ހަނގުރާމައާ ގުޅިގެން ތަރައްގީގެ ޕްރޮޖެކްޓުތައް ހުއްޓާލާން ނުޖެހޭނެކަމުގެ ޔަގީންކަން ދީފި
މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގައި ކުރިއަށްދާ ތަރައްގީގެ އެއްވެސް ޕްރޮޖެކްޓެއް ހުއްޓާލަން ނުޖެހޭނެކަމުގެ ޔަގީންކަން މާލީ ވަޒީރު މޫސާ ޒަމީރު ދެއްވައިފި އެެވެ. ހަނގުރާމައިގެ ސަބަބުން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތައް ބަލައި، ޚާއްޞަ ފިޔަވަޅުތައް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ހަނގުރާމައިގެ ދުވަސްވަރު ވެސް ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަ...