އަޤްޞާ މިސްކިތް ކައިރީގައިވާ ފަލަސްޠީނުގެ ބިންތައް އަތުލުމަށް އިސްރާއީލުން ނިންމުމަކީ ނަސްލު ނައްތާލުން: ފަލަސްޠީން
އިސްތިޢުމާރުކޮށްފައިވާ އިރުމަތީ ގުދުސްގައި ހުންނަ އަލްއަޤްޞާ މިސްކިތް ކައިރީގައި ހުރި ފަލަސްޠީނުގެ ބިންތަކާއި ޢިމާރާތްތައް އަތުލުމަށް އިސްރާއީލުން ނިންމި ނިންމުން ފަލަސްޠީނުގެ ފޮރިން މިނިސްޓްރީން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ނިންމުމަކީ “ނަސްލު ނައްތާލުމުގެ” އަމަލެއްގެ ގޮތުގައި އެ މިނިސްޓްރީން ވަނީ ސިފަކޮށްފައެވެ. އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ފަލަސްޠީނުގެ ފޮރިން މިނިސްޓްރީން ބުނީ، ގުދުސްގެ ބާޒާރުމަތީ ސަރަޙައްދުގައި ހިމެނޭ ބާބުލް ސިލްސިލާ އަވަށުގެ ބިންތައް އަތުލުމަށް އިސްރާއީލ...