Skip to main content
Topic Archive

#ފަލަސްތީނު

441 Stories filed
ދެ އަހަރަށްފަހު ޣައްޒާގެ އިސްލާމިކް ޔުނިވަރސިޓީގައި ފިޒިކަލް ކްލާސްތައް ފަށައިފި
International

ދެ އަހަރަށްފަހު ޣައްޒާގެ އިސްލާމިކް ޔުނިވަރސިޓީގައި ފިޒިކަލް ކްލާސްތައް ފަށައިފި

އިސްރާއީލުގެ ޤަތުލުއާންމުގެ ސަބަބުން ކުރިމަތިވި މަޖުބޫރީ ހާލަތާއެކު ދެ އަހަރު ދުވަހުގެ މުއްދަތަކަށް މެދުކަނޑާލުމަށްފަހު، ޣައްޒާގެ އިސްލާމިކް ޔުނިވަރސިޓީގައި ދަރިވަރުން ހާޒިރުކޮށްގެން އަލުން ކިޔަވައިދޭން ފަށައިފިއެވެ. އިސްރާއީލުން ގަސްދުގައި ދިން ހަމަލާތަކުގައި ވަނީ ޣައްޒާގެ ތަޢުލީމީ ބިނާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް އިމާރާތްތަކެއް ހަލާކުވެފައެވެ. ހަނގުރާމައިގެ އަސަރުތައް އަދިވެސް ފެންނަން ހުރިއިރު، އެތައް ސަތޭކަ ދަރިވަރުން ވަނީ މަރާމާތުކުރެވިފައިވާ، ނަމަވެސް ފާރުތަކުގައި ރެނދުލާފައިވ...

އިސްރާއީލާ ދެކޮޅު ކެމްޕޭނާއި ގުޅިގެން ގެއްލުން ބޮޑުވެ ތުރުކީގައި ހުންނަ ލިޕްޓަންގެ ފެކްޓްރީތައް ވިއްކާލައިފި
International

އިސްރާއީލާ ދެކޮޅު ކެމްޕޭނާއި ގުޅިގެން ގެއްލުން ބޮޑުވެ ތުރުކީގައި ހުންނަ ލިޕްޓަންގެ ފެކްޓްރީތައް ވިއްކާލައިފި

އިސްރާއީލުން ޣައްޒާގައި ނަސްލު ނައްތާލުމުގެ އަމަލުތައް ހިންގަމުންދާތީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ހިނގަމުންދާ ބޮއިކޮޓް ކެމްޕޭނުގެ ނަތީޖާއެއްގެ ގޮތުން، 39 އަހަރަށްވުރެ ގިނަ ދުވަހު ތުރުކީގައި ސައިގެ އުފެއްދުންތައް އުފައްދަމުން އައި ލިޕްޓަން ޓީޒް އެންޑް އިންފިއުޝަންސް ކުންފުނިން އެ ޤައުމުގައި ހުރި އެ ކުންފުނީގެ ދެ ސައި ފެކްޓަރީ ވިއްކާލައިފިއެވެ. މި ފެކްޓަރީތައް ވިއްކާލާފައިވަނީ ތުރުކީގެ ލޯކަލް ކުންފުންޏެއް ކަމަށްވާ އޮޒް-ގުރް ޗައި އަށެވެ. މި މުޢާމަލާތް ފުރިހަމަވުމަށް ތުރުކީގެ...

އިޒްރޭލުން ޑްރޯނުންނާއި މިސައިލުން ހަމަލާދީ ފަލަސްތީނު އިތުރު 24 މީހަކު ޝަހީދުކޮށްލައިފި
International

އިޒްރޭލުން ޑްރޯނުންނާއި މިސައިލުން ހަމަލާދީ ފަލަސްތީނު އިތުރު 24 މީހަކު ޝަހީދުކޮށްލައިފި

އިޒްރޭލުގެ ޑްރޯން އަދި މިސައިލް ހަމަލާތަކެއްގައި، ފަލަސްތީނުގެ ޣައްޒާގައި މަދުވެގެން 24 ފަލަސްތީނު މީހުން ޝަހީދުކޮށްލައިފިއެވެ. މި ހަމަލާތަކުގައި އެތައް ބަޔަކަށް އަނިޔާވެފައިވާކަމަށް ރިޕޯޓުތައް ބުނާއިރު، މިއީ މިދިޔަ މަހު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް އިޒްރޭލުން ދެމުންދާ ހަމަލާތަކެކެވެ. އިޒްރޭލުގެ ޑްރޯން އަދި މިސައިލް ހަމަލާތަކެއްގައި އުތުރު ޣައްޒާ އާއި މެދުތެރޭ ޣައްޒާގެ އެކި ހިސާބުތަކުން މަދުވެގެން 24 ފަލަސްތީނު މީހުން ޝަހީދުކޮށްލައި، އެތައް ބަޔަކަށް އެކިވަރުގެ އަނިޔާވެފައި...

ފަލަސްތީނުގެ ގައުމީ ޓީމު ޖީލެއްގެ ތެރޭ ޔޫރަޕްގައި ކުޅުނު ފުރަތަމަ މެޗު ސްޕޭންގައި، ފެނުނީ ގާޒާ އަށް އޮތް ލޯބި 
Sports

ފަލަސްތީނުގެ ގައުމީ ޓީމު ޖީލެއްގެ ތެރޭ ޔޫރަޕްގައި ކުޅުނު ފުރަތަމަ މެޗު ސްޕޭންގައި، ފެނުނީ ގާޒާ އަށް އޮތް ލޯބި 

ފަލަސްތީނުގެ ގައުމީ ފުޓްބޯޅަ ޓީމުން ޖީލެއްގެ ތެރޭގައި ޔޫރަޕްގައި ކުޅުނު ފުރަތަމަ މެޗު، މިދިޔަ ހޮނިހިރު ދުވަހު ސްޕެއިންގެ ބިލްބާއޯގައި، ސަން މަމޭސް ސްޓޭޑިއަމްގައި ބާސްކް ކަންޓްރީއާ ދެކޮޅަށް ކުޅެފިއެވެ. އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ގަތުލު އާންމުގައި އިސްރާއީލާ ދެކޮޅަށް އަޑުއުފުލުން އެންމެ ގަދަވެފައިވާ އެއް ގައުމަކީ ސްޕޭނެވެ. މި މެޗުން ވެސް ވަނީ ސްޕޭން އާންމު ރައްޔިތުންގެ ހިތުގައި ގާޒާ އަށް އޮތް ލޯބި ދައްކާލަދީފައެވެ. މި މެޗު ޢިއުލާން ކުރުމާއެކު މެޗުގެ ޓިކެޓް […]

ހުޅަނގު އައްސޭރީގައި ފަލަސްތީނު ކުއްޖެއްގެ ގަޔަށް ފަހަތުން ބަޑިޖަހައި ޝަހީދުކޮށްލައިފި
International

ހުޅަނގު އައްސޭރީގައި ފަލަސްތީނު ކުއްޖެއްގެ ގަޔަށް ފަހަތުން ބަޑިޖަހައި ޝަހީދުކޮށްލައިފި

ވެސްޓް ބޭންކްގެ ދެކުނުގެ ހެބްރޯން ސިޓީގައި އިސްރާއީލުގެ ޖައްބާރު ސިފައިން ފަހަތުން ބަޑިޖަހައި ފަލަސްތީނުގެ އެގާރަ އަހަރުގެ އައިމަން ނާސިރު އަލް-ހައިމޫނީ ޝަހީދުކޮށްލައިފިއެވެ. މިއީ 2025 ވަނަ އަހަރު ފެށުނީއްސުރެ ވެސްޓް ބޭންކްގައި އިސްރާއީލީ ސިފައިން މިގޮތަށް އަމާޒުކޮށް ސީދާ ވަޒަން ޖަހައި ޝަހީދުކޮށްލި 16 ފަލަސްޠީނު ކުޑަކުދިންގެ ތެރެއިން އެކަކެވެ. ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ޖަމްޢިއްޔާއަކުން ފާހަގަކުރާ ގޮތުގައި މި ކުދިން “އިސްރާއީލް ސިފައިންނަށް އެއްވެސް ޙަޤީޤީ ނުރައްކަލެއް ކުރިމަތިކޮށްފަ...

ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް އިތުރަށް މަސައްކަތް ކުރުމަށް ޤައުމުތަކަށް ރައީސް ގޮވައިލައްވައިފި
Raajje

ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް އިތުރަށް މަސައްކަތް ކުރުމަށް ޤައުމުތަކަށް ރައީސް ގޮވައިލައްވައިފި

ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް އިތުރަށް މަސައްކަތް ކުރުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވައިލައްވައިފިއެވެ. ރައީސް މިފަދައިން ގޮވައިލެއްވީ ފަލަސްޠީނުގެ މިނިވަންކަން އިޢުލާންކުރި ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އެ އެމަނިކުފާނުގެ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓްގައި ރައީސް މުޢިއްޒު ވަނީ، ފަލަސްޠީނުގެ ރައްޔިތުންނަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދު ކުރައްވާނެކަމުގެ ޔަޤީންކަން ތަކުރާރުކުރައްވާފައެވެ. އަދި ޢަދުލުވެރިކަމާއި އިންސާ...

އިންޑޮނޭޝިޔާ އިން ޣައްޒާ އަށް 20،000 ސިފައިން ފޮނުވަން ތައްޔާރުވަނީ
International

އިންޑޮނޭޝިޔާ އިން ޣައްޒާ އަށް 20،000 ސިފައިން ފޮނުވަން ތައްޔާރުވަނީ

އިންޑޮނޭޝިއާއިން ދަނީ ޣައްޒާގައި ބައިނަލްއަޤްވާމީ ސުލްހަ ބަލަހައްޓާނެ ބާރެއް، ޕްލޭންޑް އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް (އައިއެސްއެފް) ޤާއިމުކުރުމަށް ތައްޔާރުވަމުން ކަމަށް އެ ޤައުމުން ބުނެފިއެވެ. އިންޑޮނޭޝިއާގެ ދިފާޢީ ވަޒީރު ޝަފްރީ ޝަމްސުއްދީން ހުކުރު ދުވަހު ނޫސްވެރިންނަށް ވިދާޅުވީ، ޣައްޒާ އަށް ފޮނުވުމަށް އެ ގައުމުގެ 20,000 ސިފައިން ތައްޔާރުކުރަމުން ކަމަށެވެ. އަދި އިޒްރޭލުގެ ދެ އަހަރަށްވުރެ ގިނަ ދުވަހުގެ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ ފަލަސްޠީނުގެ ސަރަޙައްދަށް މި ސ...

ނަތަންޔާހޫ އާއި އިސްރާއީލުގެ 36 އޮފިޝަލަކު ހައްޔަރުކުރުމުގެ އަމުރެއް ތުރުކީން ނެރެފި
International

ނަތަންޔާހޫ އާއި އިސްރާއީލުގެ 36 އޮފިޝަލަކު ހައްޔަރުކުރުމުގެ އަމުރެއް ތުރުކީން ނެރެފި

އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެހެނިހެން އިސް އިސްރާއީލީ އޮފިޝަލުންގެ މައްޗަށް ހައްޔަރުކުރުމުގެ އަމުރެއް ތުރުކީވިލާތުން ނެރެފައެވެ. މި އަމުރަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ހަމަލާތަކާ ގުޅިގެން ނެރެފައިވާ އަމުރެކެވެ. ހުކުރު ދުވަހު އިސްތަންބުލް ޕްރޮސެކިއުޓަރގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ޖުމްލަ 37 މީހެއްގެ މައްޗަށް މި އަމުރުތައް ނެރެފައިވެއެވެ. މި ލިސްޓުގައި ނަތަންޔާހޫގެ އިތުރުން އިސްރާއީލުގެ...

ޣައްޒާގައި މިލިއަނަކަށްވުރެ ގިނަ މީހުންނަށް ނަފްސާނީ ފަރުވާ ބޭނުންވޭ: އދ.
International

ޣައްޒާގައި މިލިއަނަކަށްވުރެ ގިނަ މީހުންނަށް ނަފްސާނީ ފަރުވާ ބޭނުންވޭ: އދ.

އިސްރާއީލުން ޣައްޒާއަށް ކުރިމަތިކުރުވާފައިވާ ދިގުދެމިގެންވާ ލާއިންސާނީ ހާލަތުގެ ސަބަބުން ޣައްޒާގައި ނަފްސާނީ ފަރުވާ ބޭނުންވާ މީހުންގެ އަދަދު އެއް މިލިއަނަށްވުރެ އިތުރުކަމަށް އދ. އިން ބުނެފިއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) އާއި އދ. ގެ ކުޑަކުދިންގެ ޖަމްޢިއްޔާ (ޔުނިސެފް) އިން ނެރެފައިވާ ރިޕޯޓުތަކަށް ބަލާއިރު، ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ދިމާވާ ނަފްސާނީ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ހާމަވެއެވެ. ޑަބްލިއު.އެޗް.އޯ އިން ހާމަކުރި ގޮތުގައި، ޣައްޒާގައ...

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ފަހުން ޝަހީދުކޮށްލި ފަލަސްތީނު ރައްޔިތުންގެ އަދަދު 93 އަށް އަރައިފި
News

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ފަހުން ޝަހީދުކޮށްލި ފަލަސްތީނު ރައްޔިތުންގެ އަދަދު 93 އަށް އަރައިފި

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި، ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ފަހުން ވެސް 93 ފަލަސްޠީނު ރައްޔިތުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްޙަތު މިނިސްޓްރީން ބުނެފިއެވެ. މި އަދަދުތަކަކީ އޮކްޓޯބަރު 10 ގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ފަހުން، އިސްރާއީލުގެ ޙަމަލާތަކުގައި މަރުވި މީހުންގެ އަދަދެވެ. ޣައްޒާގެ ސިއްޙީ އޮފިޝަލުން ބުނާ ގޮތުގައި، ގޮތުގައި ރޭ ފަތިހުން ފެށިގެން ޣައްޒާގެ އެކި ސަރަޙައްދުތަކުގައި އިސްރާއީލުގެ ބާރުތަކުން މަދުވެގެން 6 ފަލަސްޠީނު މީހުންނަށް ވަނީ ވަޒަން އަމާ...

ފަލަސްޠީނަށް ތާއީދުކުރާ ކޮނޮލީ އަޔަލެންޑްގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރަށްވައިފި
International

ފަލަސްޠީނަށް ތާއީދުކުރާ ކޮނޮލީ އަޔަލެންޑްގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރަށްވައިފި

އަޔަލެންޑްގެ ވައަތުފިޔައިގެ ޕާޓީތަކުގެ ތެރެއިން ޝިން ފެއިން ހިމެނޭގޮތަށް ގިނަ ޕާޓީތަކުގެ ތާއީދު ހޯއްދަވައިގެން، ފަލަސްޠީނަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ވައަތުފިޔަގެ މިނިވަން ކެންޑިޑޭޓް ކެތަރިން ކޮނޮލީ އެ ޤައުމުގެ ރިޔާސީ އިންތިޚާބުގައި މެދުމިނުގެ ކަނާތުފިޔައިގެ ވާދަވެރިޔާއާ ވާދަކުރައްވައި ބޮޑު ތަފާތަކުން ކާމިޔާބު ހޯއްދަވައިފިއެވެ. ރަސްމީ ނަތީޖާތަކުން ދައްކާގޮތުގައި އަޔަލެންޑްގެ ގިނަ ވޯޓަރުން ވަނީ ކޮނޮލީއަށް ރައީސްކަމަށް ތާއީދުކޮށްފައެވެ. ބާތިލް ވޯޓުތައް އުނިކުރުމަށްފަހު، ކޮނޮލީ ވަނީ ފުރަތަމަ ޕް...

ހުޅަނގު އައްސޭރި އިސްރާއީލާއި ގުޅުވާލައި އިސްރާއީލުގެ ބައެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ފަށައިފި
International

ހުޅަނގު އައްސޭރި އިސްރާއީލާއި ގުޅުވާލައި އިސްރާއީލުގެ ބައެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ފަށައިފި

ބައިނަލްއަޤްވާމީ ޤާނޫނުތަކާ މުޅިން ޚިލާފު ގޮތެއްގައި، ފަލަސްތީނުގެ ހުޅަނގު އައްސޭރި އިސްރާއީލާއި ގުޅުވާލައި އިސްރާއީލުގެ ބައެއްގެ ގޮތުގައި ހެދުމަށްޓަކައި، އެ ގައުމުގެ ޕާލަމެންޓްގައި މަސައްކަތް ފަށައިފިއެވެ. ހުޅަނގު އައްސޭރިއަށް އިޒްރޭލުގެ ސަވަރިންޓީ ގާއިމްކުރުމަށް ހުށަހެޅި ބިލަކަށް، 120 ގޮނޑީގެ ކްނެސެޓްގައި ފުރަތަމަ ކިޔުމުގެ ހުއްދަ ދީފައިވަނީ 25-24 ވޯޓުންނެވެ. މި ބިލު ޤާނޫނަކަށް ވެގެން ދިއުމަށް އަދި ތިން ވޯޓު ބޭނުންވެއެވެ. މި ވޯޓު ނަގާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލަށް ހުޅަ...

އިސްރާއީލާއި ދެކޮޅު ބޮއިކޮޓްތަކާއެކު ނެސްލޭ އަށް ގެއްލުންވެ 16،000 މުވައްޒަފުން ވަކިކުރަނީ
International

އިސްރާއީލާއި ދެކޮޅު ބޮއިކޮޓްތަކާއެކު ނެސްލޭ އަށް ގެއްލުންވެ 16،000 މުވައްޒަފުން ވަކިކުރަނީ

އިސްރާއީލަށް ދެކޮޅަށް ހިންގާ ބޮއިކޮޓް ކެމްޕޭންތަކުގެ ސަބަބުން، ދުނިޔޭގެ އެންމެ ބޮޑު ކާބޯތަކެތީގެ ކުންފުނި ކަމަށްވާ ނެސްލޭ އިން، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި 16،000 މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ކަމަށް ބުރާސްފަތި ދުވަހު އިއުލާނުކޮށްފިއެވެ. މި ނިންމުމަކީ އެ ކުންފުންޏާއި ފަލަސްތީނުގައި ލާއިންސާނީ ޖަރީމާ ހިންގައި ނަސްލު ނައްތާލުމުގެ ޢަމަލުތައް ހިންގަމުންދާ އިސްރާއީލާއި އޮތް ގުޅުމުގެ ސަބަބުން އެ ކުންފުނީގެ އުފެއްދުންތައް ބޮއިކޮޓް ކުރަމުން އަންނާތީ، ކުންފުނީގެ ވިޔަފާރިއަށް ލި...

އިސްރާއީލުގެ ބަންދުގައި ޝަހީދުވި ފަލަސްތީނުގެ 54 ޝަހީދުންގެ ޖަނާޒާ ބާއްވައިފި
International

އިސްރާއީލުގެ ބަންދުގައި ޝަހީދުވި ފަލަސްތީނުގެ 54 ޝަހީދުންގެ ޖަނާޒާ ބާއްވައިފި

އިސްރާއީލުގެ ބަންދުގައި ތިބެ ޝަހީދުވި ފަލަސްތީނުގެ 54 ޝަހީދުންގެ ޖަނާޒާ މިއަދު ކުރިއަށް ގެންގޮސްފިއެވެ. މި މަރުހޫމުންގެ ހަށިގަނޑުތައް އިސްރާއީލުން ރައްދުކޮށްފައިވަނީ ދެ ފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް، އިސްރާއީލުގެ ބަންދުގައި ތިބިއިރު މި ހަށިގަނޑުތަކަށް ލިބިފައިވާ ބޮޑެތި އަނިޔާތަކާއި ގުޅިގެން އައިސްފައިވާ ބަދަލުތަކުގެ ސަބަބުން، އާއިލާތަކަށް އެމީހުންގެ މަރުހޫމުން ދެނެގަތުމަށް ވަރަށް ބޮޑަށް ދަތިވިއެވެ. ޣައްޒާގެ ޞިއްޙީ ދާއިރާގެ ފަރާތްތަކުން ހާމަކުރާ ގޮތުގައި، އިސްރާ...

ފަލަސްތީނުގެ ޒައިތޫނި ހައްދާ މީހުންނަށް އިސްރާއީލުން ހަމަލާދިނުން އިތުރުވެފައި
International

ފަލަސްތީނުގެ ޒައިތޫނި ހައްދާ މީހުންނަށް އިސްރާއީލުން ހަމަލާދިނުން އިތުރުވެފައި

ފަލަސްތީނުގެ ޒައިތޫނި މޫސުމަކީ އެ ގައުމުގެ ރައްޔިތުންނަށް ދިރިއުޅުމުގެ މައިގަނޑު ވަސީލަތެއް ކަމަށް ވީ ނަމަވެސް، މި މޫސުމުގެ ތެރޭގައި ފަލަސްތީނުގެ ބިންތައް ފޭރިގަނެގެން ތިބި އިސްރާއީލްގެ މީހުންނާއި ސިފައިންގެ ފަރާތުން ފަލަސްތީނު ރައްޔިތުންނަށް ދެމުންދާ އަނިޔާވެރި ހަމަލާތައް ދަނީ ހައްދުން ނެއްޓި އިތުރުވަމުންނެވެ. މި އަނިޔާވެރިކަމުގެ ސަބަބުން، ދަނޑުވެރިންނަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހި، ޒައިތޫނި ގަސްތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފަވެއެވެ. ފަލަސްތީނުގެ ޒައިތޫ...