޖޭގައި މެރިކަލްޗަރ ސިނާއަތް ތަރައްގީ ކުރުމަށް ވަޒީރުންގެ މަޖިލީހުން ކަނޑައަޅުއްވާފައިވާ ހަތަރު ސަރަހަދުގެ ތެރޭގައި ހިމެނެނީ ބޮޑުތިލަދުންމަތި، ރ.އަތޮޅު، މ.އަތޮޅުގެ އިތުރުން ތ.އަތޮޅެވެ. ވަޒީރުންގެ މަޖި...

މަސް ފިނިކުރާ ނިޒާމުގެ ލޯނު 13 ފަރާތަކަށް
Raajje

މަސް ފިނިކުރާ ނިޒާމުގެ ލޯނު 13 ފަރާތަކަށް

އާރްއެސްޑަބްލިޔު ފެސިލިޓީގެ ދަށުން ލޯނަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން 13 ފަރާތަކަށް ލޯނު ލިބުނުކަމުގެ ލިއުން މިއަދު ހަވާލުކޮށްފިއެވެ. މިއީ މަސްވެރިން ބާނާ މަސް ތާޒާކަންމަތީގައި ބެހެއްޓުމަށް އޮޑިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ފަހިކޮށްދޭ ފުރުސަތުތަކުގެ ތެރެއިން ފުރުސަތެކެވެ. މިއަދު މެންދުރު ރައީސް އޮފީހުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި މުރާބަޙާ އާރް.އެސް.ޑަބްލިއު ފައިނޭންސިންގ ފެސިލިޓީގެ ދަށުން ފައިނޭންސިން...

ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭ ގޮތް ހެދުމުގެ މަޝްރޫޢު އިފްތިތާޙްކޮށްފި
Raajje

ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭ ގޮތް ހެދުމުގެ މަޝްރޫޢު އިފްތިތާޙްކޮށްފި

ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭ ގޮތް ހެދުމުގެ މަޝްރޫޢު މިއަދު އިފްތިތާޙްކޮށްފިއެވެ. ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮ ރައްކާކުރެވޭނޭ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސް.ޓީ.އޯ)ގެ މެނޭޖިންގް ޑިރެކްޓަރ ޝިމާދް އިބްރާހިމް ވިދާޅުވީ، މި މަޝްރޫޢުގެ އަމާޒަކީ ފެބްރުއަރީ 2026 ގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފިއުލް ސެޓަޕް ޤާއިމުކޮށް، މަސްވެރިންނާއ...

މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ ނުވަ ގުނަ އިތުުރުކުރެވޭނެ: ޝިޔާމް
Raajje

މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ ނުވަ ގުނަ އިތުުރުކުރެވޭނެ: ޝިޔާމް

ފެސިލިޓީތަކުގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ނިމުމުން މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ ނުވަ ގުނަ އިތުުރުކުރެވޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަޙްމަދު ޝިޔާމް އިއްޔެ ވިދާޅުވެއްޖެއެވެ. އެ ވުޒާރާގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދެއްވުމަށް މިނިސްޓަރު އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ދެއްކެވި ވާހަކާގައި ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތުގައި ސަރުކާރުން ހާސިލްކުރަން ބޭނުނ...

ކަނދުފަތިތައް އެޅުމުގެ މަސައްކަތަށް ހާއްސަ ސެންޓަރެއް ފުނަދޫ ގާއިމުކުރަނީ
Thiladhunmathi News

ކަނދުފަތިތައް އެޅުމުގެ މަސައްކަތަށް ހާއްސަ ސެންޓަރެއް ފުނަދޫ ގާއިމުކުރަނީ

ކަނދުފަތިތައް އެޅުމުގެ މަސައްކަތަށް ހާއްސަ ސެންޓަރެއް ށ. ފުނަދޫގައި ގާއިމުކުރަން ނިންމާފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 43 ވަނަ ޖަލްސާގައި ވަޒީރާއި ސުވާލު ކުރުމުގެ ވަގުތުގައި މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީޤް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، އެކި ސަރަހައްދުގައި ވަދު ކަނދުފަތި އެޅުމަށް ހުށަހެޅުންތައް ވަރަށް ގިނައިން ލިބިފައިވާ ކަމަށެވެ. މި ސަރުކާރާއި ހަވާލުވިއި...

އިހަވަންދޫގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ގާއިމް ކުރަން ބޭނުންވާ ފަންޑް ވަނީ ހަމަޖެހިފައި: ޝިޔާމް
Thiladhunmathi News

އިހަވަންދޫގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ގާއިމް ކުރަން ބޭނުންވާ ފަންޑް ވަނީ ހަމަޖެހިފައި: ޝިޔާމް

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި މި ސަރުކާރުން ގާއިމްކުރަން ނިންމާފައިވާ 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް އެޅުމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަލީ މޫސާ ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރ ވިދާޅުވީ އައިއެސްޑީބީގެ އެހީގެ ދަށުން އިހަވަންދޫގައި ގާއިމްކުރަން ނިންމާފައިވާ 500 ޓަ...

މަސްވެރިންނަށް ނުދެވި ހުރި ޖުމްލަ ފައިސާ މިފްކޯއާއި ހަވާލުކޮށްފި
Raajje

މަސްވެރިންނަށް ނުދެވި ހުރި ޖުމްލަ ފައިސާ މިފްކޯއާއި ހަވާލުކޮށްފި

މިއަދާ ހަމައަށް މަސްވެރިންނަށް ނުދެވިހުރި ފައިސާގެ ޖުމުލަ އަދަދު މިފްކޯއާއި ހަވާލުކޮށްފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މި ފައިސާ މިފްކޯ އާއި ހަވާލުކޮށްފައިވާކަން ރައީސް ހާމަކުރެއްވީ އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ރައީސް ވިދާޅުވީ، މިއަދާ ހަމައަށް މަސްވެރިންނަށް ނުދެވިހުރި ފައިސާގެ ޖުމުލަ އަދަދު މިހާރު ވަނީ އެ ފަރާތްތަކަށް ރަށްދުކުރުމަށް މިފްކޯއަށް ޙަވާލުކޮށްފައެވެ. ”މެނިފެސްޓޯގައިވާ ފަދައިން 48 ގަޑި އިރު ތެރޭގައި ދެމެހެއްޓެނިވި ގޮތެއ...

މެރިކަލްޗަރ ތަރައްޤީކުރަން ބޮޑުތިލަދުންމަތި ހިމެނޭހެން ހަތަރު ޒޯނެއް
Thiladhunmathi News

މެރިކަލްޗަރ ތަރައްޤީކުރަން ބޮޑުތިލަދުންމަތި ހިމެނޭހެން ހަތަރު ޒޯނެއް

ރާއްޖޭގައި މެރިކަލްޗަރގެ ވިޔަފާރިތައް ޤާއިމުކުރުމަށް މެރިކަލްޗަރ ތަރައްޤީކުރުމަށް ހަތަރު ޒޯނެއް ކަނޑައަޅައިފިއެވެ. މި ޒޯންތައް ކަނޑައަޅާފައި ވަނީ ސެޕްޓެންބަރު 30 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ. މިގޮތުން ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގައި މެރިކަލްޗަރގެ ވިޔަފާރިތައް ޤާއިމުކުރުމަށް މެރިކަލްޗަރ ތަ...

ފުނަދޫ ހިމެނޭހެން ތިން ރަށެއްގައި އައިސްޕްލާންޓް އަޅަން ހަވާލުކޮށްފި
Thiladhunmathi News

ފުނަދޫ ހިމެނޭހެން ތިން ރަށެއްގައި އައިސްޕްލާންޓް އަޅަން ހަވާލުކޮށްފި

ށ.ފުނަދޫ ހިމެނޭހެން ތިން ރަށެއްގައި އައިސްޕްލާންޓާއި އައިސް ސްޓޯރޭޖު ހަދަން ފިޝަރީޒް މިނިސްޓްރީން މިފްކޯއާއި ހަވާލުކޮށްފިއެވެ. ފިޝަރީޒް މިނިސްޓްރީން ވަނީ ށ.ފުނަދޫގެ އިތުރުން ދ.ބަނޑިދޫ އަދި ދ.މީދޫގައި 30 ޓަނުގެ އައިސްޕްލާންޓްގެ އިތުރުން 50 ޓަނުގެ އައިސް ސްޓޯރޭޖް އަޅަން ނިންމާފައެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ވަނީ މިނިސްޓްރީއާއި މިފްކޯއާއި ދެމެދު ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނި ހިންގެވުމާއި މިވަގުތު ހަވާލުވެ ހުންނެވި ޗީފް ފައިނޭންޝަލް އޮފިސ...

މާލީ މަންފާއަށްވުރެ ރައީސް އިސްކުރެއްވީ ސިނާއަތުގައި ހުރި ކަންބޮޑުވުންތައް: ޝިޔާމް
Raajje

މާލީ މަންފާއަށްވުރެ ރައީސް އިސްކުރެއްވީ ސިނާއަތުގައި ހުރި ކަންބޮޑުވުންތައް: ޝިޔާމް

ލޭނު މަސްވެރިކަމުން ލިބެންއޮތް މާލީ މަންފާއަށްވުރެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިސްކުރެއްވީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތައް ކަމުގައި ފިޝަރީސް މިނިސްޓަރ އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވައިލަން، ވަޒީރުންގެ މަޖިލީހުން ނިންމެވީ މި އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު ބޭއްވި، ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. ނަމަވެސް ލޭނު އަޅައިގެން މަސްވެރިކަން ކުރަން ސަރުކާރުން ހުޅުވައިލަނ...

ފަސް ސަރަހައްދެއްގައި ސްޕޯޓްސް ފިޝިން ތަރައްގީކުރަނީ
Raajje

ފަސް ސަރަހައްދެއްގައި ސްޕޯޓްސް ފިޝިން ތަރައްގީކުރަނީ

ސްޕޯޓްސް ފިޝިންއަށް ރާއްޖޭގެ ފަސް ސަރަހައްދެއް ތަރައްގީކުރަން ނިންމާފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު ޝިޔާމް މިހެން ވިދާޅުވީ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ދިިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ކުރިއަށް ގެންދިޔަ މި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ، ރާއްޖޭގައި މިހާރު ހަރަކާތްތެރިވާ ސްޕޯޓްސް ފިޝިން ކޮމިއުނިޓީއަށާއި އިންޓަރނޭޝ...

މަަސްދޯނިތަކުގައި ފެން ފިނިކުރާ ނިޒާމު ހަރުކުރަން ހާއްސަ ލޯނު ސްކީމެއް ތައާރަފްކުރަނީ
Raajje

މަަސްދޯނިތަކުގައި ފެން ފިނިކުރާ ނިޒާމު ހަރުކުރަން ހާއްސަ ލޯނު ސްކީމެއް ތައާރަފްކުރަނީ

މަސްދޯނީގެ ވަތުގައި ރެފްރިޖަރޭޓެޑް ސީވޯޓާ (އާރްއެސްޑަބްލިއު) ސިސްޓަމް ނުވަތަ ފެން ފިނިކުރާ ނިޒާމު ހަރުކުރުމަށް ހާއްސަ ލޯނު ސްކީމެއް ވަރަށް އަވަހަށް ތައާރަފްކުރާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނީ، މަސްވެރި ވުޒާރާއިން ދޯނިތަކުގައި އާރްއެސްޑަބްލިއު އެޅުމަށް ޚާއްސަ ލޯން ސްކީމެއް ވަރަށް އަވަހަށް ތައާރަފްކުރާނެ ކަމަށެވެ. އެސްޑީއެފްސީ މެދުވެރިކޮށް ހުޅުވާލާ މި ލޯނު ސްކީމުގެ ދަށުން މަސްވެރިންނަށް ވަރަށް ލުއ...

މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތަޢުލީމު އުނގެނުމުގެ ފުރުސަތު ހުޅުވާލައިފި
Raajje

މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތަޢުލީމު އުނގެނުމުގެ ފުރުސަތު ހުޅުވާލައިފި

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން، މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތަޢުލީމު އުނގެނުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފިއެވެ. ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް މަޝްރޫޢުގެ ދަށުން ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހޯދަން އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މި ޕްރޮޖެކްޓްގެ ދަށުން ސްކޮލާޝިޕްގެ ތިން ޖާގަ ވަނީ ހުޅުވާލާފައެވެ. އެއީ ފިޝަރީޒް ސައިންސްގެ ރޮނގުން ބެޗްލާސް ޑިގްރީ ހެދުމުގެ ދެ...

ކުޅުދުއްފުށީ މަށި މާލި ޕެރޭޑުން ދިނީ ބިނާކުރުވަނިވި ފާޑުކިޔުމުގެ މެސެޖުތަކެއް: ވަޒީރު ޝިޔާމް
Thiladhunmathi News

ކުޅުދުއްފުށީ މަށި މާލި ޕެރޭޑުން ދިނީ ބިނާކުރުވަނިވި ފާޑުކިޔުމުގެ މެސެޖުތަކެއް: ވަޒީރު ޝިޔާމް

މިއަހަރު ބޮޑު އީދުގައި ހދ. ކުޅުދުއްފުށި ސީޓިގައި އިއްޔެ ބޭއްވި މަށި މާލި ޕެރޭޑުން ދިނީ ބިނާކުރުވަނިވި ފާޑުކިޔުމުގެ މެސެޖުތަކެއްކަމަށް  މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިހެން ވިދާޅުވީ، އޮންލައިން ނޫހަކުން ގެނެސްދީފައިވާ މަށި މާލި ޕެރޭޑާއި ގުޅޭ ޚަބަރަކަށް އިޝާރާތް ކުރަށްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އިއްޔެ ކުޅުދުއްފުށީ ސިޓީގައި އޮތް މި ޕެރޭޑްގައި ދައްކާލި ފުޅަނދުތަކުންނާއި، ޕެރޭޑްގެ ބައިވެރިން ދިން މެސެޖުތަކުގައި ސަރުކާރުގެ ވައުދު...