އަޤްޞާ މިސްކިތުގެ "ސާހިބުންނަކީ ތިމަންމެން" ކަމަށް ޖައްބާރު ބެން-ގްވީރު ބުނެފި
އެމެރިކާއާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް އިޢުލާންކުރުމާ ގުޅިގެން، އިސްތިޢުމާރުކޮށްފައިވާ އިރުމަތީ ގުދުސްގައި ހުރި މުޤައްދަސް ބިނާތައް އަލުން ހުޅުވާލައި، ހުޅަނގު އައްސޭރީގައި ހުރި ދަތުރުފަތުރުގެ ބައެއް ހުރަސްތައް ނައްތާލައިފިއެވެ. މި ނިންމުމާއެކު، އޭޕްރީލް 9 ވީ ހުކުރު ދުވަހު، ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް 100،000 އަށްވުރެ ގިނަ މުސްލިމުން ވަނީ އަލްއަޤްޞާ މިސްކިތުގެ ގޯތިތެރެއަށް ހުކުރު ނަމާދަށް ޖަމާވެފައެވެ. މީގެ އިތުރުން ‘ހޮލީ ވީކް’ އާ ދިމާކޮށް ބަންދުކޮށްފައ...